11 މެއި 2023
ކޮސޯވޯއަކީ ވަކި ދައުލަތެއްގެ ގޮތުގައި ރާއްޖެއިން ކުރިން ބަލައިގެން ނަމަވެސް އެ ނިންމުން ބަދަލުކޮށްފި ކަމަށް ސާބިއާގެ ރައީސް އެލެކްސެންޑާ ވުޖިކް ވިދާޅުވި ވާހަކަ ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ކޮސޯވޯއަކީ ވަކި ދައުލަތެއްގެ ގޮތުގައި ރާއްޖެއިން ކުރިން ބަލައިގެން ނަމަވެސް އެ ނިންމުން ބަދަލުކޮށްފި ކަމަށް ސާބިއާގެ ރައީސް އެލެކްސެންޑާ ވުޖިކް ވިދާޅުވި ވާހަކަ ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ކުރިން ސާބިއާގެ ބައެއްގެ ގޮތުގައި އޮތް އަދި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ކޮސޯވޯއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ. އެކަމަކު ސާބިއާއިން އަދިވެސް ގަބޫލުކުރަނީ އެއީ އެ ގައުމުގެ ބައެއްގެ ގޮތުގަ އެވެ.
ކޮސޯވޯ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް ގަތުން އަނބުރާ ގެންދަން ރާއްޖެ ހިމެނޭ ގޮތަށް ނުވަ ގައުމަކުން އެއްބަސްވެފައިވާ ކަމަށް ސާބިއާގެ ރައީސް އެލެކްސެންޑާ ވުޖިކް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ދާދިފަހުން ސާބިއާއަށް ވަޑައިގަތެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެއްވެސް ގައުމަކާ ގުޅުން ކަނޑާލުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮސޯވޯއަކީ ވަކި ދައުލަތެއް ކަމަށް ރާއްޖެއިން ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮސޯވޯގެ މިނިވަންކަން ގަބޫލު ނުކުރަން ރާއްޖެއިން ނިންމާފައެއް ނުވޭ. ހަމަ ކަނޑައެޅިގެން ދޮގު ވާހަކައެއް އެއީ." މިއުވާން ވިދާޅުވި އެވެ.
ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ބަލައިގަތުމުން ނަޝީދުގެ ވެރިކަމުގައި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ. އެކަމަކު އޭނާގެ އިތުބާރު ނެތްކަމަށް އޭރު ފާހެއް ނުވި އެވެ.
ލިތުއޭނިޔާއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރެއް
ރާއްޖެ-ސާބިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ
އޯއޭސީޕީއެސްގެ މެމްބަރުކަން ރާއްޖެއަށް ލިބިއްޖެ
ސައުދީން ރާއްޖެ އަށް އާ ސަފީރެއް
ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް އަންހެން ބޭފުޅެއް
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އޮމާނަށް
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
ވެރިންނަށް ވިސާ ނެތި އަޒަރުބައިޖާނަށް ދެވޭގޮތް ހަދައިފި
ތާލިބާންގެމަންދޫބާ ބައްދަލުކުރުމުން ތޯހާ ރާއްޖެ ގެންނަނީ
ތާލިބާނުގެ މަންދޫބާ ސަފީރު ބައްދަލުކުރީ ހުއްދަނެތި