Roadha Mihaaru

ކާރުގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ބަންދަށް 15 ދުވަސް

ސިނަމާލެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކާރުގައި "ރޯކުރި" މީހުންގެ ބަންދަށް 15 ދުވަސް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

29 ނޮވެމްބަރ 2024

ސިނަމާލެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ބުރުޒު މަގުގައި ހުންނަ ސިނަމާލެ 1 ޕާކިން ޒޯނުގައި އޮތް ކާރެއްގައި އަލިފާން ރޯކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު 6:25 ހާއިރު އެވެ.

އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ މ. އަރާރަތްކުރި، ހާލިދު މަހްމޫދު 35، އާއި އދ. މާމިގިލީ، ބްލޫވިންޑް ހަސަން ނަސީމް 31، އެވެ.

އެ މީހުން ތަހުގީގުގެ ބޭނުމަށް ކޯޓުގެ އަމުރަށް ބަންދުކޮށްފައިވީ ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި އަލިފާން ރޯކޮށްލީ ކާރުގެ ކުރީކޮޅުގަ އެވެ. ކާރުގެ އެހެން ހިސާބަށް އަލިފާންގަނޑު ފެތުރުމުގެ ކުރިން ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އަލިފާން ނިއްވާލައިފަ އެވެ.