އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް، ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަޑުހަރުކޮށް ވަކާލާތުކުރަން ފަށާފައިވާއިރު، އެކަމުގެ މުޅި މޫވްމަންޓު ލީޑުކުރީ ރާއްޖޭން ކަމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް، ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަޑުހަރުކޮށް ވަކާލާތުކުރަން ފަށާފައިވާއިރު، އެކަމުގެ މުޅި މޫވްމަންޓު ލީޑުކުރީ ރާއްޖޭން ކަމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން، ފަލަސްތީނާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަސް، ދިވެހި ރައްޔިތުން އެދޭ ގޮތަށް މި ސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވާ ކަމަށެވެ.
"އޭގެ ނަތީޖާއަކީ، އަރަބި އިސްލާމީ ގައުމުތަކާ އެކު ގުޅުންތައް ބޭއްވުމާއި، އޭގެ އިތުރުން ފަލަސްތީނުގެ ކޯޒްގައި އެންމެ ވަރުގަދައަށް، ކިތަންމެ ކުޑަ ގައުމެއް ވިޔަސް މަސައްކަތްކުރާ ގައުމަކީ ރާއްޖެކަން ބައިނަލްއަގުވާމީ މުޖުތަމައުއިން ބަލައިގަތުން،" ހަލީލް ވިދާޅުވި އެވެ.
މިގޮތުން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުން، އިސްލާމީ އުއްމަތުގެ ތައުރީފް ރާއްޖެއަށް ލިބުނުކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވިލާތުގެ ބޮޑެތި ބައެއް ގައުމުތަކުން ވެސް މިހާރު ވަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ތެދުވެ، އަޑުހަރުކޮށް ވާހަކަ ދައްކަން ފަށައިފަ އެވެ.
"މުޅި މޫވްމަންޓް ހަގީގަތުގައި ލީޑުކުރީ ރާއްޖޭން. ރާއްޖޭގެ ރައްޔިތުންގެ އެދުމުގެމަތީން،" ހަލީލް ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ކަމަށާއި، ނަމަވެސް، އެ ނިންމުމުގެ ސަބަބުން އިސްލާމީ އުއްމަތާ ރާއްޖެ އިތުރަށް ގާތްވެގެން ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ މިސާލެއްގެ ގޮތުން، ހަލީލް ވިދާޅުވީ އަރަބި އިސްލާމީ ގައުމުތަކުން ރާއްޖެއަށް ޒިޔާތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.
އިޒްރޭލުގެ އަމަލުތައް ނުހުއްޓުވާތީ ރާއްޖޭގެ ކަންބޮޑުވުން
ޣައްޒާ ބިނާކުރުމާއެކު ހައްގުތައް ވެސް އިޔާދަކޮށްދޭންޖެހޭ
އިޒްރޭލުގެ އިސްތިއުމާރު ފުޅާކުރުން ހުއްޓުވަން ގޮވާލައިފި
ގައުމުތަކުގެ ގުޅުމަށް ބުރޫއަރާކަންކަން ނުކުރޭ: ހަލީލް
ރާއްޖެ-އިންޑިއާ ގުރޫޕުގެ 2ވަނަ ބައްދަލުވުން ބާއްވައިފި
ކޯ-ގްރޫޕްގެ ދެވަނަ ބައްދަލުވުމަށް ހަލީލް އިންޑިއާއަށް
ޑިޕްލޮމެޓުންނަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި
ކުވޭތު އާއެކު ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި
މަޝްވަރާ އިސްކުރަން ހަލީލް ބާރުއަޅުއްވައިފި
މޯލްޓާ އާއެކު އިންވެސްޓުމަންޓު، ވިޔަފާރި ފުޅާކުރަނީ