އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގި ގެ ކަމަށްވާ ހ. ފެންޓެނޯއީގެ އަށް ނޫސްވެރިން ވަންނަން ހުއްދަ ނުދިން ކަމަށް ފުލުހުން ކުރި ބުނި ނަމަވެސް، އެ ގޭގެ ވެރިފަރާތުން އެ ވާހަކަ ދޮގުކޮށްފި އެވެ.
24 އެޕްރީލް 2025
އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގި ގެ ކަމަށްވާ ހ. ފެންޓެނޯއީގެ އަށް ނޫސްވެރިން ވަންނަން ހުއްދަ ނުދިން ކަމަށް ފުލުހުން ކުރި ބުނި ނަމަވެސް، އެ ގޭގެ ވެރިފަރާތުން އެ ވާހަކަ ދޮގުކޮށްފި އެވެ.
އެ ގޭގެ ވެރިފަރާތުން "މިހާރު" އަށް ބުނީ ނޫސްވެރިން އެ ގެއަށް ވަނުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ފުލުހުން އޭނާއާ އެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ. އެ ގެއަށް ނޫސްވެރިން ވަނުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.
މިހާރު ވެސް އެ ގޭގައި ބައެއް މީޑިއާތަކުން މީހުން ގޮސް އެބަތިބި ކަމަށް އޭނާ ބުންޏެވެ.
އޭގެ ފަހުން ފުލުހުން މީޑިއާގައި މީގެ އިރުކޮޅެއް ކުރިން ބުނީ، "ހާދިސާ ހިނގި ގެއަށް މީޑިއާ ވަނުމުގެ ފުރުސަތު ދޭނެ ކަމަށް ގޭގެ ވެރިފަރާތުން ފުލުހުންނަށް މިހާރު ވަނީ އަންގާފައި" ކަމަށެވެ. އަދި އެ ގެއަށް ވަންނަން ބޭނުންވާ ނޫސްވެރިން ނަން ނޯޓުކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
"އެ ގެއަށް ވަންނަން ބޭނުންވާ މީޑިއާތަކުން، ނޫސްވެރިޔާގެ މައުލޫމާތު އިނގޭނެހެން ނޯޓު ކުރެއްވުމަށް ދަންނަވަމެވެ،" ފުލުހުން ފަހުން ފޮނުވި މެސެޖުގައި ބުންޏެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، އެ އަންހެން މީހާ ވެއްޓުނީ އެ ގޭގެ 9 ވަނަ ފުލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓުންނެވެ.
އިމާރާތުން ވެއްޓުނު އަންހެން މީހާ، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދާއި އޭނާއާ އެކު އުޅުނު ފިރިހެން މީހާ ކަމަށްވާ 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ފެންޓެނޯއީގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.
މި މައްސަލާގައި މއ. މާންދޫގޭ ދެކުނުގެ ޓެރަސް އާއި ދެވަނަ އަދި ހަތަރުވަނަ ފްލޯގެ އިތުރުން ގ. ކަށިވެލިގެ ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ވިދާޅުވި ގޮތުގައި، ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ފޮރެންސިކް ސާމްޕަލްތައް ނަގައި، އެހެން މީހެއްގެ ބައިވެރިވުމެއް އޮތްތޯ ވެސް ބަލާނެ އެވެ. އަދި ފެންލައިޓުން ވެއްޓުނު ކަމާ މެދު އުފައްދާ ސުވާލުތަކާ އެކު، ތަހުގީގުގައި އެކަން ވެސް އިތުރަށް ކަށަވަރުކުރަން ސީން ރިކޮންސްޓްރަކްޓްކޮށްގެން ވެސް ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
އަންހެންމީހާ ވެއްޓުނު ގެއަށް ވަންނަން ހުއްދަ ނުދިން
ފުލުހުންގެ ޑްރަގް އޮޕަރޭޝަން މެދުކަނޑާލައިފި
64 މިލިއަން ދައުރުކުރި ގޮތް ބަލައި ޕީޖީއަށް ފޮނުވަނީ
"ޔުމްނުއާ އެކު އުޅުނު އަންހެނަކު ބޭރަށް ފުރާފައިނުވޭ"
ޔުމްނުއާއެކު އުޅުނު މީހުންގެ ވަނަވަރު އާއްމުކޮށްފި
މަސްތުގައި ހުރެ ވެއްޓުނީ އަމިއްލަ އަށް: ޕޮލިސް
ކުޅުދުއްފުއްޓަށް ޑްރަގު ގެންދިޔަ މީހަކު އުމުރަށް ޖަލަށް
"ގެއްލުނު" މީހަކު ޑްރަގާ އެކު ހައްޔަރު
14 ތަނެއް ބަންދުކުރިޔަސް އިތުރު ހަ "ޑްރަގް ކެފޭ"!
ބޯޓުގައި ޑްރަގްއެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި