11 ޑިސެމްބަރ 2016
މެންޗެސްޓާ (ޑިސެމްބަރު 11) - މެންޗެސްޓާ ޔުނައިޓެޑުގެ ފެންވަރު އެ ޓީމު މިހާރު އޮތް މަގާމަށް ވުރެ މާ މަތި ކަމަށާއި މިރޭގެ މެޗަށް ޓޮޓެންހަމުން ނުކުންނާނީ އެކަން ދަނެގެން ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
މެންޗެސްޓާ (ޑިސެމްބަރު 11) - މެންޗެސްޓާ ޔުނައިޓެޑުގެ ފެންވަރު އެ ޓީމު މިހާރު އޮތް މަގާމަށް ވުރެ މާ މަތި ކަމަށާއި މިރޭގެ މެޗަށް ޓޮޓެންހަމުން ނުކުންނާނީ އެކަން ދަނެގެން ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ލީގުގައި ޓޮޓެންހަމް މި ވަގުތު އޮތީ 27 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 21 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. މިރޭގެ މެޗުން މޮޅުވެގެން ޔުނައިޓެޑަށް ޓޮޓެންހަމާ ތިން ޕޮއިންޓަށް ގާތަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.
ޕޮޗެޓީނޯ ވަނީ މެޗުގެ ކުރިން ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ތައުރީފް ކޮށްފަ އެވެ.
"މޮރީނިއޯ އަކީ ފުޓްބޯޅަ ތާރީހަށް ބެލިޔަސް ދެ ވަނައެއް ނެތް ފަދަ މޮޅު ކޯޗެއް. އަހަރެން ކޯޗިން ކެރިއަރު ފެށިއިރު މިސާލަކަށް ބެލީ މޮރީނިއޯ. އޭނާގެ އެހީތެރިކަން އަބަދުވެސް އަހަންނަށް ލިބޭ،" ކުރިން އެސްޕަންޔޯލާއި ސައުތެމްޓަނަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.
"ލީގުގައި މި ވަަގުތު ޔުނައިޓެޑް އޮތް މަގާމަކީ އެޓީމާއި މޮރީނިއޯގެ ފެންވަރެއް ނޫން. އާ ޓީމަކާ ހަވާލުވެގެން އެ ކޯޗެއްގެ ޓެކްޓިކްސް މަސައްކަތް ކުރަން ވަގުތު ނަގާނެ. މޮރީނިއޯގެ ސިސްޓަމަށް ހޭނުމުން އެ ޓީމުގެ ބަލިކުރަން އުނދަގޫވާނެ."
ލީގުގައި އެންމެ ފަހުން ޔުނައިޓެޑާއި ދެކޮޅަށް މިދިޔަ އޭޕްރީލް މަހު ކުޅުނު މެޗުން ޓޮޓެންހަމް އަމިއްލަ ދަނޑުގައި މޮޅުވީ 3-0 އިންނެވެ. މިރޭ ޔުނައިޓެޑް ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނައިރު އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވެފައިވުމަކީ ޓޮޓެންހަމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެެެވެ.
"ފާއިތުވި ހަފްތާތަކުގައި އަހަރެމެން ޓީމަށް އަނިޔާ އާއި ކުޅުންތެރިންގެ ފޯމު ދަށްވުމުގެ މައްސަލަ ދިމާވެއްޖެ. އެ ކަންތައްތަކުން އަރައިގަނެގެން އެންމެ ފަހުން ދެ މެޗުން ޓީމު މޮޅުވެއްޖެ. ޔުނައިޓެޑާ ދެކޮޅަށް ވެސް ބޭނުންވަނީ އެކަން ތަކުރާރުކުރަން،" ޕޮޗެޓީނޯ ބުންޏެވެ.
މިރޭގެ މެޗަށް ޓޮޓެންހަމްގެ ބެލްޖިއަމް ޑިފެންޑަރު ޓޯބީ އަލްޑަވެއިލް ވަނީ ފިޓްވެފަ އެވެ. އަދި ފޯވާޑް ހެރީ ކޭން އާއި އުއްމީދީ މިޑްފީލްޑަރު ޑެލޭ އަލީ ވެސް ހުރީ ރަނގަޅު ފޯމެއްގަ އެވެ.
ޔުނައިޓެޑާއި ޓޮޓެންހަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 19:15 ގަ އެވެ.
ބަލިވީ ގޯސް ދެ ގޯލު ވަދެގެން: މޮރީނިއޯ
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
ޔުނައިޓެޑް ބަލިވުމުން ޓެން ހާގަށް ގޯސްވީ ރަތް ކާޑު
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޗެލްސީއާ އެކު ޕޮޗެޓީނޯ ޓޮޓެންހަމްގެ ރެކޯޑް ހުއްޓުވައިފި
އެންމެން ހައިރާން ކޮށްލައި ޔުނައިޓެޑް މޮޅު ވެއްޖެ
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
ޓޮޓެންހަމުން ފަހަތުން އަރައި ޔުނައިޓެޑާ އެއްވަރުކޮށްފި