ރާއްޖެ އަށް ކަނޑުމަގުން އެތެރެކުރި މަސްތުވާތަކެތި އަތުލައިގަންނަން މީގެ ހަފުތާއެއްކުރިން ފެށި އޮޕަރޭޝަންގައި މިއަދު 71 ކިލޯގެ ޑްރަގްސް އަތުލައިގަނެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރާއްޖެ އަށް ކަނޑުމަގުން އެތެރެކުރި މަސްތުވާތަކެތި އަތުލައިގަންނަން މީގެ ހަފުތާއެއްކުރިން ފެށި އޮޕަރޭޝަންގައި މިއަދު 71 ކިލޯގެ ޑްރަގްސް އަތުލައިގަނެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އޮޕަރޭޝަންގައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ އިތުރުން މެރިން ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މަސްތުވާތަކެތި އަތުލައިގަތީ ކާރެއްގެ ޑިކީ ތެރެއިންނެވެ.
ފުލުހުން ބުނިގޮތުގައި މަސްތުވާތަކެތި ހުރީ ދެ ސޫޓްކޭހާއި ދެ ގޯނީގަ އެވެ. ސޫޓް ކޭސްތަކުން ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، ކާރުތެެރެއިން އަތުލައިގަތް މަސްތުވާތަކެތި އަޅާފައި ހުރީ ގޯންޏަށެވެ. މިތަކެތި ހިފައިގެން ދަތުރުކުރި ކާރު ފަރީދީ މަގުން ހުއްޓުވައި ގިނައިރުތަކެއް ވަންދެން ފާސްކޮށް، ފޮރެންސިކް ތަހުލީލްތައް ކުރިއަށް ގެންދިޔަ އެވެ.
A block of Fareedhee Magu has been closed off to search and conduct forensics on a car which we suspect to contain huge amount of smuggled narcotic drugs. DED, Drug Intelligence & Marine Police have been operating on the sea and land for more than a week to disrupt this -
— Mohamed Hameed (@M_Hameedh) December 8, 2020
އެނގިފައިވާ ގޮތުގައި މީގެ ހަފުތާއެއްހާ ދުވަސްކުރިން ފުލުހުން ކަނޑުމަތިން ފާރަލަމުން އައި މި މަސްތުވާތަކެތި މާލެ އަށް ބާލައި ކާރަށް އަރުވާފައި ދުއްވަން ފެށިތަނުން އެ ކާރު ފުލުހުން ހުއްޓުވީ މިއަދު މެންދުރެއްހާ އިރެވެ.
މިއީ، މާލެ އިން އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދުގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭނެ މައްސަލައެކެވެ. މީގެ ކުރިން ފުލުހުން ވަނީ 100 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފަ އެވެ.
ފްލައިޓެއް ހިފައިގެން ގޮސް ވެސް ހެކި ދޭން ތައްޔާރު
"ގެއްލުނު" މީހަކު ޑްރަގާ އެކު ހައްޔަރު
14 ތަނެއް ބަންދުކުރިޔަސް އިތުރު ހަ "ޑްރަގް ކެފޭ"!
ބޯޓުގައި ޑްރަގްއެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ފުވައްމުލަކު ޑްރަގް ނެޓްވޯކް: ދެ މީހުންނަށް ދައުވާ
ޑްރަގް އެތެރެކުރި ބަންގުލަދޭޝްގެ ދެ މީހަކު ބަންދުކޮށްފި
ޑްރަގާ އެކު ތިން މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި
ޑްރަގް މައްސަލައެއްގައި ހަނިމާދޫން ދެމައިން ހައްޔަރަށް
ފުވައްމުލަކު ޑްރަގު ނެޓްވޯކް އެއްކޮށްހެން ނައްތާލައިފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި