އދ. މަހިބަދޫ ބަނދަރުގައި އަޅާފައިވާ ފަސް ލޯންޗާއި ދެ ޑިންގީއެއްގައި ރޭ ފަތިހު ބަަޔަކު ރޯކޮށްލީ ގަސްދުގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.
15 އެޕްރީލް 2020
އދ. މަހިބަދޫ ބަނދަރުގައި އަޅާފައިވާ ފަސް ލޯންޗާއި ދެ ޑިންގީއެއްގައި ރޭ ފަތިހު ބަަޔަކު ރޯކޮށްލީ ގަސްދުގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީީފިންގައި ހަމީދު ވިދާޅުވީ އެއީ ބަޔަކު ގަސްދުގައި ހިންގި އަމަލެއްކަން، މިހާތަނަށް ކުރި ތަހުގީގުން ކަށަވަރުވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ފެންނަން އެބަ އޮތް މިއީ ގަސްދުގައިވާ ހިންގާފައި އޮތް އަަމަލެއްކަން،" ހަމީދު ވިދާޅުވި އެވެ.
މި ޖަރީމާގައި ރޯކޮށްލާފައި ވަނީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްއައި 2 އަދި ދެ ޑިންގީއެއްގަ އެވެ. މިއީ ބަނދަރުގައި ޖެހިޖެހިގެން އަޅާފައި ހުރި އުޅަނދުތަކެކެވެ.
މިރޭގެ މީޑިއާ ބްރީފިންގައި ސީޕީ ހަމީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ސީމީ ހަމީދު ދެއްކެވި ވާހަކަތަކަށް ބަލާއިރު، އުޅަނދުތަކުގައި ރޯކޮށްލާފައި ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅިގެންނެވެ. އެގޮތުން މިދިޔަ މާޗް 22 ގައި ލ. ގަމުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލީ ވެސް ބަޔަކު ގަސްދުގައި ކަމަަށް އޭނާ ވިދާޅުވި އެވެ.
ގަމުގައި އޮތް ފުލުހުންގެ ލޯންޗްގައި ރޯކޮށްލީ ސީޕީ ހަމީދު ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކާ ހެދި ބަޔަކު ރުޅި އައިސްގެންނެވެ.
ފުލުހުންނަށް ގެއްލުންދޭން ކޮށްފައިވާ ބައެއް ކަންތައްްތަކާއި ފަހަކަށް އައިސް ކޮށްފައިވާ ބައެއް ކުއްތަކަކީ ހަރުކަށި ފިކުރު ހުއްޓުވަން ކުރަމުން އަންނަ މަސައްކަތްތަކުގެ ބަދަލު ހިފަން ކުރި ކަންތައްތަކެއް ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހިބަދޫ ހާދިސާގެ މައުލޫމާތު ނުދޭތީ ކަންބޮޑުވެއްޖެ
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
ހުޅުޖެހި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
އަލިފާނުގެ ހާދިސާތަކާ ބެހޭ ބޮޑު ތަހުގީގެއް ފަށައިފި
ގޭންގް ނުރައްކާ: ބިރުން ފިތްކަނޑައިގެންދާ މަންޒަރު!
ލޯންޗްތަކުގައި ރޯކޮށްލުމުގެ ޒިންމާ އައިއެސްއިން ނަގައިފި
ސީޕީ ހަމީދަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަނީ
ޓެރަރިޒަމް ހުއްޓުވަން އެއްބާރުލުން ބޭނުން: ސީޕީ
"ހަނގުރާމަވެރިންގެ ރިހެބިލިޓޭޝަނަށް މަސައްކަތްކުރަން"
ހަ ސައިކަލެއްގައި ރޯކޮށްލައިފި