15 ނޮވެމްބަރ 2020
ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް، ރާއްޖެ އިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އައިޝަތު ޝާން ޝާކިރު މިއަދު ހަމަޖައްސަވައިފި އެވެ.
ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް، ރާއްޖެ އިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އައިޝަތު ޝާން ޝާކިރު މިއަދު ހަމަޖައްސަވައިފި އެވެ.
މިއީ، އެ މަގާމަށް އަންހެން ބޭފުޅަކު މިހާތަނަށް ހަމަޖެއްސެވި ފުރަތަމަ ފަހަރަށެވެ.
ޝާން، މީގެ ކުރިން ވަނީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމާއި ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގެ ފުރުއްވައިފަ އެވެ. މީގެއިތުރުން ވެސް ފޮރިން މިނިސްޓްރީގެ އެކި މަގާމްތައް އަދާކުރެއްވި އެވެ.
ސިންގަޕޫރުގެ ސަފީރު ކަމަށާއި ބަންގްލަދޭޝްގެ ސަފީރު ކަމަށް ވެސް މިއަދު ވަނީ ބޭފުޅުން އައްޔަން ކުރައްވައިފަ އެވެ.
ސިންގަޕޫރަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް ހަމަޖެއްސެވީ ހެންވޭރު ޖެހޭވައި، އިބްރާހިމް ޝަހީބެވެ. އޭނާ އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ.
އޭނާ ވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޕާމަނަންޓް ސެކްރެޓަރީ ކަމުގެ މަގާމައި ޑިރެކްޓަރުގެ މަގާމް ވެސް ފުރުއްވައިފަ އެވެ. ޝަހީބް މީގެ ކުރިން ސިންގަޕޫރުގެ ފަސްޓް ސެކްރެޓަރީ އެންޑް އެކްޓިން ހައިކޮމިޝަނަރު އޮފް މޯލްޑިވްސްގެ މަގާމު ވެސް އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބަންގްލަދޭޝްގެ ސަފީރަކަށް އައްޔަން ކުރެއްވީ މ. ޒީނާ، ޝިރުޒިމަތު ސަމީރެވެ. އޭނާ އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގަ އެވެ. އޭނާ ވަނީ މީގެ ކުރިން މޯލްޑިވްސް އެމްބަސީ އިން ޖާމަނީގެ މިނިސްޓަ ކައުންސެލަގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ލިތުއޭނިޔާއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރެއް
ކޮސޯވޯ މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލެއްނުވޭ
އޯއޭސީޕީއެސްގެ މެމްބަރުކަން ރާއްޖެއަށް ލިބިއްޖެ
ސައުދީން ރާއްޖެ އަށް އާ ސަފީރެއް
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އޮމާނަށް
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
ވެރިންނަށް ވިސާ ނެތި އަޒަރުބައިޖާނަށް ދެވޭގޮތް ހަދައިފި
ތާލިބާންގެމަންދޫބާ ބައްދަލުކުރުމުން ތޯހާ ރާއްޖެ ގެންނަނީ
ތާލިބާނުގެ މަންދޫބާ ސަފީރު ބައްދަލުކުރީ ހުއްދަނެތި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި