އިޒްރޭލުން ހިފާފައި އޮންނަ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރި ބޭރުގެ ޑިޕްލޮމެޓުންގެ ޓީމަކަށް އަމާޒުކޮށް އިޒްރޭލު ސިފައިން އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖެހުން ދިވެހި ސަރުކާރުން ކުށްވެރިކޮށް، އިޒްރޭލަށް ހަރުކަށި ފިޔަވަޅު އަޅަން ރާއްޖޭން ގޮވާލައިފި އެވެ.
އިޒްރޭލުން ހިފާފައި އޮންނަ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރި ބޭރުގެ ޑިޕްލޮމެޓުންގެ ޓީމަކަށް އަމާޒުކޮށް އިޒްރޭލު ސިފައިން އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖެހުން ދިވެހި ސަރުކާރުން ކުށްވެރިކޮށް، އިޒްރޭލަށް ހަރުކަށި ފިޔަވަޅު އަޅަން ރާއްޖޭން ގޮވާލައިފި އެވެ.
ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނީ އިޒްރޭލުން ޑިޕްލޮމެޓުންނާ ދިމާލަށް ލައިވް ވަޒަން ޖެހީ ގަސްތުގައި ކަމަށެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވި ބޭރުގެ ޑިޕްލޮމެޓުންގެ ޓިމުގައި ވިލާތުގެ އިއްތިހާދުގެ ބައެއް ގައުމުތަކާއި، ޗައިނާ، މިސްރު، ޖަޕާނު ފަދަ 20 ވަރަކަށް ގައުމުގެ މަންދޫބުން ތިއްބެވި ކަމަށް، ފަލަސްތީނުގެ ނޫހެއް ކަމަށްވާ ވަފާ ނޫހުން ބުނެފައިވެ އެވެ.
ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރި ޔޫރަޕްގެ އިއްތިހާދުގެ ޓީމު. -- ފޮޓޯ: އޭއެފްޕީ
ދިވެހި ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަގުވާމީ ގާނޫނާއި ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފު މި އަމަލަކީ ރާއްޖޭން ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި، މިއީ ބައިނަލްއަގުވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ކަމެއް ކަމަށެވެ.
އަދި އިޒްރޭލުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިޒްރޭލަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާ މުޅިން ހިލާފުކަމެއް ކަމަށާއި، ޑިޕްލޮމެޓިކް މިޝަންސްތަކާއި، ޑިޕްލޮމެޓިކް މުވައްޒަފުންނަކީ ވިއެނާ ކޮންވެންޝަންގެ ދަށުންވެސް އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިފައިވާ ތަންތަނާއި ފަރާތްތައް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"އިޒްރޭލުގެ މި އަމަލުތައް، ކުށްވެރިކޮށް، ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ޖަވާބުދާރީކުރުވައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބަޑި ޖެހި ކަމަށް އެއްބަސްވެ، އެގޮތަށް ކަންތައް ކުރީ ޑިޕްލޮމެޓުން ވަންނަން ހުއްދަ ދީފައިވާ ސަރަހައްދުތަކުން ބޭރުވެ އެހެން ދިމަދިމާލަން ދާން އުޅުމުން އެކަން ހުއްޓުވަން އިންޒާރެއްގެ ގޮތުން ކަމަށް ބުނެފަ އެވެ.
ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރި ޔޫރަޕްގެ އިއްތިހާދުގެ ޓީމު. -- ފޮޓޯ: އޭއެފްޕީ
މި ހަމަލާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާގެ ސަބަބުން ކުރިމަތިވި އުނދަގޫތަކަށްޓަކައި މާފަށް އެދޭ ކަމަށެވެ.
މި ހާދިސާ ހިންގާފައި މި ވަނީ އިޒްރޭލުން ހަމަލާ ދެމުން ގެންދާ ޣައްޒާއަށް ކާނާގެ ބާވަތްތައް ވެއްދުން ހުއްޓުވާފައި އޮންނަތާ ދެ މަސް ފަހުން ބައެއް ބާވަތްތައް ވެއްދުމުގައި އިޒްރޭލުން ލުއި ދިނުމަށް ފަހު ވެސް އެހީގެ ސާމާނު ބެހުމަށް ހުރަސްތައް ކުރިމަތިކުރާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ހަނިއްޔާ އަވަހާރަކޮށްލުން ރާއްޖެއިން ކުށްވެރިކޮށްފި
ފަލަސްތީނުގެ ހައްގުގައި ރާއްޖޭން އައިސީޖޭގައި ބަޔާންދެނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ޒަމީރު ކޮމިޓީއަށް ގެންދަނީ
އިޒްރޭލު މީހުން ރާއްޖެ ނައުމަށް އެ ގައުމުން އިންޒާރެއް
އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާކުރާ ގަރާރު ބަލައިގެންފި
މިނިސްޓަރު ވެސް އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިފި
ފަލަސްތީނުގެ ހައްގުގައި ގިނަ ބަޔަކު މާލޭގެ މަގުތަކަށް
ރާއްޖެ އޮންނާނީ ފަލަސްތީނާއެކު: ސަރުކާރު
އިތުރު ބިންތަކަށް އެރުމަކީ ހަމަޖެހުން ނަގާލުމުގެ ބައެއް
އިޒްރޭލުން ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި