03 ނޮވެމްބަރ 2020
ލަންޑަން (ނޮވެމްބަރު 3) - ފާއިތުވި އަހަރެއްހާ ދުވަހު ޓީމަކާ ހަވާލުނުވެ ހުރި އާޖެންޓީނާގެ މަޝްހޫރު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ޝައުގުވެރިވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ލަންޑަން (ނޮވެމްބަރު 3) - ފާއިތުވި އަހަރެއްހާ ދުވަހު ޓީމަކާ ހަވާލުނުވެ ހުރި އާޖެންޓީނާގެ މަޝްހޫރު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ޝައުގުވެރިވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ޔުނައިޓެޑުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އެ ޓީމުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކުރިއިރު ޕޮޗެޓީނޯ ގެންނަން ވާހަކަ ދެއްކި އެވެ. އެކަމަކު އޭރު މަޝްވަރާތަށް ކުރިއަށް ނުދިޔައީ ސީޒަނެއްގެ މެދުތެރެއިން ކްލަބް ބަދަލުކުރުމުގެ ވިސްނުން ޕޮޗެޓީނޯ ނުގެންގުޅޭތީ އެވެ. ޕޮޗެޓީނޯ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭ ޓޮޓެންހަމް ކޯޗުކަމުން ވަކިކުރި ފަހުން އޭނާ އަށް ވަނީ ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބިފަ އެވެ.
ސްކައިސްޕޯޓްސް މަންޑޭ ނައިޓް ފުޓްބޯލް ޝޯގައި ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ އޭނާ އިންތިޒާރުކުރަނީ ރަނގަޅު ޕްރޮޖެކްޓަކަށް ކަމަށާއި މިހާރު ހުރީ ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ޓީމަކާ ގުޅެން ތައްޔާރަށް ކަމަށެވެ.
"އަހަރެން ރަނގަޅު ޕްރޮޖެކްޓެއް ލިބޭތޯ މި މަޑުކުރަނީ. އެއްވެސް ދޮރެއް ބަންދެއް ނުކުރާނަން. ކޮންމެ ހުށަހެޅުމެއް ވެސް ރަނގަޅަށް ބަލާފައި އަހަރެން އެންމެ ގަޔާވާ ޓީމެއްގެ އޮފާ ގަބޫލުކުރާނީ،" އުމުރުން 48 އަހަރުގެ ޕޮޗެޓީނޯ ބުންޏެވެ.
އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާުރުންގެ ނަޒަރުގައި ޕޮޗެޓީނޯ ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑްގެ ބެންޗުންނެވެ. ޕޮޗެޓީނޯ މީގެ ކުރިން ވަނީ ދެކުނު އެމެރިކާގެ މީޑިގައި ޔުނައިޓެޑުގެ ކުޅުންތެރިންނަށް ތައުރީފުކޮށް ވާހަަކަ ދައްކައިފަ އެވެ. އަދި އެ ފަދަ ކްލަބެއްގެ ކޯޗުކަން ކުރުމުގެ ހުށަހެޅުން ލިބޭނީ ވަރަށް ރަނގަޅަށް މަސައްކަތްކުރާ ކޯޗުންނަށް ކަމަށް ޕޮޗެޓީނޯ އޭރު ބުނެފައިވެ އެވެ.
މި ސީޒަނުގައި ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް އަންނަނީ ގިނަ މައްސަލަތަކެއް ކުރިމަތިވަމުންނެވެ. އެ ގޮތުން ޗެމްޕިއަންސް ލީގުގެ ދެ މެޗުން މޮޅުވި ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގައި ވަނީ ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފަ އެވެ. އަމިއްލަ ދަނޑުގައި ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅެއް ނުލިބެ އެވެ. މިއީ 2013 ވަަނަ އަހަރު ޑޭވިޑް މޮއިސް ޔުނައިޓެޑްގެ ކޯޗަކަށް ހުރި ފަހުން ޔުނައިޓެޑް އެންމެ ދަށްކޮށް ލީގު ސީޒަނެއް ފެށި ފަހަރެވެ. ރިޕޯޓްތައް ބުނާގޮތުގައި ކުރިއަށް އޮތް ހަތަރު ވަރަކަށް މެޗުން ސޯލްޝެއާ އަށް ޔުނައިޓެޑްގެ ހާލަތު ރަނގަޅު ނުކުރެވިއްޖެނަމަ އޭނާ މަގާމުން ވަކިކުރާނެ އެވެ.
ޕޮޗެޓީނޯ، ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކޮށްފައިވަނީ ފަސް އަހަރަށް ފަހު އެވެ. އޭނާ ވަނީ އެ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއްކޮށްފަ އެވެ. އެ ޓީމަށް އަލަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދީ ރަނގަޅު ޓީމެއް އެކުލަވާލި އެވެ. ޓޮޓެންހަމްގައި ޕޮޗެޓީނޯ ކުރި މަސައްކަތް ރަނގަޅުވުމުން އޭނާ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ވެސް ލިބުނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ބަޔާން މިއުނިކް ހިމެނެ އެވެ.
ފެވަރިޓަކީ ޕޮޗެޓިނޯ، ވަގުތީ ރޯލަށް ވަލްވަޑޭއަށް ބަލަނީ
ޔުނައިޓެޑުން ޕޮޗެޓީނޯ ބޭނުން: ރިޕޯޓް
ހުސްއަތާ ސީޒަން ނިންމާލަން ބޭނުމެއް ނޫން: މޮރީނިއޯ
ބަލިވީ ގޯސް ދެ ގޯލު ވަދެގެން: މޮރީނިއޯ
ޔުނައިޓެޑް އޮތް މަގާމަށް ވުރެ އެ ޓީމުގެ ފެންވަރު މަތި
ވެން ނިސްޓެލްރޫއީ އަށް ފެނާންޑޭސްގެ ތައުރީފު
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން ކުރަން ނިސްޓެރޫއީ ބޭނުންވޭ
ޔުނައިޓެޑުގެ ފުރަތަމަ އިމްތިހާނުން އަމޯރިމް ފާސްވެއްޖެ
ޓެން ހަގްގެ ކިބައިން ބްރުނޯ މައާފަށް އެދިއްޖެ