ގާނޫނާ ހިލާފަށް ދައުލަތުގެ ވަޒީފާތަކުން ވަކިކޮށްފައިވާ މީހުންނަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ނަގައިދެވެނީ އެެއް އަހަރު ދުވަހަށްވާ މުސާރަ އާއި އިނާޔަތްތައް ކަމަށް ކަނޑައަޅަން ސުޕްރީމްކޯޓްގައި ދައުލަތުން ވަކާލާތު ކުރުމުން ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
30 ސެޕްޓެމްބަރ 2020
ގާނޫނާ ހިލާފަށް ދައުލަތުގެ ވަޒީފާތަކުން ވަކިކޮށްފައިވާ މީހުންނަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ނަގައިދެވެނީ އެެއް އަހަރު ދުވަހަށްވާ މުސާރަ އާއި އިނާޔަތްތައް ކަމަށް ކަނޑައަޅަން ސުޕްރީމްކޯޓްގައި ދައުލަތުން ވަކާލާތު ކުރުމުން ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ބަދަލުދޭން އެންމެ އެކަށީގެންވާ މުއްދަތަކީ އެއް އަހަރު ދުވަސްކަމަށް ދައުލަތުން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސިފައިންގެއިން ވަކިކޮށްފައިވާ މީހެއް ކަމަށްވާ އަލީ ވަހީދުގެ ވަޒީފާ އިއާދަކޮށް ބަދަލުދޭން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް، ހައި ކޯޓުން ބާތިލުކުރުމުން ސުޕްރީމްކޯޓްގައި އިސްތިއުނާފްކުރުމުން މިހާރު ބަލަމުން އަންނަ މައްސަލައިގަ އެވެ. އަޑުއެހުންތައް މިހާރު ނިމިފައިވާ އެ މައްސަލައިގައި އަލީ ވަހީދުގެ ފަރާތުން އެދިފައި ވަނީ ސިވިލް ކޯޓުން ނިންމާފައިވާ ގޮތަށް، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އިއާދަކުރުމާ ހަމައަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ނަގައިދިނުމަށެވެ.
މިދިޔަ ބުދަދުވަހު އޮތް ޝަރީއަތުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ މައްސަަލަ އިސްތިއުނާފްކުރި އަލީ ވަހީދު ވަޒީފާ އިން ވަކިކޮށްފައި ވަނީ އިސްލާހުވުމުގެ ފުރުސަތު ނުދީ ވަޒީފާ އިން ވަކިކުރަން ޖެހޭ ފަދަ މައްސަލައެއްގައި ނޫން ކަމަށެވެ. އެކަމަކު އޭނާ އަށް ބަދަލުގެ ގޮތުގައި މުސާރަ އާއި އިނާޔަތުގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަށްވާ ފައިސާ ދިނުމަކީ އަދުލުވެރި ގޮތެއް ކަމަށް ކަނޑައަޅައިދޭން ދައުލަތުގެ ވަކީލުން އެދިވަޑައިގަތެވެ.
ވަޒީފާ ގެއްލުނު އެހެން މީހަކު ހުށަހެޅި މައްސަލައެއްގައި ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އެެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނާ ޚިލާފަށް ވަޒީފާ އިން ވަކިކޮށްފައިވާ މީހަކަށް ބަދަލުގެ ގޮތުގައި ދޭނީ އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ކަމަށް ކަނޑައަޅަން ދައުލަތުން އެދެނީ ގާނޫނީ އެއްވެސް އަސާސެއް ނެތި ކަމަށެވެ. ދައުލަތުން އެގޮތަށް އެދުނު އިރު ސެޓުލްމެންޓް ކޮމިޓީން މީހުންނަށް މިލިއަނުން ބަދަލުދޭ ކަމަށް ވިދާޅުވެ، މި މައްސަލައިގައި ތަފާތު ގޮތަކަށް އަމަލުކުރަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ސުނާނާގެ ޓްވީޓް ރިޓްވީޓްކުރައްވަމުން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި އެކި މީހުންނަށް ބަދަލުގެ ގޮތުގައި އެތައް މިލިޔަން ރުފިޔާއެއް ދީފައިވާ ކަމަށެވެ. އެގޮތުން "ވައްކަމުގެ ތުހުމަަތަށް ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހަކަށް ވެސް ބަދަލުދީފައިވާ ކަމަށް ހަނދާންވާ ކަަމަށް" އޭނާ ވިދާޅުވި އެވެ.
