24 ނޮވެމްބަރ 2021
މެންޗެސްޓާ (ނޮވެމްބަރު 24) - ސީޒަން ނިމެންދެން މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވާނެ ކޯޗަކު ހޯދުމުގެ މަޝްވަރާތަކަށް ޔުނައިޓެޑްގެ އޮފިޝަލުން ބާސެލޯނާގެ ކުރީގެ ކޯޗް އާނެސްޓޯ ވަލްވަޑޭއާ ބައްދަލުކޮށްފި އެވެ.
މެންޗެސްޓާ (ނޮވެމްބަރު 24) - ސީޒަން ނިމެންދެން މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވާނެ ކޯޗަކު ހޯދުމުގެ މަޝްވަރާތަކަށް ޔުނައިޓެޑްގެ އޮފިޝަލުން ބާސެލޯނާގެ ކުރީގެ ކޯޗް އާނެސްޓޯ ވަލްވަޑޭއާ ބައްދަލުކޮށްފި އެވެ.
އެކަމަކު ދާއިމީ ރޯލަށް ޔުނައިޓެޑުން ބޭނުންވަނީ، ޕީއެސްޖީގެ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ އެވެ.
ބާސާގެ ކޯޗުކަމުން ޖެނުއަރީ 2020 ގައި ވަކިކުރި ފަހުން ވަލްވާޑޭ އެއްވެސް ޓީމަކާ ހަވާލެއް ނުވެ އެވެ. އޭނާ ވަނީ ބާސާ އަށް ލަ ލީގާގެ ޗެމްޕިއަންކަން ދެފަހަރު އަދިި ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ވެސް ދެފަހަރު ހޯދައި ދީފަ އެވެ.
މީގެ ކުރިން ވަލްވަޑޭ، ދި އޮބްޒަވާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ކޯޗުކޮށް ދިނުމަކީ ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.
ޔުނައިޓެޑްގެ ފުޓްބޯލް ޑައިރެކްޓާ ޖޯން މުރްޓޯގް ވަނީ ވަލްވޭޑާއާ ބައްދަލުކޮށްފަ އެވެ. ވަލްވަޑޭ ޔުނައިޓެޑާ ހަވާލު ވެއްޖަ ނަމަ އޭނާ ވާނީ ލިއޮޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކޯޗު ކޮށްދޭ ފުރަތަމަ ކޯޗަށެވެ.
ދާއިމީ ކޯޗުގެ މަގާމަށް ޔުނައިޓެޑުން ބޭނުންވާ ޕޮޗެޓީނޯ ހުރީ ޕީއެސްޖީގެ ކޮންޓްރެކްޓްގަ އެވެ. ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭ މެޗަށް ނުކުތުމުގެ ކުރިން ޕޮޗެޓީނޯ ބުނެފައި ބުނީ އޭނާ ޕެރިހުގައި ހުރީ އުފަލުން ކަމަށެވެ. ޔުނައިޓެޑަށް ނުދާނެ ވާހަކައެއް އޭނާ ނުބުނެ އެވެ.
ޔުނައިޓެޑުން އާ ކޯޗަކު ހޯދަނީ، މިދިޔަ އާދިއްތަ ދުވަހު އެ ޓީމުގެ ކޯޗުކަމުން ވަކިކުރި އޮލޭ ގުނާ ސޯލްޝެއާގެ ބަދަލުގަ އެވެ. މިހާރު އެ ޓީމުގެ ކޯޗުކަން ހަވާލުކޮށްފައި ވަނީ ކުރީގެ އެސިސްޓެންޓް ކޯޗް މައިކަލް ކެރިކްއާ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ޔުނައިޓެޑް ރޭ ވަނީ ވިޔަރެއާލް އަތުން 2-0 އިން މޮޅުވެފަ އެވެ.
ބާސެލޯނާ ކަޓުވާލައި ޔުނައިޓެޑް އަނެއް ހަރުފަތަށް
ބާސާގެ ދަނޑުގައި އެއްވަރު، ޓެން ހަގް ރުޅިގަދަ ވެފައި
ބާސާ އާއި ޔުނައިޓެޑް: ދެ ކޯޗުން ތައުރީފު އޮއްސާލައިފި
ޑި ޔޮންގެ ޓްރާންސްފާގައި ބާސާގެ ރައްދެއް ޔުނައިޓެޑަށް
ބޯނަސްތަކާއެކު ޑިޔޮންގްއަށް ބާސާ ބޭނުންވާއަގު ހަމަކުރަނީ
ވަގުތީ ކޯޗު ކެރިކް އަށް ޔުނައިޓެޑްގައި ފެށުން ކާމިޔާބު
2010 ގައި ބާސެލޯނާ އަށް ދާން ބޭނުންވި: ރޫނީ
ޕޮޗެޓީނޯ ޝައުގުވެރިވަނީ ޔުނައިޓެޑަށް: ރިޕޯޓް
ޔުނައިޓެޑުން ފާޓީ އަށް 100 މިލިއަން ޔޫރޯ!
ފާޑިނަންޑްގެ ހަނދާނުން ނުފިލި 2011ގެ ފައިނަލް