31 އޮކްޓޯބަރ 2016
ގާނޫނަށް ބޯނުލެނބުމުގެ އޮއިވަރެއް އެއްވެސް މަގްސަދެއްގައި ދިވެހި މުޖްތަމައުގައި ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުން މިރޭ ދީފި އެވެ.
ގާނޫނަށް ބޯނުލެނބުމުގެ އޮއިވަރެއް އެއްވެސް މަގްސަދެއްގައި ދިވެހި މުޖްތަމައުގައި ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުން މިރޭ ދީފި އެވެ.
އެ ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަކި މަގްސަދުތަކެއް ހާސިލް ކުރުމަށް، ކޯޓުތަކުގެ ހުކުމްތައް އަމިއްލަ އަށް މާނަކުރަމުންދާ ކަމަށާއި މިއީ ގާނޫނީ ވެރިކަން ނެގެހެއްޓުމަށް ހުރަސްތައް ކުރިމަތިވާ ކަމެއް ކަމަށެވެ. އަދި ކޯޓުތަކުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަށް ވާހަކަ ދައްކާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ ވާހަކަ ދައްކާ ގާނޫނީ ވަކީލުންގެ ވަކާލާތު ކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާތިލްކުރާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ މުޖުތަމައުގެ އެކި ފަރުދުންގެ މެދުގަޔާއި ފަރުދުންނާއި ދައުލަތާ ދެމެދުގައި އުފެދޭ ދެބަސްވުންތައް ހައްލުކޮށްދީ ގާނޫނުގައި ކަން އޮތް ގޮތް ބަޔާން ކޮށްދެނީ ގާނޫނުއަސާސީގައިވާ ގޮތުން ކޯޓުތަކުން ކަމަށެވެ. ކޯޓުތަކުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އަަމަލު ކުރަން އޮންނަ ގޮތަކީ މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފް ކުރުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް މި އުސޫލާ ހިލާފަށް، ކޯޓުތަކުގެ ނިންމުން އިސްތިއުނާފް ނުކޮށް ނުވަތަ އިސްތިއުނާފްގެ މަރުހަލާތައް ނިމިފައި ވަނިކޮށް، އޭގައި އޮޅުން ނާރާ ފަދަ ސާފު ބަހުން ބުނެފައިވާ ކަންތައްތައް، ބައެއް ކަހަލަ މަގްސަދުތައް ހާސިލްކުރަން އޮޅުވާލައިގެންނާއި ޝަރުއީ އަދި ގާނޫނީ އުސޫލްތަކާ ކަނޑައެޅިގެން ހިލާފަށް މާނަ ކުރަމުންދާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
"މިކަމަކީ ދިވެހި މުޖުތަމައުގެ އަމަންއަމާން ކަމާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސްތަކެއް ކުރިމަތިކުރުވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުން ބުނި ގޮތުގައި އެ ކޯޓަކީ ގާނޫނުއަސާސީގެ ބެލެނިވެރި ފަރާތަށް ވެފައި ރާއްޖޭގައި ގާނޫނީ ހުކުމް ނެގެހެއްޓުމަކީ އެ ތަނުގެ މަސްއޫލިއްޔަތެކެވެ. ގައުމު އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި ރައްޔިތުންގެ ސަލާމަތްތެރިކަމާއި ދިމިގްރާތީ ވެށި ހިމާޔަތް ކުރުމަށްޓަކައި، ގާނޫނަށް ބޯނުލެނބުމުގެ އޮއިވަރެއް އެއްވެސް މަގްސަދަކަށް ފަތުރާ ކޮންމެ މީހަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނި ގޮތުގައި ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގެ ދަށުން އަޅަމުން ގެންދާނެ އެވެ.
ސުޕްރީމް ކޯޓުން ބަޔާން ނެރެފައި މިވަނީ، ޕީޕީއެމް ރައީސްގެ ޒިންމާތައް އެ ޕާޓީގެ މުސްތަޝާރާ ހަވާލުކުރަން ދަށު ކޯޓުތަކުން ކުރި ހުކުމާއި ސިޔާސީ ފަރާތްތަކާ މެދު ކޯޓުތަކުން ޝަރީއަތް ކުރިއަށް ގެންދާ ގޮތާ މެދު ވަކީލުން ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވަނިކޮށެވެ.
ދައުލަތުން އެދެނީ ބަދަލު ނަގައިދޭވަރު ލިމިޓްކުރަން
ކޯޓުތައް ވެސް މާދަމާ އިން ފެށިގެން ހުޅުވާނެ
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން
ޑީޑީ ސަސްޕެންޑް ކުރި އިރު އަނބިކަނބަލުން ވަޒީފާގައި!
ގޯސްތަކެއް ހަދާ ނަމަ ވަކީލުން ތެދުވަން ޖެހޭ: މުއިއްޒު
ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް މީހަކު ހޯދަނީ
ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލެވިގެން ނުވާނެ
ރައީސް ޔާމީންގެ ޝަރުތު ވަނީ އުނިވެފައި:ވަކީލުން
54 ވަކީލުންގެ ހައްގުގައި އިތުރު ވަކީލުންތަކެއް
ފިޔަވަޅު އެޅީ ކީއްވެ ކަމެއް ނޭނގެ: އަލީ ހުސެއިން