During the first couple of months when this government came to power, millions were paid as compensation to some people. I remember a case where a guy whose job was terminated in 2013 for allegations of theft was compensated 2.8m as salaries and allowances (equivalent to 5 years) https://t.co/S3VCTo6vTz
— Ahmed Usham (@a_usham) September 29, 2020
ސުނާނާ "މިހާރު" އަށް ވިދާޅުވީ ދައުލަތުން އެތައް ބަޔަކަށް ބޮޑެތި ބަދަލުދިނުމަށް ފަހު އާދައިގެ މީހުންނަށް ބަދަލުދޭން ޖެހުމުން މިގޮތަށް ކަންތައް ކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ. މީގެ ކުރިން ބަދަލުދިން ގިނަ މައްސަލަތަކުގައި ބަދަލު ދީފައި ވަނީ ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން އިއާދަކުރުމާ ހަމައަށް ކަމަށް ވީއިރު ވަކި ބަޔަކާ މެދު މިހެން ކަންތައް ކުރުމަކީ ހިތާމަހުރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކީއްވެހޭ ނިކަމެތި މީހުންނަށް ބަދަލުދޭން ވުމުން އެއް އަހަރު ދުވަހަށް ލިމިޓްކުރަންވީ، އަަޅުގަނޑުމެންގެ ސުވާލަކީ،" އޭނާ ވިދާޅުވި އެވެ.
Ali Waheed vs Attorney General’s Office [2019/SC-A/27] https://t.co/XJ5aryPtM5
— Supreme Court of the Maldives (@SCMaldives) September 23, 2020
ސުޕްރީމް ކޯޓުގެ ޝަރީއަތް
ބަދަލުގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތް ދޭން ދައުލަތުން އެދުމުން ސުޕްރީމް ކޯޓުގެ ބެންޗުންް ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އެކަމާ ސުވާލު ކުރެއްވި އެވެ. ސުއޫދު ތަކުރާރުކޮށް ސުވާލުކުރެއްވީ އެމްއޭސީއެލްގެ ވަޒީފާ އިން ވަކިކުރި މީހަކަށް އެއް އަހަރު ދުވަހުގެ ބަދަލުދޭން ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށް ހުރިހާ މައްސަލައަކަށް އެއްގޮތަކަށް އަމަލުކުރުމަކީ އިންސާފުވެރި ގޮތަކަށް ވާނެތޯ އެވެ.
"އެންމެނަށް އެއް އުސޫލަކުން ކަނޑައެޅީމާ އެއީ އަދުލުވެރި ބަދަލަކަށް ވާނެތޯ؟" ސުއޫދު ސުވާލު ކުރެއްވި އެވެ.
ކުރީގެ ސަރުކާރުތަކުން ވަޒީފާ އިން ވަކިކޮށްފައިވާ ބައެއް އިސް ބޭފުޅުންނަށް ބަދަލު ދިން އިރު އެ ބޭފުޅުންނަށް ބަދަލުގެ ގޮތުގައި ދޭ ފައިސާގެ އަދަދު މަދުކުރަން ސަރުކާރުން މަސައްކަތް ކޮށްފައެއް ނުވެ އެވެ. އެގޮތުން ބަދަލު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ހިމެނިވަޑައިގަންނަވަ އެވެ.
ސިފައިންގޭގައި 32 އަހަރު ހިދުމަތްކޮށްފައިވާ އަލީ ވަހީދުގެ ވަކީލް މުހައްމަދު ގާސިމް ކޯޓުގައި ވިދާޅުވީ ވަޒީފާ އިން ވަކިކޮށް، ބަނޑޭރިކޮށީގައި ދިރިއުޅެމުން ދިޔަ ތަނުން ވެސް އަލީ ވަހީދު ނެރެލުމުން އަލީ ވަހީދު ދަނީ އެކަމުގެ ދަތިތައް ތަހައްމަލުކުރަމުން ކަމަށާއި އަނބިދަރިން އުޅެމުން އަންނަނީ ނުކައި ނުބޮއެ ކަހަލަ ގޮތަކަށް ކަމަށެވެ. އެގޮތުން މާލޭގައި އުޅެވެން ނެތިގެން އަނބިދަރިން ގޮވައިގެން ރަށަށް ބަދަލުވާން ޖެހުނު ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ހާދަ ބޮޑެތި މާލީ ބަދަލުތަކެއް! އެހެން ގޮތެއް ނެތް؟!
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"
ސަރުކާރުން ނަޝީދަށް ރައްދު ދީފި
ގާނޫނު އަސާސީ ބަދަލުކުރަން އީދު ބަންދުގައި ޖަލްސާތަކެއް
އޮންލައިންކޮށް ޝަރީއަތް ބޭއްވުމަކީ ތާރީޚީ ބަދަލެއް:އޭޖީ
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން އެދެނީ
ދީބާޖާގެ ބަދަލާ މެދު ޔައުގޫބުގެ ތުހުމަތު!
"އިސްކަންދޭނީ ޖުޑިޝަރީ އިސްލާހުކުރުން އަވަސްކުރަން"
ސަރުކާރުން ދީބާޖާއާ އެކު މަޝްވަރާ ފަށައިފި