21 މާޗް 2019
މާލޭގައި ރޭ ފަތިހު ހަ ސައިކަލެއްގައި ރޯކޮށްލައިފި އެވެ.
މާލޭގައި ރޭ ފަތިހު ހަ ސައިކަލެއްގައި ރޯކޮށްލައިފި އެވެ.
އެމްއެންޑީއެފުން ބުނީ މާފަންނު އިހުސާން ފިހާރަ ކައިރީގައި ހުރި ސައިކަލްތަކެއްގައި ފަތިހު ހަތަރެއް ޖަހަން އުޅެނިކޮށް ރޯވި އަލިފާން ފަޔާ އެންޑް ރެސްކިއު ސާވިސް އިން ނިއްވާލާފައިވާ ކަމަށެވެ. މި އަލިފާނުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ސިފައިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ހަ ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި އެހެން ދެ ސައިކަލަކަށް އިތުރު ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި ސައިކަލްތަކުގައި ރޯކޮށްލި ސަރަހައްދުގައި ހުރި މ. ސަބުދެލި ގޭގެ ގްރައުންޑް ފްލޯގެ ގަރާޖުގެ ތެރޭގައި އަޅާފައިވާ ހޮޅިތަކެއްގައި ރޯވެ ގެއްލުން ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މާފަންނު އިހުސާން ފިހާރަ ކައިރީގައި ހުރި ސައިކަލްތަކެއްގައި ރޭ ފަތިހު ރޯކޮށްލާފައިއިރު ފުލުހުންނާއި ބައެއް އާންމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ.
ފުލުހުން ބުނިގޮތުގައި މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
މާލޭގައި ބޮޑެތި އަދަދުތަކުން ފައިސާތައް ފޭރުން ފަދަ ޖަރީމާތައް މިދިޔަ ދެ މަހެއްހާ ދުވަހު ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. އިއްޔެ މެންދުރު ވެސް މާލޭގައި ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ ވަނީ ފޭރިގެންފަ އެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު މި ޖަރީމާ ހިންގީ ވޭނުގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު އެވެ. އެކަމަކު، މި މައްސަލައިގައި ބަޔަކު ހައްޔަރުކުރި ކަމަކަށް އަދި ފުލުހުން ނުބުނެ އެވެ.
މި މަހުގެ 10 ވަނަ ދުވަހު ވެސް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ވެސް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސައިކަލުތަކެއްގައި ގޮސް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންޑިއާގެ މީހެއްގެ އަތުން ފޭރިގެންފަ އެވެ. އެ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފައިވާއިރު، ފޭރިގަތް ފައިސާތައް އަދިވެސް ނުފެނެ އެވެ.
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
ލަފާކުރަނީ ގަސްދުގައި ކެފޭގައި ބަޔަކު ރޯކުރީ ކަމަށް
ދޮޅު ގަޑިއިރު ފަހުން އަލިފާން ނިއްވާލައިފި
އަލިފާނުގެ ހާދިސާ އަކީ ލިބުނު ފިލާވަޅެއް: ފައިސަލް
މުއިއްޒަށް އަދިވެސް އެއީ "ޓެރަރިސްޓް ހަމަލާއެއް"
ކީވްގައި ހުރީ ފޮއްޗާއި ފަހަން ބޭނުންކުރާ ސާމާނު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ހުޅުވާލައިފި
ސައިކަލުތައްރޯކޮށްލި މައްސަލައިގާ މީހަކު ހައްޔަރެއްނުކުރޭ
ހުޅުޖެހި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި