27 އޮކްޓޯބަރ 2020
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސްދޯނި އެ ދޯނީގެ ވެރިފަރާތާ ހަވާލުކުރަން ލ. ގަމު މެޖިސްޓްރޭޓްކޯޓުން ނެރުނު އަމުރަކީ އެ ދޯނި ހިފެހެއްޓުމުގައި އަމަލުކޮށްފައިވާ ގޮތް ދިފާއުކުރަން ނެރުނު އަމުރެއް ކަަމަށް ތުހުމަތުކޮށް، ޖާބިރު އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސްދޯނި އެ ދޯނީގެ ވެރިފަރާތާ ހަވާލުކުރަން ލ. ގަމު މެޖިސްޓްރޭޓްކޯޓުން ނެރުނު އަމުރަކީ އެ ދޯނި ހިފެހެއްޓުމުގައި އަމަލުކޮށްފައިވާ ގޮތް ދިފާއުކުރަން ނެރުނު އަމުރެއް ކަަމަށް ތުހުމަތުކޮށް، ޖާބިރު އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަށް ޖާބިރު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ލ. ގަމު ތުނޑި އިހުރާމް، އިދުރީސް ހުސައިންގެ އަތުން ގަނެފައިވާ ދޯނި "ފަސްކުރި" އިދުރީސްއާ ހަވާލުކުރަން ގަމު ކޯޓުން ނެރުނު ވަގުތީ އަމުރަކީ މަދަނީ މައްސަލަތަކުގައި ކޯޓުތަކުން އަމުރު ނެރޭ އުސޫލާ ހިލާފަށް ނެރުނު އަމުރެއް ކަމަށެވެ. އެގޮތުން ދޯނި ހަވާލުކުރުމުގެ އަމުރު ނެރެދިނީ އެ އަމުރާ ގުޅޭ ދައުވާ އަަށް ޖަވާބު ދިނުމުގެ ފުރުސަތު ވެސް ރިޗްކްލަަބް މޯލްޑިވްސް އަށް ނުދީ ކަމަށް ސިޓީގައި ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ދޯނި ގަތުމަށް އިދުރީސްއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް، ފައިސާ ނުދައްކައިގެން ދޯނި އަތުލާ ނަމަ އަތުލަން ޖެހޭނީ ވެސް ޝަރީއަތުންނެވެ. އެކަމަކު ދޯނި އަތުލީ ޓެރަރިޒަމް ނުވަތަ ކަނޑު ފޭރުން ކަަމަށް ބެލެވޭ ފަދަ ގޮތަކަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ދޯނި އަތުލުމުގައި އަމަލުކުރި ގޮތް ތަހުގީގުކޮށްދިނުން އެދި ޖާބިރު ވަނީ ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ހުށަހަޅުއްވާފައިވާކަން ވެސްް ޖޭއެސްސީ އަށް ފޮނުއްވި ސިޓީގައި ޖާބިރު ބަޔާންކުރެއްވި އެވެ.
ލ. ގަމު މެޖިސްޓްރޭޓް ކޯޓާ ގުޅޭ ގޮތުން ޖާބިރު މިފަދަ މައްސަލައެއް ހުށަހެޅުއްވި އިރު އެ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް ފައްތާހު އަބްދުލް ޣަފޫރުގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުންޏެވެ. އެ ކޮމިޝަނުން ބުނީ އޭނާގެ މައްސަލައެއް ބަލަނީ ބަންދުގެ މުއްދަތާ މެދު ގޮތް ނިންމުމުގެ މައްސަލައެއްގައި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށެވެ. އެ މައްސަލަަ ބަލަން ނިންމީ މި މަހު 14 ވަނަ ދުވަހު ކޮމިޝަނުން ބޭއްވި މައްސަލައެއްގަ އެވެ.
އެނގިފައިވާ ގޮތުގައި މީގެ ދެ އަހަރު ކުރިން "ފަސްކުރި" ދޯނި ވިއްކީ މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ، ދޯނީގެ ވެރިފަރާތަށް ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް ދެއްކީ ހަތް ލައްކަ ރުފިޔާ ކަމަށްވެ އެވެ. އެކަމަކު ރިޗްކްލަބް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖާބިރު އެ ވާހަކަތައް ދޮގުކުރައްވަ އެވެ.
ދޯންޏަށް ފައިސާ ނުދައްކާތީ އެ އުޅަނދު އަތުލަން ކަމަށް ބުނެ، ލ. އަތޮޅު ވަޑިނޮޅު ކައިރީގައި އޮއްވައި ކަތިވަޅި އާއި ދަގަނޑު ހިފައިގެން ބަޔަކު ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެ އުޅަނދަށް އަރައިފަ އެވެ. އެ މައްސަލައާ ގުޅިގެން ތިން މީހަކު ރޭ ހައްޔަރުކޮށްފައިވެ އެވެ.
"ހަނގުރާމަވެރިންގެ ރިހެބިލިޓޭޝަނަށް މަސައްކަތްކުރަން"
ގޭންގުތަކާ ދެކޮޅަށް ހާއްސަ ޓީމެއް އެކުލަވާލަނީ
ފްލައިޓެއް ހިފައިގެން ގޮސް ވެސް ހެކި ދޭން ތައްޔާރު
ޓެރަރިޒަމް ހުއްޓުވަން އެއްބާރުލުން ބޭނުން: ސީޕީ
މީހަކު ރަހީނުކޮށް، ފައިސާ ފޭރުނު މީހަކު ހައްޔަރުކޮށްފިި
ޖާބިރުގެ ގެއިން ވައްކަން ކުރި ދެ މީހަކު ހައްޔަރުކޮށްފި
ވިއްސިވިހާލި ވެފައިވާ ނިޒާމެއް: ފުލުހުންނަށް ވާނެތަ؟
ވަޅި ހެރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ގޮއްވާލަން އެތައް ފަހަރަކު އުޅެފި، އަދިވެސް ޖޯކެއް؟
ބިދޭސީއަކަށް ފުލުހުން އަނިޔާކުރުން: ތަހުގީގު ގޯސް