Roadha Mihaaru
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން

އޮޅުން ބޮޅުން: އެސްއޯއެސް، ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން

18 ޖޫން 2019

ރާއްޖޭގެ ޝަރުއީ ނިޒާމަށް އަވަސް ފަރުވާ ބޭނުމެވެ. މިހެން މި ދަންނަވަނީ އެކަން ކުރަން ޖެހޭނެ ކަމަށް މީހަކު ބުނެގެނެއް ނޫނެވެ. ފެންނަން އޮތް ހަގީގަތަށް ބަލައިފަ އެވެ. ޝަރުޢީ ދާއިރާގައި މަޑުމަޑުން ނިއުޅެމުންދާ މަންޒަރުތަކަށް ބަލައިފަ އެވެ. ހަމައެކަނި ކުޅި ބަލަން މިހާރު ނުތިބެވޭނެ އެވެ. އަޅުގަނޑުމެންނަށް މަންޒަރު ފެންނަ ގޮތް ވެސް ދައްކާލަން ޖެހެ އެވެ. ގޯހެއް އުޅޭ ނަމަ، ގޯސް އުޅެނީ ކިހާ ހިސާބެއްގައި ކަން އަޅުގަނޑުމެންގެ ހޯދުންތަކުންނާއި ދިރާސާތަކުން ދައްކާ ގޮތް ހާމަކުރުމުގެ ފުުރުޞަތު އަތުވެއްޖެ އެވެ. އަޅުގަނޑުމެންގެ ހޯދުންތައް ބައެއް މީހުންނަށް ގަބޫލުނުކުރެވިދާނެ އެވެ. އަޅުގަނޑުމެންގެ ދިރާސާތައް ބަލައި ނުގެނެވިދާނެ އެވެ. ހާއްސަކޮށް ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މީހުންނަށެވެ. އެއީ މައްސަލައެއް ނޫނެވެ. ސަބަބަކީ އަޅުގަނޑުމެން ދައްކަނީ އަޅުގަނޑުމެންގެ ފަޅިން އަޅުގަނޑުމެންނަށް މަންޒަރު ފެންނަން އޮތް ގޮތެވެ. މި ވާހަކަ މި ގޮތަށް އަޅުގަނޑުމެން މި ލިޔަނީ ތިން ބާރު ވަކިކުރިކަން ބަޔާންކޮށްދީފައި އޮތްކަން ހާމަކޮށްފައިވާ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އިން އަޅުގަނޑުމެންނަށް ލިބިދޭ ބާރުގެ ތެރެއިންނެވެ. އެއް ބަޔަކަށް ވަކި ބާރެއް ލިބިދީފައި އަނެއް ބަޔަކަށް ވެސް ހަމަ އެ ޤާނޫނުއަސާސީން އެހެން ބާރެއް ލިބިދޭ ގޮތަށް އޮތުމުން ޤާނޫނުއަސާސީ އަށް އަމަލުކުރެވޭނީ އެއްގޮތަކަށެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމަށް އަވަސް ފަރުވާ ބޭނުމެވެ. މިހެން މި ދަންނަވަނީ އެކަން ކުރަން ޖެހޭނެ ކަމަށް މީހަކު ބުނެގެނެއް ނޫނެވެ. ފެންނަން އޮތް ހަގީގަތަށް ބަލައިފަ އެވެ. ޝަރުޢީ ދާއިރާގައި މަޑުމަޑުން ނިއުޅެމުންދާ މަންޒަރުތަކަށް ބަލައިފަ އެވެ. ހަމައެކަނި ކުޅި ބަލަން މިހާރު ނުތިބެވޭނެ އެވެ. އަޅުގަނޑުމެންނަށް މަންޒަރު ފެންނަ ގޮތް ވެސް ދައްކާލަން ޖެހެ އެވެ. ގޯހެއް އުޅޭ ނަމަ، ގޯސް އުޅެނީ ކިހާ ހިސާބެއްގައި ކަން އަޅުގަނޑުމެންގެ ހޯދުންތަކުންނާއި ދިރާސާތަކުން ދައްކާ ގޮތް ހާމަކުރުމުގެ ފުުރުޞަތު އަތުވެއްޖެ އެވެ. އަޅުގަނޑުމެންގެ ހޯދުންތައް ބައެއް މީހުންނަށް ގަބޫލުނުކުރެވިދާނެ އެވެ. އަޅުގަނޑުމެންގެ ދިރާސާތައް ބަލައި ނުގެނެވިދާނެ އެވެ. ހާއްސަކޮށް ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މީހުންނަށެވެ. އެއީ މައްސަލައެއް ނޫނެވެ. ސަބަބަކީ އަޅުގަނޑުމެން ދައްކަނީ އަޅުގަނޑުމެންގެ ފަޅިން އަޅުގަނޑުމެންނަށް މަންޒަރު ފެންނަން އޮތް ގޮތެވެ. މި ވާހަކަ މި ގޮތަށް އަޅުގަނޑުމެން މި ލިޔަނީ ތިން ބާރު ވަކިކުރިކަން ބަޔާންކޮށްދީފައި އޮތްކަން ހާމަކޮށްފައިވާ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އިން އަޅުގަނޑުމެންނަށް ލިބިދޭ ބާރުގެ ތެރެއިންނެވެ. އެއް ބަޔަކަށް ވަކި ބާރެއް ލިބިދީފައި އަނެއް ބަޔަކަށް ވެސް ހަމަ އެ ޤާނޫނުއަސާސީން އެހެން ބާރެއް ލިބިދޭ ގޮތަށް އޮތުމުން ޤާނޫނުއަސާސީ އަށް އަމަލުކުރެވޭނީ އެއްގޮތަކަށެވެ.

