Roadha Mihaaru

ޔުމްނުއާއެކު އުޅުނު މީހުންގެ ވަނަވަރު އާއްމުކޮށްފި

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދާއެކު އެ ރޭ އުޅުނު މީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

ޔުމްނުއާއެކު އުޅުނު މީހުންގެ ވަނަވަރު އާއްމުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

24 އެޕްރީލް 2025

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދާއެކު އެ ރޭ އުޅުނު މީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

އިސްކަންދަރުކޮށީގައި މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ވަނީ، ގ. ރަނައުރާގެއާގެ، ޔުމްނު، 21 އާއެކު، މއ. މާންދޫގޭދެކުނު ގޭގައި އެއްކޮށް އުޅުނު ނުވަ މީހުންގެ ނަމާއި ފޮޓޯ އަދި އެޑްރެސް އާއްމުކޮށްފަ އެވެ. އެ މީހުންނަކީ؛

- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ

- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް

- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ

- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ

- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު

- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު

- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި

- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް

އެ މައްސަލަ ފެންމަތިވީ ހ. ފެންޓޯނިއާގޭގެ ގޭގެ ނުވަ ފްލޯ އިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުމުންނެވެ. އެއްބަޔަކު ތުހުމަތުކުރަމުން ދިޔައީ ޔުމްނު ވައްޓާލީ ކަމަށެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އޭނާ ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރަން ފަށައި، މިހާތަނަށް ޔުމްނު އާދި ރައުދު ވަނީ ޑްރަގްސް އަށް ޓެސްޓުކޮށްފަ އެވެ. އެ ދެ މީހުން ވެސް ޑްރަގްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

މާންދޫގޭދެކުނު ގެއިން ނުކުމެގެން އެ މީހުން ދެން ވަނީ ކަށިވެލި ގެއަށެވެ. އޭގެ ތެރެއިން، ޔުމްނު ވެއްޓުނު ފެންޓޯނިއާގެއަށް ވަންނަނީ ރައުދުއާ ދެ މީހުންނެވެ.

ޔުމްނު ވެއްޓުނު ރޭ، އޭނާއާއެކު އުޅުނު މީހުން.

ޔުމްނު ވެއްޓުނު ރޭ، އޭނާއާއެކު އުޅުނު މީހުން.

ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ދެ މީހެއްގެ ކުށުގެ ރިކޯޑު އެބައޮތެވެ. ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުން މިއަދު ވަކިކުރި އިޒްދިޔާން ވަނީ 2015-2017 އާ ހަމައަށް މަސްތުވާތަކެތީގެ މައްސަލަ އޮތެވެ. އަދި ޔޫސުފް އަހުމަދު އަކްރަމް ވެސް 2017 ވަނަ އަހަރު ހަމަނުޖެހުން ހިންގަފާނެ ކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކޮށްފައިވެ އެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ އެ މީހުން އެރޭ ވަދެފައިވާ ގެތައް ފާސްކުރަން ކޯޓު އަމުރު މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެ މީހުން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރޭ އެއްކޮށް އުޅުނު އެންމެންގެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.