މިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހު މާލޭގައި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
25 މާޗް 2019
މިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހު މާލޭގައި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާފަންނު އިހްސާން ފިހާރަ ކައިރީގައި ޕާކްކޮށްފައި ހުރި ހަ ސައިކަލެއްގައި ރޯ ކޮށްލީ ހެލްމެޓް އަޅައިގެން ތިބ ދެ މީހުން ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އަދި މިއީ ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށް ވުމުން، އެއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރި އެވެ.
ސައިކަލްތަކުގައި ރޯކޮށްލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކަމަކު، އެ ސައިކަލުތައް ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި އެ ސައިކަލުތައް ރޯކޮށްލި ސަރަހައްދުގައި ހުރި މ. ސަބުދެލި ގޭގެ ގްރައުންޑް ފްލޯގެ އަޅާފައިވާ ހޮޅިތަކެއްގައި ވެސް ރޯވެ، ގެއްލުންވެފައި ވެ އެވެ.
ހަ ސައިކަލްތަކުގައި ރޯކޮށްލާފައިވާއިރު މާލޭގެ ޓްރެކް ސަރަހައްދުގައި ބަހައްޓާފައި ހުރި ފެންސް ރޯލްތަކެއްގައި ވެސް އިއްޔެ ރޭ ބަޔަކު ވަނީ ރޯކޮށްލައިފަ އެވެ. އެ ހާދިސާގައި ގިނަ އަދަދެއްގެ ފެންސް ރޯލްތަކެއް ވަނީ އަނދައިފަ އެވެ.
މީގެ އިތުރުން، ވައްކަމާއި ބޮޑެތި އަދަދުތަކުން ފައިސާ ފޭރުން މާލޭގައި މި ދުވަސްވަރު ވަނީ އާންމުވެފަ އެވެ. ބައެއް މައްސަލަތަކުގައި ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ހަ ސައިކަލެއްގައި ރޯކޮށްލައިފި
ކާރުގައި "ރޯކުރި" މީހުންގެ ބަންދަށް 15 ދުވަސް
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
މަހިބަދޫ ހާދިސާގެ މައުލޫމާތު ނުދޭތީ ކަންބޮޑުވެއްޖެ
ދުއްވާފައި ދިޔަ ސައިކަލެއްގައި އަލިފާން ރޯވެއްޖެ
ކާރެއްގައި ރޯކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
64 މިލިއަން ދައުރުކުރި ގޮތް ބަލައި ޕީޖީއަށް ފޮނުވަނީ
މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ކާރެއްގައި ރޯކޮށްލި ދެ މީހަކު ހައްޔަރުކޮށްފި