އަޅުގަނޑުމެންނަށް އުފާވެރިކަން ލިބުނު އެންމެ މުހިއްމު އެއް ޚަބަރަކީ ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީސް ހަރަކާތްތެރިވި ޚަބަރެކެވެ. މަސަައްކަތް ފެށި ޚަބަރެވެ. އަދި ޝަރުޢީ ދާއިރާގެ ކަންތައްތައް ބެލުމަށް މަޖިލީހުގައި ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައި އޮތުމެވެ. ކުރިން ޝަރުޢީ ދާއިރާގެ ކަންތައްތައް ބެލުމަށް ހަމަޖެހިފައި އޮތީ އެހެން ބައިވަރު މުއައްސަސާތަކެއްގެ ކަންތައްތައް ވެސް ބެލުމަށް ހަމަޖެހިފައި އޮތް ކޮމިޓީއަކަށެވެ. ގާނޫނު ހަދާ މަޖިލީހަކީ ގާނޫނު ހެދުމުގައި އެންމެ ފަހު ބަސް ބުނާ މަޖިލީހެވެ. އެ މަޖިލީހުން ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ބާރު ގަދަ އެހެން ތަނަކުން ނިންމިއަސް، އެ ނިންމުމަކީ ރަނގަޅު ނިންމުމަކަށް ހެދުމުގެ ބާރު މަޖިލީހަށް ލިބިގެން ވެ އެވެ. މަޖިލީހުގައި ބޭނުންވާ އަޣްލަބިއްޔަތު އޮތް ނަމަ ޤާނޫނުއަސާސީ ބަދަލުކޮށްގެން ވެސް މެއެވެ. މިހެންވުމާ އެކު ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކުގެ ތެރެއަށް ޝަރުޢީ ދާއިރާ އިން ނުވަދެވޭތޯ ޑެމޮކްރެޓިކް އުސޫލުން މަސައްކަތް ކުރާ ޖޫޑިޝަރީތަކުން ވަރަށް މަސައްކަތް ކުރެ އެވެ. އިނގިރޭސި ވިލާތުގައި، ދާދި ފަހުން ބުރެކްސިޓުގެ މައްސަލައެއްގައި މަޖިލީހުން ނިންމި ގޮތާ މެދު ނުސީދާކޮށް ފަނޑިޔާރެއްގެ ޚިޔާލު ހޯދަން އުޅުމުން ވެސް އޭނާ ވިދާޅުވި ކަމަށް ވަނީ އެ ހުންނަނީ ސިޔާސީ ލީޑަރުންގެ ނިންމުންތައް ކަމަށެވެ. އެ ބޭފުޅުންގެ ކަމެއް ނޫން ކަމަށެވެ. ހިޔާލެއް ނުދެއްވި އެވެ.

