ސ. ހިތަދޫގެ ޑްރަގްގެ ބޮޑު އޮޕަރޭޝަންގެ ޝަރީއަތް ވީހާ އަވަހަކަށް ނިމެން ބޭނުން ކަމަށާއި ހެކި ބަސް ދިނުމަށް ފްލައިޓެއް ކުއްޔަށް ހިފައިގެން ފުލުހުން އައްޑު އަށް ފޮނުވަން ވެސް ތައްޔާރު ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.
11 ޑިސެމްބަރ 2020
ސ. ހިތަދޫގެ ޑްރަގްގެ ބޮޑު އޮޕަރޭޝަންގެ ޝަރީއަތް ވީހާ އަވަހަކަށް ނިމެން ބޭނުން ކަމަށާއި ހެކި ބަސް ދިނުމަށް ފްލައިޓެއް ކުއްޔަށް ހިފައިގެން ފުލުހުން އައްޑު އަށް ފޮނުވަން ވެސް ތައްޔާރު ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އައްޑޫން އަތުލައިގަތް 79 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް، ދިހަ ދައުވާއެއް ކުރަން ހިތަދޫ ކޯޓަށް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް މިރޭ ވަނީ ވިދާޅުވެފަ އެވެ. ޑްރަގުގެ މި ބޮޑު ނެޓްވޯކު އަތުލައިގަތުމުގައި ހެކިންނަށް ތިބީ ފުލުހުން ކަމަށާއި އެ މީހުންގެ މައްޗަށް ކޯޓުން އަވަސް ޝަރީއަތެއް ހިންގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.
ޕީޖީގެ ވާހަކައަށް އިޝާރާތް ކުރައްވައި، "މިހާރު"އާ ވާހަކަ ދައްކަވަމުން ކޮމިޝަނަރު ވިދާޅުވި ގޮތުގައި މިއީ ފުލުހުން ވަރަށް ގިނަ މަސައްކަތުން އަދި ގިނަ ދުވަސްތަކެއް ވާންދެން ހިންގި އޮޕަރޭޝަނެކެވެ. އެހެންވެ، ކުށް ކުރި މީހުންނަށް އަދަބު ދިނުމަށް، ކޯޓު މަރުހަލާގައި ވެސް ފުލުހުންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޝަރީއަތް އޮންނަ ދުވަހު ހެކި ބަސް ދިނުމަށް، ފްލައިޓެއް ހިފައިގެން ނަމަވެސް އަޅުގަނޑުމެން ފުލުހުން ފޮނުވަން މި ތިބީ ތައްޔާރަށް، ހަމީދު ވިދާޅުވި އެވެ.
"ހެކި ދޭ ފުލުހުން ޝަރީއަތް ނިމެންދެން އައްޑުގައި ބައިތިއްބަން ވެސް އަޅުގަނޑު ތައްޔާރު. ޕީޖީގެ ވިސްނުން ހުރީ އަވަހަށް ކުރިއަށް ގެންދިއުން. ފުލުހުން އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ."
ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު -- ފައިލް ފޮޓޯ
ޖުމްލަ 14 މީހުން ހައްޔަރު ކުރި މި އޮޕަރޭޝަނުގައި، އަށް މީހަކު ވަނީ ދޫކޮށްލައިފަ އެވެ. ޝަމީމް މިރޭ ވިދާޅުވީ ދެކުނަށް ނިސްބަތްވާ މި ޑްރަގު ނެޓުވޯކުގެ މައްސަލަ ތަހުގީގު ކުރީ ފުލުހުންގެ ޑްރަގް ޔުނިޓްގެ މީހުން ކަމަށާއި އެ މީހުންގެ މަސައްކަތް ފުރިހަމަކޮށްފި ކަމަށެވެ.
"ދެން އޮތީ ރަނގަޅު ކޭހެއް ކޯޓުގައި ހުށަހެޅުން. އެކަމަށް ވެސް އަޅުގަނޑުމެން އެންމެން ތައްޔާރު،" ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެ އެވެ.
މި ޑްރަގް ނެޓުވޯކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ސ. ހިތަދޫ ފިނިފަރު އަބްދުﷲ އިބްރާހިމް، 33، އެވެ. ކުށުގެ ރެކޯޑު އޮންނަ މި މީހާ، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައެއްގައި މިދިޔަ އަހަރު ވެސް ހައްޔަރުކޮށްފައި ވެ އެވެ.
ހަތަރު ދުވަސްމަތިން ހިންގި މި އޮޕަރޭޝަނުގައި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޔުނިޓާއި މެރީން ޕޮލިސް އަދި ދެކުނު ޕޮލިސް ޑިވިޝަން ބައިވެރި ވެފައި ވެ އެވެ.
ފުލުހުން އަރުޝަދު ދޫކޮށްލި މައްސަލަ ބަލަން އަންގައިފި
ގޭންގް ނުރައްކާ: ބިރުން ފިތްކަނޑައިގެންދާ މަންޒަރު!
ގޭންގުތަކާ ދެކޮޅަށް ހާއްސަ ޓީމެއް އެކުލަވާލަނީ
"ޑްރަގް އަތުލައިގަތް ފުލުހުންނަށް އިނާމް ހައްގު"
149 ކިލޯ ޑްރަގް މައްސަލަ: "ގޯސް ހެދީ ފުލުހުން"
ދެ ސޫޓްކޭހާއި ދެ ގޯނީގައި 71 ކިލޯގެ ޑްރަގްސް!
ގަމު މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި
މިހާތަނަށް 100 ވަރަކަށް ކިލޯ ޑްރަގްސް ފެނިއްޖެ
އޭޖީގެ ލަފަޔާ މެދު ސީޕީ އަށް ސުވާލެއް ނުކުރެވޭނެ
"ހަނގުރާމަވެރިންގެ ރިހެބިލިޓޭޝަނަށް މަސައްކަތްކުރަން"