17 ޖޫން 2019
ޓެރަރިޒަމްްގެ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތުގައި ފުޅާ ދާއިރާއެއްގައި ގިނަ ބައެއްގެ ބައިވެރިވުން ބޭނުންވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމްްގެ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތުގައި ފުޅާ ދާއިރާއެއްގައި ގިނަ ބައެއްގެ ބައިވެރިވުން ބޭނުންވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް ގުޅިގެން ރާއްޖޭގައި ބާއްވާ އޭޝިއާ ކައުންޓާ ޓެރަރިޒަމް ލީޑާސް ފޯރަމް ފެށުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ސީޕީ ހަމީދު ވިދާޅުވީ، ޓެރަރިޒަމް ހުއްޓުވަން ކުރާ މަސައްކަތުގައި ރާއްޖެއާ އެއްވިސްނުމުގެ ގައުމުތަކުގެ ބައިވެރިވުން ވެސް ބޭނުންވާ ކަމަށެވެ. އެގޮތުން، އިޖުތިމާއީ ފެންވަރުގައި އިސްނަގައިގެން ކުރާ މަސަައްކަތްތަކަށް ފަންޑު ކުރުމަށް ފުޅާ ދާއިރާއެއްގައި ތަފާތު ފަރާތްތަކުގެ ބައިވެރިވުން އުފައްދަން ޖެހޭ ކަމަށް ހަމީދު ވިދާޅުވި އެވެ.
"އިގުތިސާދީ ސަބަބުތަކަށްޓަކައި ޓެރަރިސްޓް ގުރޫޕްތަކާ ގުޅޭ މީހުންނަށް މަގު ދެއްކުމަށް ނުވަތަ އެކި ޖަމާއަތްތަކުގެ މެދުގައި ސުލްހަ ކުރުމަށް، އިޖުތިމާއީ ގޮތުން އިސްނަގައިގެން މައިކްރޯ ލެވެލްގައި ކުރާ މަސައްކަތްކަށް ފަންޑު ކުރަން އަޅުގަނޑުމެންނަށް ފުޅާ ދާއިރާއެއްގައި ބައިވެރިވުން ބޭނުންވާނެ،" ސީޕީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓެރަރިޒަަމަށް މަގުފަހިވާ ބައެއް ހާލަތްތައް ބަދަލުވަނީ ލަސްލަހުން ކަމަށް ވާތީ، އެ ކަންކަމަށް ކެތްތެރި ވުމަަކީ ވެސް މުހިއްމު ކަމެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ޓެރަރިޒަމް ހުއްޓުވަން ރާއްޖެ އިން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ކޮމިޝަނަރު ވިދާޅުވީ، އެންމެ އިސްކަން ދެނީ ހަނގުރާމަ ހިނގާ ސަރަހައްދުތަކުން އަންނަ ދިވެހިންގެ މައްސަލަތައް ތަހުގީގުކޮށް، އިވެލުއޭޓްކޮށް، މުޖުތަމައަށް އަނބުރާ ނެރުމަށް ކަމަށެވެ. އެގޮތުން، ޓެރަރިޒަމް ހުއްޓުވަން މަސައްކަތް ކުރުމުގެ ގައުމީ އޮނިގަނޑު ވަރުގަދަކޮށް، އެއީ ގިނަ ބަޔަކު ގުޅިގެން ކުރާ ކަމަކަށް ހަދަން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ މިދިޔަ 15 އަހަރުގެ ތެރޭގައި ވެސް ދިވެހި ފުލުހުންގެ މުއައްސަސާ އިން އެންމެ އިސްކަންދޭ އެއް ކަންތަކެވެ. އަދި ވިދާޅުވީ، ޓެރަރިޒަމް ހުއްޓުވައި ފިޔަވަޅު އެޅުމަށް އެކުލަވާލާ އޮނިގަނޑުގެ ސަބަބުން، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އެ ދާއިރާ އިން ގުޅުން ބަދަހިވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
The first day of the Asia Counter Terrorism Leaders Forum ends with all participating countries reaffirming their commitment to collaborate with one another in order to counter the spread of violent extremist threat in the region. pic.twitter.com/WDJ1LDivqc
— Maldives Police (@PoliceMv) June 17, 2019