އާ ޤާނޫނުއަސާސީ ތަންފީޒު ކުރަން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް އެއިރު އޮތް ސްޕްރީމް ކޯޓުން ނިންމި ނިންމުމަކުން ޤާނޫނުއަސާސީގެ މުއައްސިސުން ޖޫޑިޝަރީ ހިންގަން ރޭވި ގޮތާ ޚިލާފަށް ޝަރުޢީ ދާއިރާ ހިންގަން ފެށި އެވެ. ގޯސް ފެށުނީ އެ ހިސާބުންނެވެ. ތިން ބާރު ވަކިވެފައި އޮތް ކަމަށް ވިދާޅުވެ ޖޫޑިޝަރީގެ ކަންތައްތައް ހިންގާ ޑިޕާޓްމެންޓް އެ ތަނުގެ ދަށަށް ގެންދިޔައީ އެވެ. އެއީ އެއިރު އޮތް ސުޕްރީމް ކޯޓުން ޖޫޑިޝަރީ ހިންގަން ބޭނުންވި ގޮތް ކަމަށް ވެދާނެ އެވެ. އެހެންނަމަވެސް އެއީ ޤާނޫނުއަސާސީގެ މުއައްސިސުން ޖޫޑިޝަރީ ހިންގަން ނިންމާފައި އޮތް ގޮތެއް ނޫނެވެ. (އިތުރު މަޢުލޫމާތު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޑުރާފްޓިން ކޮމިޓީގެ ޔައުމިއްޔާ އިން).

އޮފީސް ހިންގުމާއި، ފަނޑިޔާރުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުމާއި، ފަނޑިޔާރުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ފަނޑިޔާރުންނާ މެދު ސުލޫކީ މިންގަނޑުގެ ތެރެއިން ފިޔަވަޅު އެޅުމަކީ އެއްވެސް ފަނޑިޔާރު ގެއަކުން ކުރަން ޖެހޭ މަސައްކަތެއް ނޫނެވެ. އެކަން ކުރުމަށް ޤާނޫނުއަސާސީން ވަކި ފަރާތެއް ކަނޑައަޅާފައި އޮވެ އެވެ. ލިޔެފަ އެވެ. ތަރުޖަމާއަކުން ނޫނެވެ. ޖޫޑިޝަލް ކައުންސިލް ބެލެހެއްޓުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެކެވެ. އެތަނުގައި ދެކެވޭނީ މައްސަލަތައް ހުށައެޅޭނެ ގޮތުގެ ޢާއްމު ގަވައިދު ހެދުމާއި ޝަރީޢަތް ކުރުމާ ބެހޭ ގޮތުން ހަދަން ޖެހޭ ގަވައިދުތަކާއި ގެންގުޅެން ޖެހޭ މިންގަނޑުތަކުގެ ވާހަކަ އެވެ. ކޯޓުތައް ހިންގުމުގެ މަސައްކަތުގައި ތަޖުރިބާކުރެވޭ ބައެއް ކަންތަކުގެ ވާހަކަތަކާ އެއްވައްތަރެއްގެ މައްސަލަތައް އެއްގޮތަކަށް ނިންމުމަށް ބާރު އެޅުން ފަދަ ވާހަކަތަކާއި، ކުރިމަތިވާ ޢިލްމީ، އަދި ފަންނީ، މައްސަލަތަކުގެ ވާހަކަ އެވެ. ގަބޫލުކުރެއްވިޔަސް ނުވަތަ ނުކުރެއްވިޔަސް، މި ދެންނެވީ ޖޫޑިޝަރީއާ މެދު ޤާނޫނުއަސާސީގެ މުއައްސަސުންގެ ތަަސައްވުރެވެ. ނިންމާފައި އޮތް ގޮތެވެ. ލިއުމުން ފެންނަން އޮތް ގޮތެވެ. ފަނޑިޔާރުންގެ މަސައްކަތެއް ކަމަށް ޤާނޫނުއަސާސީގެ މުއައްސަސުން ނިންމާފައި އޮތީ ހަމައެކަނި ޝަރީއަތް ކުރެއްވުމެވެ. އެ ބޭފުޅުން ވަނީ ޝަރީއަތް ކުރެއްވުމަށް ހުސްކޮށްފަ އެވެ. އެ ބޭފުޅުންނަށް މުސްތަޤިއްލު ބާރުތައް ލިބިވަޑައިގަންނަވަނީ އެ ހިސާބުންނެވެ. އެ ބޭފުޅުން ނިންމަވާ ނިންމެވުންތަކަށް އިލްމީ ދިރާސާއެެއްގެ ތެރެއިން ނޫނީ ފާޑުނުކިޔޭ ގޮތް އަންނަނީ އެހާ ހިސާބުންނެވެ.

