20 ސެޕްޓެމްބަރ 2022
ހއ. ހޯރަފުށީ އެއާޕޯޓްގައި ޖެޓީއެއް އެޅުމުގެ މަސައްކަތް މިދިޔަ ހަފްތާގައި ފަށާފައިވާ ކަމަށާއި އެ މަސައްކަތް މަސް ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީން މިއަދުބުނެފި އެވެ.
ހއ. ހޯރަފުށީ އެއާޕޯޓްގައި ޖެޓީއެއް އެޅުމުގެ މަސައްކަތް މިދިޔަ ހަފްތާގައި ފަށާފައިވާ ކަމަށާއި އެ މަސައްކަތް މަސް ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީން މިއަދުބުނެފި އެވެ.
އެއާޕޯޓް ވެސް ހެދި އެމްޓީސީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ޖެޓީ ހަދަނީ ހޯރަފުށި އެއާޕޯޓްގެ ޓާމިނަލާ ދިމާލުން އިރުމަތީ ފަރާތުގައި ކަމަށެވެ. މި މަސައްކަތް ފަށާފައި މި ވަނީ މަސައްކަތް ހަވާލުކުރިތާ އެއް އަހަރު ފަހުންނެވެ.
ހޯރަފުށީގައި އެއާޕޯޓް ހަދާފައިވަނީ ރަށުގެ އެއްކޮޅުގައި ފަޅު ހިއްކައި އެތަން ރަށާ ގުޅުވާލައިގެންނެވެ. އެހެންވެ އެހެން ރަށްރަށުން އެއާޕޯޓަށް ދާ މީހުންނަށް ޖެހެނީ އެއާޕޯޓާ މާ ދުރުގައި އޮންނަ ރަށުގެ ބަނދަރަށް ގޮސް އެތަނުން ވެހިކަލެއްގައި އެއާޕޯޓަށް ދާށެވެ. އެކަމަކު ވެހިކަލް ލިބުން ދަތިވުމާއި އަގު ނެގުމުގައި އެއްވެސް ހަމައެއް ނެތުމުގެ ޝަކުވާ ބޮޑެވެ.
މި ޝަކުވާތަކާ އެކު، ކައިރި ރަށްތަކުން ވަނީ ޖެޓީއެއް އަޅައިދޭން އެދި ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު ޖެޓީ އެޅުމާ ދެކޮޅަށް ހޯރަފުށީ ކައުންސިލުން ވެސް ކުރިން ވާހަކަ ދައްކާފައިވެ އެވެ.
އެއާޕޯޓްގައި ޖެޓީ ހެދުމުން ރަށްރަށުން އަންނަ މީހުންނަށް ސީދާ އެއާޕޯޓަށް ކައިރިކުރެވޭނެ އެވެ.
ޖެޓީ ހަދަން ފެށުމާ ގުޅޭ ގޮތުން އެ ރަށު ކައުންސިލުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ހޯރަފުށީ އެއާޕޯޓަކީ 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. އަދި ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.
ޝަކުވާ ބޮޑުވި، ހޯރަފުށީ އެއާޕޯޓު ޖެޓީ ނިންމައިފި
ހޯރަފުށީ އެއާޕޯޓުގައި ޖެޓީ އަޅަން ހަވާލުކޮށްފި
ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރަން ފަށައިފި
ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފި
ގެއްލުންވީ އެއާޕޯޓްގައި ތޮށި ލާން އުޅެނިކޮށް: އަސްލަމް
ހޯރަފުށި އެއާޕޯޓު އާދީއްތަ ދުވަހަށް ނިންމަނީ
ހޯރަފުށި އެއާޕޯޓު 11 ނޮވެމްބަރަށް ނިންމަނީ
ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް ހަދައިދޭން އެދިއްޖެ
ހޯރަފުށީ އެއާޕޯޓުގެ ޓާމިނަލް ހަދަން އެމްޓީސީސީ އަށް
ހޯރަފުށި އެއާޕޯޓް ސެޕްޓެމްބަރުގައި ނިމޭނެ: އެމްޓީސީސީ