Roadha Mihaaru
ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރަން ފަށައިފި

ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

26 ޖުލައި 2021

ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ރީޖަަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވެސް ބައިވެރިވެވަޑައިގަތެވެ.

މިދިޔަ ޖޫން 30 ގައި އެމްޓީސީސީއާ ހަވާލުކުރި، 90.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މި މަޝްރޫއުގެ ދަށުން ރަންވޭގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން ކޯޒްވޭގެ ދެ ފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމު ކުރާނެ އެވެ.

ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ގޮނޑުދޮށް ހިމާޔަތްނުކޮށް، އެ އެއާޕޯޓު ހުޅުވުމުން މޫސުން ގޯސްވާ ދުވަސްވަރު ރަންވޭ އަށް ވެލި އަރައި ދަތުރުތަކަށް ބުރޫއަރަ އެވެ. ރާއްޖެ އަށް އިއްޔެ ކުރި ވިއްސާރާގައި ވެސް ރަންވޭ އަށް ވެލި އެރުމުގެ ސަބަބުން ހުރިހާ ދަތުރެއް ކެންސަލް ކުރި އެވެ.