ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލުން އަނެއްކާވެސް ދެމުންދާ ލާއިންސާނީ އުދުވާނުތައް ވަގުތުން ހުއްޓުވައި ދިނުމަށް ރާއްޖޭން ދުނިޔެ އަށް ރޭ ގޮވާލައިފި އެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލުން އަނެއްކާވެސް ދެމުންދާ ލާއިންސާނީ އުދުވާނުތައް ވަގުތުން ހުއްޓުވައި ދިނުމަށް ރާއްޖޭން ދުނިޔެ އަށް ރޭ ގޮވާލައިފި އެވެ.
އިޒްރޭލާއި ހަމާސް އިން ހެދި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ހަމަލާ ނުދީ ތިބުމަށް ފަހު، އިޒްރޭލުން ޣައްޒާގެ އެތަންމިތަނަށް ރޭ ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 400 އަށް ވުރެ އިތުރުވެފަ އެވެ.
އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިހާތަނަށް ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނޭއިރު، މި ރޯދަމަހުގެ ތެރޭގައި އިޒްރޭލުން ފަށާފައިވާ މި ހަމަލާތަކަކީ ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ޤާނޫނާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ.
"އިޒްރޭލުން ކުރިއަށް ގެންދާ މިފަދަ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ދިވެހިރާއްޖެ އިން ގޮވާލާ ގޮވާލުން ތަކުރާރުކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އަދި މި މައްސަލަ އަށް ދެމެހެއްޓެނިވި އަދި އަދުލުވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވިގެން ކަމުގައި ރާއްޖޭން ނަގާފައިވާ ސްޓޭންޑު ވަނީ ތަކުރާރުކޮށްފަ އެވެ.
ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއަށް ފަހު، ދެ ވަނަ މަރުހަލާ ފެށުމުގެ ގޮތުން އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރަން އެމެރިކާ އާއި އިޒްރޭލުން ކުރި ޝަރުތަށް ހަމާސް އެއްބަސް ނުވުމުން ކަމަށް ބުނެ ދިން ހަމަލާތައް އަމާޒުކުރީ ހަމާސްގެ މަރުކަޒުތަކަށް ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
ހަމާސް އިން ބުނީ އިޒްރޭލުގެ ހަމަލާތަކާ އެކު ރަހީނުންނަށް ދެން ވާނެ ގޮތެއް ނޭނގޭ ކަމަށާއި މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވި ގޮތް ކަމަށެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ބުނީ ރަހީނުކޮށްފައިވާ އެންމެން ދޫކޮށްނުލާހާ ހިނދަކު ހަމަލާތައް ދާނީ ކުރިއަށް ކަމަށެވެ.
އާންމު މަޖިލީހުގެ އަޑުއަހަން ރާއްޖޭން ގޮވާލައިފި
ފެނަށް ޖެއްސުން އެކަނި އިޒްރޭލާ ދެކޮޅު ހެއްކަކަށް ފުދޭ
ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
ފަލަސްތީނަށް އެހީވާން އެެއްކުރި ފައިސާ ފޮނުވައިފި
އދ. ގެ އޮފީސް އިޒްރޭލުން އަތުލުން ކުށްވެރިކޮށްފި
އަގްސާގައި ފައްޅި އަޅަން ގޮވާލުން ކުށްވެރިކޮށްފި
ޓެލެތޯނުން ލިބުނު ފައިސާ އަންރުއާއާ ހަވާލުކޮށްފި
ގާޒާ ސްކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
"ފަލަސްތީން ސަލާމަތްކުރެވޭނީ ގާނޫނު ތަންފީޒުކޮށްގެން"
1.29 މިލިއަން ޑޮލަރުގެ އެހީއެއް ފަލަސްތީނަށް ދެނީ