މަސްތުވާތަކެތި ވިއްކައިގެން ލިބުނު ކަމަށް ބެލެވޭ ދެލައްކަ އަށް ވުރެ ގިނަ ރުފިޔާއާ އެކު، ވިލިމާލެ އިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
12 މާޗް 2025
މަސްތުވާތަކެތި ވިއްކައިގެން ލިބުނު ކަމަށް ބެލެވޭ ދެލައްކަ އަށް ވުރެ ގިނަ ރުފިޔާއާ އެކު، ވިލިމާލެ އިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ތ. ގާދިއްފުށީ، ކެނެރީގޭ އިބްރާހިމް އިމާދު، 30، އާއި މ. ވިންޑްސްޓާ 1. މުހައްމަދު ސިމްރާހު، 43 އަދި ގދ. ރަތަފަންދޫ، ޒަމާނީއާގޭ ސަލާހު ޝިހާބު، 45 ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނުނެވެ. އެ ތަކެތީގެ ބަރުދަނުގައި 57.78 ގްރާމު ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241،000 އަށް ވުރެ ގިނަ ރުފިޔާ ވެސް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސިމްރާހާއި ސަލާހުގެ ބަންދަށް 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އިމާދު ވަނީ ކޯޓުން ދޫކޮށްލާފައިވާ ކަމަށާއި އެހެންކަމުން، އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފުލުހުން ފޮނުވާފައިވާ ކަމަށް ވެސް ބުންޏެެވެ.
"ގެއްލުނު" މީހަކު ޑްރަގާ އެކު ހައްޔަރު
14 ތަނެއް ބަންދުކުރިޔަސް އިތުރު ހަ "ޑްރަގް ކެފޭ"!
ބޯޓުގައި ޑްރަގްއެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ފުވައްމުލަކު ޑްރަގް ނެޓްވޯކް: ދެ މީހުންނަށް ދައުވާ
ޑްރަގް އެތެރެކުރި ބަންގުލަދޭޝްގެ ދެ މީހަކު ބަންދުކޮށްފި
ޑްރަގް މައްސަލައެއްގައި ހަނިމާދޫން ދެމައިން ހައްޔަރަށް
ފުވައްމުލަކު ޑްރަގު ނެޓްވޯކް އެއްކޮށްހެން ނައްތާލައިފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ފުވައްމުލަކަށް ޑްރަގް އެތެރެކުރަންއުޅުނު މީހަކު ހައްޔަރު
ޖޫރިމަނާހޯދުމުގެ ނިޒާމެއް ޑްރަގް ޑީލަރުންނަށް ނުހިނގާ!