19 ނޮވެމްބަރ 2020
ހއ. ހޯރަފުށީގައި މިއަދު ރަސްމީކޮށް ހުޅުވި އެއާޕޯޓަކީ އިހަވަންދިއްޕޮޅު ތަރައްގީކުރަން މި ސަރުކާރުން ކުރާނެ މަސައްކަތްތަކުގެ ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. ހޯރަފުށީގައި މިއަދު ރަސްމީކޮށް ހުޅުވި އެއާޕޯޓަކީ އިހަވަންދިއްޕޮޅު ތަރައްގީކުރަން މި ސަރުކާރުން ކުރާނެ މަސައްކަތްތަކުގެ ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕޭންގައި ވެވަޑައިގަތް ވައުދާ އެއްގޮތަށް ހޯރަފުށީގައި އެއާޕޯޓެއް ސަރުކާރުން ތަރައްގީކޮށް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ފަހު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އެއާޕޯޓަކީ ހޯރަފުއްޓާއި އިހަވަންދިއްޕޮޅުގެ ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އަދި އެއީ މަރުކަޒީ ސަރުކާރުގެ ބާރުތައް އަތޮޅުތަކަށް ދޫކޮށްލައި ލާމަރުކަޒު ކުރުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ވެސް މުހިއްމު ފިޔަވަޅެއް ކަމަށެވެ.
"މިއީ މުޅި އިހަވަންދިއްޕޮޅުގެ ތަރައްގީގެ ފެށުން. މިއީ ތުރާކުނާއި އުލިގަމާއި މޮޅަދު އާއި އިހަވަންދު އާއި ތަކަންދޫ، މާރަންދޫގެ ރައްޔިތުން ވެސް އުއްމީދުކުރަމުން އައި ތަރައްގީ ގެނެސްދޭނެ އެންމެ މުހިއްމު އެއް ވަސީލަތް،" ރައީސް ވިދާޅުވި އެވެ.
އެއާޕޯޓާ އެކު އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެއާޕޯޓް ފުރިހަމަވެ އިތުރަށް ތަރައްގީވެގެންދާއިރު ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވެސް އެއާޕޯޓް ބޭނުން ކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ.
ރައީސް ވިދާޅުވި ގޮތުގައި ހޯރަފުށީގެ އެއާޕޯޓަކީ އެ ސަރަހައްދުގެ ޓޫރިޒަމަށް ވެސް ލިބުނު ވަރަށް ބޮޑު އުއްމީދެކެވެ. ފުރަތަމަ ކަމަކަށް، ރަށު ޓޫރިޒަމް ފަށާނެ ވަގުތު ޖެހިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މި ރަށުން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް، ގާނޫނުގައިވާ ގޮތުގެ މަތިން ޕްލޭނިން މިނިސްޓްރީގެ ލަފަޔާ އެކު މިދިޔަ ހޯމަދުވަހު އަޅުގަނޑު ވާނީ ކަނޑައަޅާފައި. ރަށު ތަރައްގީގެ ޕްލޭނާ އެއްގޮތަށް، އެކަމަށް އަވަހަށް ބިން ދޫކުރަން ފެށުމަށް ރަށު ކައުންސިލަށް އަޅުގަނޑު ގޮވާލަން،" ރައީސް ވިދާޅުވި އެވެ.
ހއ. އަތޮޅުގައި ޓޫރިޒަމްގެ މާ ގިނަ ފުރުސަތުތަކެއް މިހާތަނަށް ހުޅުވިފައި ނެތަސް، ރައީސް ވިދާޅުވި ގޮތުގައި، އެއާޕޯޓާ އެކު ޓޫރިޒަމްގެ ފަހި ފުރުސަތުތަކެއް ފަހިވާނެ އެވެ. ހއ. ކެލާގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރަން ބިމެއް ބީލަމަށް ލާފައިވާ ކަމަށާއި އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރަން ދެ ވަނަ ފަހަަރަށް ވަރަށް އަވަހަށް ބީލަމަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެން އެންމެ އަވަހަށް ރިސޯޓް ތަރައްގީކުރާނެ ތަންތަނުގެ ތެރޭގައި ދިއްދޫގެ ދެކުނަށް އޮތް އަލިދިއްފަރު ފިނޮޅު ހިމެނޭނެ. އަދި އޭގެ ފަހުން މި ރަށުގެ އުތުރުން މިއޮތް މެދުފުށި ވެސް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވަރަށް އަވަހަށް ބީލަމަށް ލެވޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހއ. އާއި ހދ، ށ، އަދި ނ. އަތޮޅުގެ ބައެއް ރަށްތައް ޓޫރިޒަމަށް އަންނަ އަހަރުގެ ކުރީކޮޅު ހުޅުވާލާނެ އެވެ. ޓޫރިޒަމް ލާމަރުކަޒުުކުރާއިރު އެންމެ މުހިއްމު ކަމަކީ މާލެ ނޫން ސަރަހައްދުތަކަށް ބޭރުގެ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުން ކަމަށް ވިދާޅުވި އެވެ.
