Roadha Mihaaru
ޓެރަރިޒަމަށް އެހީވާ ލިސްޓާ ގުޅިގެން އިތުރުކަމެއް ނުބަލާ

ޓެރަރިޒަމަށް އެހީވާ ލިސްޓާ ގުޅިގެން ފުލުހުން އިތުރު ކަމެއް ނުބަލާ

03 އޯގަސްޓް 2023

ރާއްޖޭގައި އައިސިސް އާއި އަލްގައިދާއަށް ތާއީދުކުރާ އަދި ޓެރަރިޒަމަށް ފައިނޭންސްކުރާ ކަމަށް ތުހުމަތުކޮށް އެމެރިކާއިން ނެރެފައިވާ ލިސްޓުގައި ހިމެނޭ މީހުންނާއި ކުންފުނިތަކާ ގުޅޭ ގޮތުން ފުލުހުން އެސެސްމަންޓެއް ހަދަމުން އަންނަ ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުންޏަސް އެކަން އެގޮތަށް ނުކުރާކަން އެނގިއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖޭގައި އައިސިސް އާއި އަލްގައިދާއަށް ތާއީދުކުރާ އަދި ޓެރަރިޒަމަށް ފައިނޭންސްކުރާ ކަމަށް ތުހުމަތުކޮށް އެމެރިކާއިން ނެރެފައިވާ ލިސްޓުގައި ހިމެނޭ މީހުންނާއި ކުންފުނިތަކާ ގުޅޭ ގޮތުން ފުލުހުން އެސެސްމަންޓެއް ހަދަމުން އަންނަ ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުންޏަސް އެކަން އެގޮތަށް ނުކުރާކަން އެނގިއްޖެ އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި އަލްގައިދާ އާއި އައިސިސް އަށް ތާއީދުކޮށް ޓެރަރިޒަމަށް ފަންޑުކުރާ 20 ދިވެއްސަކާއި 29 ކުންފުންޏެއް ކަނޑައަޅައި އެ ފަރާތްތަކުގެ ނަން ހާމަކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފަ އެވެ.

އެކަމާ ގުޅިގެން އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ޒަކަރިއްޔާ މަންސޫރު "މިހާރު" އަށް އިއްޔެ ވިދާޅުވީ ލިސްޓުގައި ވަކިވަކި ފަރުދުންނާއި ކުންފުނިތައް ހިމެނޭތީ ރާއްޖޭން ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަންޖެހޭ ކަންކަން ހުރުމުން ފުލުހުން އިސްވެ ހަދަމުން އަންނަ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.

ނަމަވެސް ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ލިސްޓުގައި ހިމެނޭ ވަރަށް ގިނަ މީހުންނަކީ އެކި މަރުހަލާތަކުގައި ޓެރަރިޒަމްގެ ތުހުމަތުކުރެވިގެން ތަހުގީގު ކުރެވެމުންދާ ނުވަތަ މިހާރު ވެސް ބަންދުގައި ތިބި މީހުން ކަމަށެވެ.

"އެމެރިކާއިން ލިސްޓު ނެރުނުއިރު ވެސް މީގެ ގިނަ މީހުންނަކީ އެކި މައްސަލަތަކުގައި އަޅުގަނޑުމެން ތަހުގީގު ކުރަމުންދާ މީހުން. އަދި އޭގެތެރެއިން އެއްބައި މީހުން މިހާރު ވެސް ތިބީ ބަންދުގައި. އެހެންވެ، އެ ލިސްޓާ ގުޅިގެން އިތުރު އެސެސްމަންޓެއް ހަދާކަށް ނުޖެހޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެމެރިކާގެ ޓްރެޝަރީން ނެރުނު ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ބޭރުގެ މާލީ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އެކަމަކު ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އަދި ރަސްމީކޮށް މިކަމުގައި ވާހަކައެއް ނުދައްކަ އެވެ.