Roadha Mihaaru

ކާރެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ހުންނަ ސިނަމާލޭ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކާރެއްގައި ރޯކޮށްލި ދެ މީހަކު ހައްޔަރުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

28 ނޮވެމްބަރ 2024

މާލޭގައި ހުންނަ ސިނަމާލޭ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބުރުޒު މަގުގައި ހުންނަ ސިނަމާލޭ އެކެއްގެ ޕާކިން ޒޯނުގައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ކަމަށެވެ.

އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މ. އަރާރަތްކުރި، ހާލިދު މަހްމޫދާއި އދ. މާމިގިލީ، ބްލޫވިންޑް ހަސަން ނަސީމެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އާންމުވި ވީޑިއޯ އިން ފެންނަ ގޮތުގައި އަލިފާން ރޯކޮށްލީ ކާރުގެ ކުރީކޮޅުގަ އެވެ. އަދި ކާރުގެ އެހެން ހިސާބަށް އަލިފާންގަނޑު ފެތުރުމުގެ ކުރިން ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އަލިފާން ނިއްވާލައިފަ އެވެ.