07 އޮކްޓޯބަރ 2023
މެންޗެސްޓާ (އޮކްޓޫބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން ބަލިވާން ދަނިކޮށް މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އިތުރު ވަގުތުގައި ދެ ގޯލު ޖަހައިދީ 2-1 އިން ޓީމު މޮޅުކޮށްދީފި އެވެ.
މެންޗެސްޓާ (އޮކްޓޫބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން ބަލިވާން ދަނިކޮށް މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އިތުރު ވަގުތުގައި ދެ ގޯލު ޖަހައިދީ 2-1 އިން ޓީމު މޮޅުކޮށްދީފި އެވެ.
ޔުނައިޓެޑް ފަހަތުގައި އޮތީ ފުރަތަމަ ހާފުގައި ބްރެންޓްފޯޑްގެ މެތިއަސް ޔެންސެން ޖެހި ގޯލުންނެވެ. މެޗުގެ 87 ވަނަ މިނިޓުގައި ސޮފްޔާން އަމްރަބާޓްގެ ބަދަލުގައި ކުޅެން އެރި މެކްޓޮމިނޭ މިނިޓެއް ފަހުން ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް، އޭނާއަށް ބޯޅަ ލިބުމުގެ ކުރިން އެންޓޮނީ މާޝިއަލް އޮފްސައިޑުގައި ހުރެ ބޯޅައަށް މަސައްކަތް ކުރުމުން އެ ގޯލު ބަލައެއް ނުގަތެވެ.
ފަހު ވަގުތު ޔުނައިޓެޑުން ފުލުފުލުގައި ބްރެންޓްފޯޑްގެ ޑިފެންސަށް ނުރައްކާ ކުރިއިރު، މެކްޓޮމިނޭ ނަތީޖާ އެއްވަރު ކޮށްދިނީ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ޔުނައިޓެޑް މޮޅުކޮށްދިން ގޯލު މެކްޓޮމިނޭ ކާމިޔާބު ކުރީ ހެރީ މެގުއާ ބޮލުން ގޯލު ކުރިމައްޗަށް ޖައްސާލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.
މެކްޓޮމިނޭ، ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
މިއީ މެގުއާ މި ސީޒަންގައި ޔުނައިޓެޑްގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ ލީގު މެޗެވެ.
މި މޮޅާ އެކު ޔުނައިޓެޑް ވަނީ ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން ބަލި ނުވެ ސަލާމަތް ވެފަ އެވެ. މި މެޗުގެ ކުރިން އެންމެ ފަހުން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުން ވެސް ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ.
ޔުނައިޓެޑަށް ވުރެ ޕޮއިންޓެއް ފަހަތުގައި އޮތް ޗެލްސީން ވަނީ މިރޭ ރަށުން ބޭރުގައި ބާންލީއާ ވާދަކޮށް ފުރިހަމަ މޮޅެއް ހޯދައިފަ އެވެ. ފަހަތުން އަރައި ޗެލްސީން މެޗު ކާމިޔާބު ކުރީ 4-1 އިންނެވެ.
ސްޓާލިން ޗެލްސީއަށް ލީޑު ފުޅާ ކޮށްދިން ގޯލު ޖެހުމަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ފުރަތަމަ ހާފުގެ 15 ވަނަ މިނިޓުގައި ވިލްސަން އޮޑޮބާޓް ބާންލީއަށް ލީޑު ނަގައިދީފައި ވަނިކޮށް ހާފު ނިމެނިކޮށް ޗެލްސީން އެއްވަރު ކުރީ ބާންލީ ޑިފެންޑަރެއް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ޗެލްސީން ފުރަތަމަ ފަހަރަށް ލީޑު ނެގީ ރަހީމް ސްޓާލިން އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ޖަހައިދިނީ މެންޗެސްޓާ ސިޓީ ދޫކޮށް ޗެލްސީއަށް ބަދަލުވި ޒުވާން ސްޓްރައިކަރު ކޯލް ޕާމާ އެވެ.
ބާންލީން ބަދަލުތަކަކާ އެކު ނަތީޖާ ބަދަލު ކޮށްލަން މަސައްކަތް ކުރި ނަމަވެސް، މެޗުގެ 65 ވަނަ މިނިޓުގައި ސްޓާލިން ވަނީ ޗެލްސީ އަށް ލީޑު ފުޅާ ކޮށްދީފަ އެވެ. އަދި އޭގެ ނުވަ މިނިޓު ފަހުން ޗެލްސީގެ ހަތަރުވަނަ ގޯލު ޖަހައިދިނީ ނިކޮލަސް ޖެކްސަން އެވެ.
ޓޮޓެންހަމް ހޮޓްސްޕާ ވަނީ އެކަކު މަދުކޮށް ކުޅެގެން މިރޭ 1-0 އިން ލޫޓަން ޓައުން ބަލިކޮށް ވަގުތީ ގޮތުން ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފަ އެވެ.
ވެން ޑި ވެން (ވ) ގޯލު ޖެހުމަށް ފަހު އުފާފާލު ކުރަނީ، އޭނާ ގޯލު ޖެހީ ޖޭމްސް މެޑިސަން (ކ) ގެ އެހީތެރިކަމާ އެކު.-- ފޮޓޯ: ގެޓީ އިމޭޖަސް
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވައިވެސް ބިސޫމާ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުން، ޓޮޓެންހަމް ފަހު ހާފު ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނިޓުގައި ޓޮޓެންހަމްގެ ހަމައެކަނި ގޯލު ޖަހައިދިނީ މިކީ ވެން ޑި ވެން އެވެ.
މި ނަތީޖާއާ އެކު ޓޮޓެންހަމް މިވަގުތު އެއްވަނައިގައި އޮތީ އަށް މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން 18 ޕޮއިންޓް ހޯދައިގެން މިވަގުތު ދެވަނައިގައި އޮތް މެންޗެސްތާ ސިޓީ މާދަމާ ރޭ ރަށުން ބޭރުގައި އާސެނަލްއާ ދެކޮޅަށް ނުކުންނާނެ އެވެ. އާސެނަލް ތިންވަނައިގައި އޮތީ ސިޓީއަށް ވުރެ ޕޮއިންޓެއް މަދުން ހޯދައިގެންނެވެ.
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑް ގަދަ ހަތަރަކާ ގާތަށް
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
ޓޮޓެންހަމް އެއް ވަނަ އަށް، ޔުނައިޓެޑަށް މޮޅެއް
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި
ލިވަޕޫލް ލީޑުފުޅާކުރިއިރު، ސިޓީ އަށް މަގާމު ގެއްލިއްޖެ
ލިވަޕޫލަށް މުހިއްމު މޮޅެއް، ޓޮޓެންހަމުން ފައިދާނަގައިފި
ޗެލްސީ ބަލިވުމުގެ ފައިދާ ޓޮޓެންހަމަށް