11 އެޕްރީލް 2019
މުޖުތަމައުގައި ގާނޫނީ ގޮތުން އެއްވެސް ބަޔަކު ގޯސްތަކެއް ހަދާ ނަމަ ވަކީލުން އެކަމާ ދެކޮޅަށް ތެދުވަން ޖެހޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުޖުތަމައުގައި ގާނޫނީ ގޮތުން އެއްވެސް ބަޔަކު ގޯސްތަކެއް ހަދާ ނަމަ ވަކީލުން އެކަމާ ދެކޮޅަށް ތެދުވަން ޖެހޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލު ކަމުގެ ހުއްދަ 84 ވަކީލަކަށް ދިނުމަށް ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގާނޫނީ ގޮތުން ރާއްޖޭގައި ހެދި ބައެއް ބޮޑެތި ގޯސްތަކާ މެދު އެއްޗެއް ވިދާޅު ނުވެ ހުންނެވުނީތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. ރާއްޖޭގައި ގާނޫނީ ގޮތުން ބައެއް ގޯސްތައް ހަދާފައި ވަނީ ވަކީލުންގެ ކުރިމަތީގައި ކަމަށާއި އެކަންކަމާ ލަދުވެތިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
" މުޖުތަމައުގައި ގާނޫނީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާ ނަމަ، [ގޯސްތަކެއް] ހަދާ ކަމަށް ގަބޫލުކުރެއްވޭ ނަމަ ވަކީލުންނަށް އެބަ އޮތޭ ދައުރެއް،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެފަދަ ކަންތައްތައް ހިނގާ ނަމަ އެކަންކަމާ ކުރިމަތިލާން ޖެހެ އެވެ. މީގެ ކުރިން ވެސް ވަކީލުން އެ މަގަށް މަސައްކަތް ކޮށްފައިވާ ކަން ފާހަގަކުރައްވައި މިސާލެއްގެ ގޮތުން ދެއްކެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދު ހައްޔަަރު ކުރި މައްސަލަ އެވެ. އަބްދުﷲ ގާޒީގެ ނަން ވިދާޅު ނުވެ އޭނާ ވިދާޅުވީ 2012 ވަނަ އަހަރު ފަނޑިޔާރަކު ހައްޔަރު ކުރުމުން ވަކީލުން ތެދުވި ކަމަށެވެ.
ގާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ގާނޫނީ ގޮތުން ރާއްޖޭގައި މިހާތަނަށް ހަދާފައިވާ ބައެއް ގޯސްތައް އަދި އެކަންކަމާ ބަހެއް ވިދާޅުނުވެވުނީތީ ހިތާމަކުރައްވާ ބައެއް ކަންކަން މުއިއްޒު މިރޭ ވަނީ ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ބެންޗުގައި ފަނޑިޔާރުން ތިއްބަވާ އަދަދު މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި ބަދަލު އެއް ކަމަކަށް ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލޭ ގޮތަށް އެޅި ބައެއް ފިޔަވަޅުތަކުގެ ވާހަކަ ވެސް ދެއްކެވި އެވެ.
ވަކީލުންނަށް ނަސޭހަތް ދެއްވަމުން މުއިއްޒު ވިދާޅުވީ ވަކީލުންގެ އިހުމާލުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ރާއްޖޭގައި މިހާތަނަށް މީހަކު ކޯޓަށް ގޮސްފައި ނުވިޔަސް، އެގޮތަށް ކޯޓަށް ދާ ދުވަސް އޮތީ ދާދި ކައިރީގައި ކަމަށެވެ.
" އެހެންވީމާ ދަންނަވަން މިއުޅޭ ވާހަކައަކީ ވަކީލުން ވެސް މިކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވާން އެބަ ޖެހޭ. ވަކީލުން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ މުވައްކިލުގެ ހައްގުގަގޭ،" އޭނާ ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި 84 ވަކީލަކަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ހުވާ ކުރެއްވި ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި ޝަރަފްވެރި މެހްމާން މުއިއްޒެވެ.
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން
ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް މީހަކު ހޯދަނީ
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާ ގޮތަށް ހަދައިފި
މަތީ ކޯޓުތަކުގެ ނިންމުން "ކަރުދާސްކޮޅަކަށް" ވަނީތަ!
ބޮޑު ބަދަލެއް:މަދަނީ އިޖުރާއަތަށް އަމަލުކުރަން ފަށައިފި
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
އަހަރެއްގެ ތެރޭގައި ސުޕްރީމް ކޯޓުން ބޮޑު ބަދަލެއް
ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަގު ޗާޓެއް ނެރެނީ
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
ރިޓަޔާކުރާ ފަނޑިޔާރުން ތަކްރީމް ކުރާ އުސޫލު ހަދައިފި