އެފަދަ ފުރަތަމަ އެއާޕޯޓެއްގެ ގޮތުގައި ހދ. ހަނިމާދޫ އެއާޕޯޓް، މުޅިން އާ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރާން އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު މ. މުއްޔާއި ށ. އަތޮޅު ބިލެތްފައްސާއި ބ. ތުޅާދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ފަށާނެ ކަމަށް ވިދާޅުވި އެވެ.
ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް.
އެއާޕޯޓުގެ ހުވަފެން ހަގީގަތަކަށް ހަދަން ހޯރަފުށީގެ ރައްޔިތުން ކުރި މަސައްކަތް ރައީސް ފާހަގަކުރެއްވި އެވެ. މިހާ ދަތި އުނދަގޫ ވަގުތެއްގައި ވެސް އެންމެ އެކުވެ ކުރި މަސައްކަތުން އެނގެނީ ތަރައްގީގެ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުން އޮތް ވަރު ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ، ހޯރަފުށީ ރައްޔިތުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ތަރައްގީކުރެވިފައިވާ އެއާޕޯޓެއް،" ހޯރަފުށީގެ ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
އެއާޕޯޓުގެ މަޝްރޫއު އެމްޓީސީސީން ކުރިއަށް ގެންދިޔައިރު ރައްޔިތުން ދިން އެއްބާރުލުމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ. މުޅި މަޝްރޫއުން ފެނުނީ ގައުމީ ރޫހާއި ޖޯޝު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެންމެ ކުރީއްސުރެން ފެށިގެން ހޯރަފުއްޓަކީ މަސައްކަތްތެރި، ހުނަރުވެރި ރައްޔިތުންތަކެއް ތިބި ރަށެއް ކަމަށާއި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އަބަދުވެސް އެ ރަށަށް ފާހަގަކޮށްލެވޭ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހޯރަފުއްޓަށް މަޝްރޫއުތަކެއް ހިމަނާފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ވަޑައިގެން އެ ރަށާއި އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކުގެ މަތިން ހަނދުމަފުޅު ނުނެތޭ ކަމަށެވެ. އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ބައެއް މަޝްރޫއުތަކުގެ ތަފްސީލް ވެސް ހިއްސާކުރެއްވި އެވެ.
ހއ. އަތޮޅަށް ވެވަޑައިގަތް ވައުދުތައް ކުރިއަށް އޮތް އަހަރުތަކުގައި ފުއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ރައްޔިތުންނަށް ދެއްވި އެވެ.
"ރައީސަކީ ރާއްޖެ ނުދެކޭ ފަދަ އޯގާތެރި ވެރިއެއް"
އަޅުގަނޑުގެ ރަށުން ނަމޫނާ ދައްކައިފި: ނަހުލާ
ފުރަތަމަ އެއާޕޯޓް ހުޅުވަން ރައީސް ހޯރަފުށީގައި
ރައީސް ހޯރަފުއްޓަށް ވަޑައިގަތުން މާދަމާއަށް ފަސްކޮށްފި
އެމްޑީޕީން އިހަވަންދިއްޕޮޅު ތަރައްގީއެއްނުކުރާނެ: ސައީދު
4 އަހަރުގެ ބިޔަ މަޝްރޫއަކީ "ގަދަރުވެރި ރައްޔިތެއް"!
ކުރިން ނުކޮށްދެވޭ ވަރުގެ މަސައްކަތް ކުރެވިއްޖެ: ރައީސް
4 އަހަރު: މުޅި ނިޒާމާއި ތަރައްގީއަށް ބޮޑު ބަދަލެއް
ފިނޭ ވަށާލާފައި އޮތީ 40އަހަރުން ނުލިބުނު އުފާވެރިކަން
ދަތުރުފަތުރުގެ އިންގިލާބީ ބަދަލު އިފްތިތާހްކޮށްދެއްވައިފި