Roadha Mihaaru
ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް މީހަކު ހޯދަނީ

ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

18 ޖުލައި 2018

ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ސުޕްރީމް ކޯޓުން މިއަދު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ސުޕްރީމް ކޯޓުން މިއަދު ހުޅުވާލައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ. އެ މަގާމުގެ ޝަރުތަކީ ކަމާ ގުޅޭ ދާއިރާއިން މަތީ ސަނަދެއް އޮތުމާ އެކު ސުޕްރީމް ކޯޓު ނުވަތަ ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރުމުގައި މަދުވެގެން ފަސް އަހަރު ހޭދަ ކޮށްފައިވާ އަދި ފަނޑިޔާރު ކަމުން ރިޓަޔާވެފައިވުން ނުވަތަ ޝަރުއީ އަދި ގާނޫނީ ދާއިރާއިން ތައުލީމް ފޯރުކޮށް ދިނުމުގައި މަދުވެގެން ފަސް އަހަރުގެ ތަޖްރިބާ ހުރުމެވެ.

ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރުގެ މަގާމަކީ ފަސް އަހަރުގެ މުއްދަތަށް އައްޔަން ކުރާ މަގާމެކެވެ. އެކަމަކު މަސައްކަތުގެ ފެންވަރު ވަޒަން ކުރުމަށް ފަހު އެ މީހަކު އިތުރު ދައުރަކަށް އައްޔަން ކުރުމުގެ ބާރު އޮވެ އެވެ. އެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން އުއްތަމަ ފަނޑިޔާރެކެވެ.

އެ މަގާމަށް އައްޔަން ކުރާ ބޭފުޅަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 47،000ރ. ލިބޭނެ އެވެ.

ޖުޑިޝަލް އެކަޑަމީއަކީ ފަނޑިޔާރުންނާއި ވަކީލުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ބޭނުންވާ ކޮންޓިނިއުއިން އެޑިއުކޭޝަންގެ ތަމްރީނު ދިނުމަށް ސުޕްރީމް ކޯޓުން 2015 ގައި އުފެއްދި އެކަޑަމީ އެކެވެ. އެ އެކަޑަމީ ހިނގަމުންދާނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން އަދި އުއްތަމަ ފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ އިސްތިޝާރީ މަޖިލީހެއްގެ ލަފާގެ މަތިންނެވެ.