އިނގިރޭސި ލީގް ކަޕްގެ ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި މެޗުގައި ގަވާއިދާ ހިލާފަށް ކުޅުންތެރިއަކު ލައްވައި ކުޅުވާފައި ވާތީ ގްރިމްސްބީ ޓައުން ޖޫރިމަނާ ކޮށްފި އެވެ.
އިނގިރޭސި ލީގް ކަޕްގެ ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި މެޗުގައި ގަވާއިދާ ހިލާފަށް ކުޅުންތެރިއަކު ލައްވައި ކުޅުވާފައި ވާތީ ގްރިމްސްބީ ޓައުން ޖޫރިމަނާ ކޮށްފި އެވެ.
ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ގްރިމްސްބީ ހޯދި ނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ އެއްވަރު ކޮށްފަ އެވެ. ޕެނަލްޓީގައި ގްރިމްސްބީ މޮޅުވީ 12-11 އިންނެވެ.
މައްސަލަ ޖެހުނު ކުޅުންތެރިއަކީ 73 ވަނަ މިނިޓުގައި އެ ޓީމު ދެ ގޯލު ކުރީގައި އޮއްވައި ޖޯޖް މަކެކްރަންގެ ބަދަލުގައި ކުޅެން އެރި ކެންޔާގެ ކުޅުންތެރިޔާ ކްލާކް އޮޑޫއާ އެވެ. ޝޫޓައުޓްގައި ކޮންމެ ޓީމަކުން 13 ޕެނަލްޓީ ޖެހި އިރު، ގްރިމްސްބީގެ ނާކާމިޔާބުވި ހަމައެކަނި ޕެނަލްޓީ ފޮނުވައިލީ ވެސް އޭނާ އެވެ.
މި މެޗުގައި އޮޑޫއާ އަށް ނުކުޅެވޭނީ، ކުޅުންތެރިޔާ ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމުގައި 60 ސިކުންތު ލަސްވެގެންނެވެ. މެޗު ކުޅުމުގެ ކުރީ ދުވަހުގެ މެންދުރު 12 އަށް ވަގުތު ހަމަވާ އިރު، އޭނާގެ ރަޖިސްޓްރޭޝަން ފުރިހަމަ ކުރެވިފައި ވަނީ 12:01ގަ އެވެ.
މި މައްސަލަ އީއެފްއެލްގެ ސަމާލުކަމަށް ގެނައީ ވެސް ގްރިމްސްބީއެވެ. މިއާ އެކު، އެ ޓީމު ވަނީ 20،000 ޕައުންޑުން ޖޫރިމަނާކޮށް، މި ސީޒަން ނިމެންދެން އިތުރު 10،000 ޕައުންޑް މާފު ކޮށްދީފަ އެވެ. ޔުނައިޓެޑުން ވެސް މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް މީޑީއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.
"އޮޑޫއާގެ ރަޖިސްޓްރޭޝަން ހުށަހެޅިފައި ވަނީ ގަޑި ޖެހުމުގެ އެއް މިނިޓު ފަހުން. އެ ވަގުތު ކުލަބަށް އެކަން ދަނެނުގަނެވުނީ ކޮމްޕިއުޓަރަށް ދިމާވި މައްސަލައަކުން. އަހަރެމެންނަށް ކޮށްފައިވާ ޖޫރިމަނާ ބަލައިގަންނަން. އެއީ މުބާރާތުގެ ގަވާއިދުތަކަށް އަމަލު ކުރުމުގެ މުހިއްމުކަން ދައްކުވައިދޭ ކަމެއް،" ގްރިމްސްބީން ނެރުނު ބަޔާނުގައި ވެ އެވެ.
މީގެ ކުރިން އީއެފްއެލް ވަނީ 2019 ގައި ލިވަޕޫލުން އެރުވި ސްޕެއިން މިޑްފީލްޑަރު ޕެޑްރޯ ޗިރިވެއްލާގެ މައްސަލައިގައި އެ ކްލަބް 200،000 ޕައުންޑުން ޖޫރިމަނާ ކޮށްފަ އެވެ. ނަމަވެސް 2023 ވަނަ އަހަރު ބާންސްލޭ އެ މައްސަލައިގައި ހަދާފައިވާ ގޯސްތަކާ ގުޅިގެން ވަނީ އެފްއޭ ކަޕުން އެ ސީޒަނުގައި ޑިސްކޮލިފައި ކޮށްފަ އެވެ.
ފަހު ވަގުތުގެ ޕެނަލްޓީން ޔުނައިޓެޑަށް ފުރަތަމަ މޮޅު
ހަތަރު ވަނަ ޑިވިޝަނުގެ ޓީމަކުން ޔުނައިޓެޑް ކަޓުވާލައިފި
އެންޓޮނީއާ މެދު ޔުނައިޓެޑާއި ބެޓިސްގެ ހިޔާލުތަފާތުވުމެއް
ޔުނައިޓެޑުން ކުރި ބޮޑު ހޭދަ އިސްރާފަށް؟ މޮޅެއް ނުވޭ
އިނގިރޭސި ޓީމެއްގެ ކޯޗަކަށް އަލަށް ސިކުންގެ މީހަކު ހަމަޖައްސައިފި
ޔުނައިޓެޑްގެ ކީޕަރުންނަށް އަމޮރިމް އިތުބާރެއް ނުކުރޭ
ޔުނައިޓެޑްގެ އާ ފޯވާޑުންނާއެކު އާސެނަލް އަތްދަށުވެއްޖެ
ޔުނައިޓެޑްގައި އެއްވެސް މިސްރާބެއް ނެތް: ރަޝްފޯޑް
ހިޔާލު ތަފާތުވެ މެންޔޫގެ ސަޕޯޓަރުންގެ މުޒާހަރާ ކެންސަލް
ޓީވީ ތަޅާލުމުގެ ފައިދާ ފެނުނުކަމަށް އަމޯރިމް ގަބޫލުކުރޭ