01 އޯގަސްޓް 2024
އީރާނުގައި ހުންނަވަނިކޮށް ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
އީރާނުގައި ހުންނަވަނިކޮށް ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
އީރާންގެ އާ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައި، ހަނިއްޔާ އަވަހާރަކޮށްލީ އޭނާ ހުންނެވި ގެއަށް ދިން ހަމަލާއެއްގަ އެވެ.
މި ހަމަލާއާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ކުރު ބަޔާނުގައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތައް ދަމަހައްޓައި، ވީ އެންމެ އަވަހަކަށް ގާޒާގައި ސުލްހަ ގާއިމްކުރެވޭނެ ގޮތަކަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ގޮވާލާއިފަ އެވެ.
ހަނިއްޔާ އަވަހާރަކޮށްލުމަކީ އިޒްރޭލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލުހިފާނެ ކަމަށް ހަމާސް އާއި އީރާނުން ދަނީ ބުނަމުންނެވެ. އެކަމަކު ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ހަނިއްޔާގެ ޖަނާޒާ އޮންނާނީ ހުކުރު ދުވަހު ގަތަރުގަ އެވެ. ހަނިއްޔާއަށް ކަށުނަމާދު ކުރާނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމަށްވާ އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތުގައި ހުކުރު ނަމާދަށް ފަހުގަ އެވެ. އަދި އޭނާ ފަސްދާނުލާނީ ދޯހާގެ އުތުރުގައި އޮންނަ ލުސައިލްގެ ގަބުރުސްތާނެއްގައި ކަމަށް ވެސް ހަމާސް އިން ބުންޏެވެ.
މިނިސްޓަރު ވެސް އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިފި
ފަލަސްތީނު މީހުންގެ ދިފާއުގައި ދިވެހިން ނުކުންނަނީ
ރާއްޖެ އޮންނާނީ ފަލަސްތީނާއެކު: ސަރުކާރު
އިޒްރޭލުން ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
އޯއައިސީގެ ބައްދަލުވުމަށް ޝާހިދު ސައުދީއަށް ވަޑައިގެންފި
ނަތަންހާޔޫ ދެއްކެވި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
އިޒްރޭލްގެ އުދުވާން އޯއައިސީގައި ވެސް ކުށްވެރިކޮށްފި
އިޒްރޭލުގެ މައްސަލަ ތަހުގީގުކުރަން ރާއްޖޭން ތާއީދުކޮށްފި
އަގްސާގައި ފައްޅި އަޅަން ގޮވާލުން ކުށްވެރިކޮށްފި
ޓެލެތޯނުން ލިބުނު ފައިސާ އަންރުއާއާ ހަވާލުކޮށްފި