މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން ޑްރަގްގެ ވިޔަފާރިކުރަމުން ދިޔަ 14 ތަނެއް މި އަހަރުގެ މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
29 މާޗް 2025
މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން ޑްރަގްގެ ވިޔަފާރިކުރަމުން ދިޔަ 14 ތަނެއް މި އަހަރުގެ މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕީއެސްއެމަށް އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ "ޑްރަގް ކެފޭ" ގެ ގޮތުގައި ހިންގަމުން ދިޔަ 14 ތަނެއް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ކޮށްފައިވާ ކަމަށެވެ.
އެކަމަކު، އޭނާ ވިދާޅުވީ މާލޭގައި މިފަދަ އިތުރު ހަ ތަނެއް އަދިވެސް އޮޕަރޭޓްވަމުންދާ ކަމަށާއި އެ ތަންތަން ބަންދުކު ރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
ނާއިފް ވިދާޅުވީ މިހާތަނަށް މާލެއިން 60 އަށް ވުރެ ގިނަ ތަންތަން ފާހަގަކުރެވުނަސް ބަންދު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ ތަންތަން ބަހަންޖެހޭ އާއިލާގެ މީހުން ގިނަވުމާއި އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުމާއި ގިނަ ބަޔަކާ އެކު އެއްބަސްވުން ހަދާފައި ވުމާއި ފިޔަވަޅު އަޅަންޖެހޭ މީހުން ދެނެގަތުމުގައި ހުރި ދަތިތައް ހިމެނޭ ކަމަށް ނާއިފް ވިދާޅުވި އެވެ.
އެފަދަ ތަންތަން ބަންދުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ އޭނާ ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން ހުރި ހުރަސްތަކެވެ. ނާއިފް ވިދާޅުވީ މިކަން ހައްލުކުރުމަށްޓަކައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ އިސްލާހުތަކުގެ ތެރޭގައި، މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް ހަމަޖެއްސުމާއި ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކުރެވޭނެ ގޮތް ހެދުން ހިމެނެ އެވެ.
މިދިޔަ އަހަރު ވެސް ފުލުހުން ވަނީ "ޑްރަގް ކެފޭ" ގެ ގޮތުގައި ހިންގާ 40 އަށް ވުރެ ގިނަ ތަންތަން ބަންދު ކޮށްފަ އެވެ. އޭރު ފުލުހުން ބުނެފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 142 ބިދޭސީން ޑިޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކުޅުދުއްފުއްޓަށް ޑްރަގު ގެންދިޔަ މީހަކު އުމުރަށް ޖަލަށް
"ގެއްލުނު" މީހަކު ޑްރަގާ އެކު ހައްޔަރު
ބޯޓުގައި ޑްރަގްއެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ފުވައްމުލަކު ޑްރަގް ނެޓްވޯކް: ދެ މީހުންނަށް ދައުވާ
ޑްރަގް އެތެރެކުރި ބަންގުލަދޭޝްގެ ދެ މީހަކު ބަންދުކޮށްފި
ޑްރަގާ އެކު ތިން މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި
ޑްރަގް މައްސަލައެއްގައި ހަނިމާދޫން ދެމައިން ހައްޔަރަށް
ފުވައްމުލަކު ޑްރަގު ނެޓްވޯކް އެއްކޮށްހެން ނައްތާލައިފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ފުވައްމުލަކަށް ޑްރަގް އެތެރެކުރަންއުޅުނު މީހަކު ހައްޔަރު