އޭޝިއާ ކައުންޓާ ޓެރަރިޒަމް ލީޑާސް ފޯރަމާ ގުޅޭ ގޮތުން ފުލުހުން ކުރި ޓުވީޓެއް
ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ، ހަނގުރާމަތަކުގައި ބައިވެރިވާން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދިވެހިންގެ ތެރެއިން ބައެއް މީހުން ދަތުރުކޮށްފައި ވާތީ ކަންބޮޑުވާ ކަަމަށެވެ. އެފަދަ މީހުންނާ މެދު އަމަލުކުރާނެ ގޮތްތައް ހޯދަން ދައުލަތުގެ އެކި މުއައްސަސާތައް ގުޅިގެން މިހާރު ވެސް މަސަައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޝިއާ ކައުންޓާ ޓެރަރިޒަމް ލީޑާސް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުން މިއަދުގެ ރަސްމިއްޔާތުގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"އެ ފަރާތްތައް ރާއްޖެ އަނބުރާ އައުމަށް ފަހުގައި ދެވިގެންދާނެ ރިހެބިލިޓޭޝަން އަދި އެ ފަރާތްތައް އަނބުރާ މުޖުތަމައު ތެރެއަށް ގުޅިގެން ދިއުމަށްޓަކައި ނުވަތަ މުޖުތަމައު ތެރޭގައި ހިމެނުމަށްޓަކައި ކުރަމުންދާ މަަަސައްކަތްތަކެއް މިހާރު އެބަ ކުރަމުން ގެންދޭ،" ހަމީދު ވިދާޅުވި އެވެ.
ޓެރަރިޒަމް ހުއްޓުވަން ރާއްޖެ އިން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ކޮމިޝަނަރު ވިދާޅުވީ، އެންމެ އިސްކަން ދެނީ ހަނގުރާމަ ހިނގާ ސަރަހައްދުތަކުން އަންނަ މީހުން ތަހުގީގުކޮށް، އިވެލުއޭޓްކޮށް، މުޖުތަމައަށް އަނބުރާ ނެރުމަށް ކަމަށެވެ. އެގޮތުން، ޓެރަރިޒަމް ހުއްޓުވަން މަސައްކަތް ކުރުމުގެ ގައުމީ އޮނިގަނޑު ވަރުގަދަކޮށް، އެއީ ގިނަ ބަޔަކު ގުޅިގެން ކުރާ ކަމަކަށް ހަދަން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"އޭޝިއާ ކައުންޓާ ޓެރަރިޒަމް ލީޑާސް ފޯރަމް"ގެ ނަމުގައި ފެށި ފޯރަމްގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ތައިލެންޑް، ބަންގްލަދޭޝް އަދި މިއަންމާގެ ފުލުހުން ބައިވެރި ވެ އެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ރާއްޖޭން މިހާރު އިިސްކަން ދެނީ ހަނގުރާމަތަކަށް ދާ ދިވެހިންގެ މައްސަލަތައް ތަހުގީގުކޮށް، އިވެލުއޭޓްކޮށް ރިހެބިލިޓޭޓް ކުރުމަށް ކަމަށެވެ. އަދި ފޯރަމް މި ބާއްވަނީ ވަރަށް މުނާސަބު ވަގުތެއްގައި ކަމަށާއި ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގެ ހަނދާންތައް އަދި ހުރީ ތާޒާކޮށް ކަމަށް ވިދާޅުވި އެވެ.
"ހަނގުރާމަވެރިންގެ ރިހެބިލިޓޭޝަނަށް މަސައްކަތްކުރަން"
ގޭންގް ނުރައްކާ: ބިރުން ފިތްކަނޑައިގެންދާ މަންޒަރު!
ހަމަލާގެ ތަހުގީގު ގެންދަނީ އިންތިޒާމުވެގެން: ސީޕީ
ގަމު މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި
ނުރައްކާތެރި ބަޔަކު ދޫވުން: ކޮން ބައެއްގެ އިހުމާލެއް؟
ރޭގެ އަލިފާނުގެ ހާދިސާއަަކީ ބަޔަކު ގަސްދުގައި ކުރިކަމެއް
ސީޕީ ހަމީދަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަނީ
އާންމުންގެ އިތުބާރު ފުލުހުންނަށް ލިބިއްޖެ: ސީޕީ ހަމީދު
ޓެރަރިޒަމަށް އެހީވާ ލިސްޓާ ގުޅިގެން އިތުރުކަމެއް ނުބަލާ
ޓެރަރިޒަމަށް އެހީވާ ލިސްޓުގެ އެސެސްމަންޓެއް ހަދަނީ