އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްލި މައްސަލަ ރާއްޖެ އިން މިއަދު ކުށްވެރިކޮށްފި އެވެ.
14 ނޮވެމްބަރ 2019
އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްލި މައްސަލަ ރާއްޖެ އިން މިއަދު ކުށްވެރިކޮށްފި އެވެ.
ގާޒާއަށް އިޒްރޭލުން ދެ ދުވަސް ވަންދެން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 34 މީހަކު ޝަހީދުކޮށްލުމުގެ އިތުރުން އިތުރު ބަޔަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. އެ ހަމަލާތައް ހުއްޓާލީ އިޒްރޭލާއި އިސްލާމިކް ޖިހާދާ ދެމެދު މިސްރުން މެދުވެރިއެއްގެ ރޯލު އަދާކޮށްގެންނެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އިޒްރޭލުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރިކުރާ ކަމަށާއި އެ ހަމަލާތައް ހުއްޓުވުމަށް މިސްރާއި ބައިނަލްއަގްވާމީ ފަރާތްތަކުން ކުރި މަސައްކަތް ރާއްޖެއިން ފާހަގަކުރާ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ގޮތުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން އެކަށީގެންނުވާ ބާރުތައް ބޭނުން ކުރަމުންދާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ޖާގަ ލިބެން ޖެހޭ ކަމަށް ރާއްޖެއިން ދެކޭ ކަމަށާއި އަދި ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން މިހާރު ވެރިވެ ގަންނަމުންދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ދެކޮޅަށް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިނިސްޓަރު ވެސް އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިފި
އޯއައިސީގެ ބައްދަލުވުމަށް ޝާހިދު ސައުދީއަށް ވަޑައިގެންފި
އިޒްރޭލްގެ އުދުވާން އޯއައިސީގައި ވެސް ކުށްވެރިކޮށްފި
ޑިޕްލޮމެޓުންނަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި
ޒިންމާއިން ރެކެން އިޒްރޭލުން ދައްކަނީ ބަހަނާ: ރާއްޖެ
ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓުވަން ރާއްޖޭން ގޮވާލައިފި
ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
އިޒްރޭލްގެ ޕާސްޕޯޓް ބިލް ފެބްރުއަރީގެ ކުރިން ނުނިމޭނެ
އިޒްރޭލަށް ހަތިޔާރު ދެމުން ސުލްހައަށް ގޮވައެއް ނުލެވޭނެ
ފަލަސްތީނަށް އެހީވާން އެެއްކުރި ފައިސާ ފޮނުވައިފި