Roadha Mihaaru

ސައިކަލުތަކުގައި ރޯކޮށްލި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރޭ: ފުލުހުން

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމަތި ނުވަތަ ގްރީން ޒޯނުގެ ޕާކިން ޒޯނުގައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ސައިކަލުތަކުގައި ރޯކޮށްލުން: މީހަކު ހައްޔަރު ނުކުރޭ!

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމަތި ނުވަތަ ގްރީން ޒޯނުގެ ޕާކިން ޒޯނުގައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ސައިކަލުތަކުގައި ރޯކޮށްލީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހު އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އެ ދުވަހު ބުނެފައި ވަނީ އެކަން ކުރި މީހާ ދެނެގަނެވިފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އިން މިއަދު ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

އެ ހާދިސާގައި ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވެ އެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.