Roadha Mihaaru

ފުވައްމުލަކަށް އެތެރެކުރި ޑްރަގާއެކު އަންހެނަކު ހައްޔަރުކޮށްފި

ކަނޑުމަގުން ފުވައްމުލަކަށް އެތެރެކުރި ޑްރަގް ފޮށިގަނޑެއް އަތުލައިގަނެ، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުވައްމުލަކަށް ޑްރަގް އެތެރެކުރަންއުޅުނު މީހަކު ހައްޔަރު

ކަނޑުމަގުން ފުވައްމުލަކަށް އެތެރެކުރި ޑްރަގް ފޮށިގަނޑެއް އަތުލައިގަނެ، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ޑްރަގް ހޯދާފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަންގެ ތެރެއިން، އެ ރަށަށް ދިޔަ ކަނޑު ބޯޓެއްގައި ގެންދިޔަ ފޮށިގަނޑެއް ބަލާ ފާސްކުރިއިރު، އޭގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުވާ އެއްޗެއް ހުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ 40 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އެކި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު ފުލުހުން އާންމުކުރި ނަމަވެސް މިހާތަނަށް މި މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު އާންމު ކޮށްފައެއް ނުވެ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.