Roadha Mihaaru

ގެއްލިގެން ހޯދަން އިއުލާނު ކުރި މީހަކު ޑްރަގް އެތެރެކުރަނިކޮށް ހައްޔަރުކޮށްފި

ގެއްލިގެން ހޯދަން އިއުލާނު ކުރި މީހަކު ޑްރަގް އެތެރެކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

"ގެއްލުނު" މީހަކު ޑްރަގާ އެކު ހައްޔަރު
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

30 މާޗް 2025

ގެއްލިގެން ހޯދަން އިއުލާނު ކުރި މީހަކު ޑްރަގް އެތެރެކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ނ. މަނަދޫ، އުމުރުން 37 އަހަރުގެ އަބްދުﷲ ޝިހާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އިއްޔެ ވަނީ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފަ އެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެ ކުރުމާއި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގަ އެވެ.

އޭނާ ހައްޔަރުކުރީ ރާއްޖޭން ބޭރުން އައުމާ އެކު ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.

މިމަހުގެ 11 ގައި ފުލުހުން ވަނީ ޝިހާދު ގެއްލިގެން ހޯދަން ސޯޝަލް މީޑިއާގައި ވެސް އިއުލާނުކޮށްފަ އެވެ. ފުލުހުން އޭނާ ހޯދަން އޭރު އިއުލާނުކުރީ، އާއިލާއަށް އޭނާގެ ހަބަރެއް ނުވާތީ، ފުލުހުންނަށް އެކަން ރިޕޯޓު ކުރުމުންނެވެ.

އާއިލާއާ ހަވާލާދީ އޭރު ފުލުހުން ބުނީ، އޭނާއަކީ މާލޭގައި ދިރިއުޅޭ މީހެއް ކަމަށާއި އެކަމަކު އޭނާގެ ފޯނަށް ވެސް ނުގުޅޭ ކަމަށެވެ.