ލ. ގަމުގައި މިދިޔަ ބުރާސްފަތި ދުވަހު މީހަކު ރަހީނުކޮށް ފައިސާ ފޭރުމަށް ފަހު، އިތުރަށް ފައިސާ ހޯދަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި އެވެ.
04 މެއި 2019
ލ. ގަމުގައި މިދިޔަ ބުރާސްފަތި ދުވަހު މީހަކު ރަހީނުކޮށް ފައިސާ ފޭރުމަށް ފަހު، އިތުރަށް ފައިސާ ހޯދަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ލ. ގަމުގައި 44 އަހަރުގެ މީހަކު ރަހީނުކޮށް، އޭނާގެ އަތުން 8،900ރ. ފޭރިގެން އޭނާ ދޫކޮށްލުމަށް ފަހު އަނެއްކާވެސް އޭނާއަށް ބިރު ދައްކައިގެން ފައިސާ ހޯދަން އުޅެނިކޮށް ރޭ އެ ރަށުން 19 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ، އިތުރު މީހަކާ އެކު ގަމު ޕޮރޮވިންސް އޮފީސް ކައިރީގައި އުޅެނިކޮށެވެ. އަނެއް މީހާ ސައިކަލެއްގައި ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނިގޮތުގައި 44 އަހަރުގެ މީހާ އަތުން ފޭރިގަތުމަށް ފަހު އޭނާ ދޫކޮށްލީ، އިތުރަށް ފައިސާ ދޭން އެއްބަސް ކުރުވުމަށް ފަހު އެވެ. އެ މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރުކޮށްފި
ރަހީނުކޮށް، ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު
ސަރުކާރަށް ތާއީދުކޮށްގެން ހުންނަން ލަދުގަނޭ: ޝަހީމް
ރާއްޖޭގައި ކުށްކުރުން އަނެއްކާވެސް އިތުރުވެއްޖެ
ގަމު މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި
ރަހީނުކުރި ބިދޭސީއަކު އަމިއްލައަށް ސަލާމަތްވެއްޖެ
މީހަކު ރަހީނު ކުރި މައްސަލައިގައި ފަޒީލް ހައްޔަރުކޮށްފި
ބިދޭސީއަކު ރަހީނުކޮށް ފައިސާތަކެއް ހޯދަން އުޅެފި
މީހެއްގެ ގަޔަށް ކުލަ އެޅި މައްސަލަ ފުލުހުން ބަލަނީ
ރަހީނުކުރި މައްސަލައިގައި ހިމެނޭ މީހަކު އަލުން ހައްޔަރު