އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދާ އެކު، އެ ރޭ އުޅުނު މީހުންގެ ތެރެއިން އަންހެނަކު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނާ ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
25 އެޕްރީލް 2025
އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދާ އެކު، އެ ރޭ އުޅުނު މީހުންގެ ތެރެއިން އަންހެނަކު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނާ ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފްލޯ އިން ޔުމްނު ވެއްޓުނީ ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށެވެ. އެ ގެއަށް ވަނުމުގެ ކުރިން ޔުމްނު ހިމެނޭ ގޮތަށް ނުވަ މީހަކު ވަނީ މއ. މާންދޫގޭދެކުނު ގޭގައި އެއްކޮށް އުޅެފަ އެވެ.
އެ ނުވަ މީހުންގެ ނަމާއި ފޮޓޯ އަދި އެޑްރެސް ފުލުހުން ވަނީ އިއްޔެ އާންމުކޮށްފަ އެވެ.
އެ އެންމެން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓިއިރު އޭގެ ތެރޭގައި ހިމެނޭ ގ. ނޯތުބްރީޒް، އާއިޝަތު ލަޔާލީ އިގުބާލު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަަތަކެއް ފެތުރި އެވެ.
އެކަމަކު، އެ މައްސަލާގައި ފުލުހުން ބުނީ ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާ އަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- ހައްވާ ޔުމްނު ރަޝީދު، ގ. ރަނައުރާގެއާގެ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް
އޭގެ ތެރެއިން މިހާރު ވަނީ ހ. ފެންޓެނޯއީގެއަށް ޔުމްނުއާ އެކު ވަތް ރައުދު ހައްޔަރުކޮށްފަ އެވެ. ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުކޮށްފައިވެ އެވެ.
ރައުދުގެ ބަންދުގެ އަމުރަށް އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައި ވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން މއ. މާންދޫގެ ދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ބަލައިފާސްކޮށްފައިވެ އެވެ.
ޔުމްނު ވެއްޓުނީ ފެންޓެނޯއީގޭގެ 9 ވަނަ ފްލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓުންް ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު، އެ ފެންލައިޓުން އޭނާ ވެއްޓިދާނެ ކަމާ މެދު ސުވާލުތަކެއް އުފެދިފައިވާއިރު، ފުލުހުން އަދިވެސް އަންނަނީ އޭގެ ހަގީގަތް ބަލަމުންނެވެ. ޔުމްނު އާއި ރައުދުގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
64 މިލިއަން ދައުރުކުރި ގޮތް ބަލައި ޕީޖީއަށް ފޮނުވަނީ
"ނޫސްވެރިން ފެންޓެނޯއީގެއަށް ވަންނަން ހުރަހެއް ނެތް"
އަންހެންމީހާ ވެއްޓުނު ގެއަށް ވަންނަން ހުއްދަ ނުދިން
ޔުމްނުއާއެކު އުޅުނު މީހުންގެ ވަނަވަރު އާއްމުކޮށްފި
މަސްތުގައި ހުރެ ވެއްޓުނީ އަމިއްލަ އަށް: ޕޮލިސް
ކުޅުދުއްފުއްޓަށް ޑްރަގު ގެންދިޔަ މީހަކު އުމުރަށް ޖަލަށް
"ގެއްލުނު" މީހަކު ޑްރަގާ އެކު ހައްޔަރު
14 ތަނެއް ބަންދުކުރިޔަސް އިތުރު ހަ "ޑްރަގް ކެފޭ"!
ބޯޓުގައި ޑްރަގްއެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ފުވައްމުލަކު ޑްރަގް ނެޓްވޯކް: ދެ މީހުންނަށް ދައުވާ