ސުޕްރީމް ކޯޓުން ބާރު ހޯދުމަށް އަމިއްލައަށް ކުރި ތަރުޖަމާއާ މެދު ގާނޫނު ހަދާ މަޖިލީހުން އޮތީ ހިމޭނުންނެވެ. އެއިރު އޮތީ ރައީސް ނަޝީދުގެ ވެރިކަމެވެ. މަޖިލީހުގައި ކަންކަން އޮމާންކޮށް ފާސްކުރުމުގެ އަޣުލަބިއްޔަތެއް ވެރިކަން ކުރާ ޕާޓީ އަށް ލިބިފައެއް ނުވެ އެވެ. ސްޕްރީމް ކޯޓުގެ ނިންމުމަށް ޖޫޑިޝަލް ސާވިސް ކޮމިޝަނުގެ އެއިރުގެ ރައީސް ގޮންޖެއްސެވި އެވެ. އެމަނިކުފާނު ސްޕްރީމް ކޯޓަށް ވަޑައިގަތުމަށް ދެންނެވި ކަމަށް ވެ އެވެ. އެމަނިކުފާނު ވަޑައިގެންނެވި އިރު ޖޫޑިޝަލް ކައުންސިލް ވެސް އެއްކޮށްފައި އޮތް ކަމަށް ވެ އެވެ. އިއްތިފާގުން އެމަނިކުފާނަކީ ޤާނޫނުއަސާސީ އިސްލާހު ކުރުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި ޑުރާފްޓިން ކޮމިޓީގެ ވެސް މެމްބަރެކެވެ. އެމަނިކުފާނުގެ ވާހަކަފުޅު ގެންދެވީ ވަރަށް ހޫނުކޮށް ކަމަށް ވެއެވެ. ސްޕްރީމް ކޯޓަށް އެ ގޮތަށް ކަންތައް ނުކުރެއްވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި ކަމަށް ވެއެވެ. ކީއްކުރަން އެއްކުރެއްވި ބޭފުޅުންތަކެއްތޯ ވެސް ސުވާލު ކުރެއްވި ކަމަށް ވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި އެއިރު އޮންނަ، މަޖިލީހުގެ ގަވައިދާ ޚިލާފް ކޯޅުންތަކާ ހުރެ މި ކަހަލަ ޤާނޫނީ ކަމަކާ މެދު ސީރިއަސްކޮށް ވިސްނުުމުގެ ފުރުސަތު ނުއޮންނަނީ ކަމަށް ވެސް ވެދާނެ އެވެ. ވެރިކަން ބަދަލުވުމަށް ފަހު އައި ސަރުކާރުން ގާނޫނީ ގޮތުން އެންމެ އިސް ބަސް ވިދާޅުވަން ޖެހޭ ބޭފުޅާ ހުންނެވީ "ހައްޕު" ވިދާޅުވެގެންނެވެ. ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ސަރުކާރު ގަބޫލު ގޮތަށް ނިންމޭ ނިންމުންތަކަކަށް ވާތީވެ، ސަރުކާރު އޮންނަނީ ހިމޭނުންނެވެ. ސުޕްރީމް ކޯޓުން ރައީސްް ޔާމީނުގެ ސަރުކާރު ނުރުހޭ ގޮތަށް ނިންމީ އެންމެ މައްސަލައެކެވެ. ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމި މައްސަލައެކެވެ. އެއިރު މަގާމުގެ ގޮތުން އެންމެ އިސްކޮށް ތިއްބެވި ދެ ފަނޑިޔާރުން ގެންދިޔައީ ޖަލަށެވެ. އެބޭފުޅުންގެ މަގާމުން ވެސް ވަކިކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖޫޑިޝަރީގެ ކަންތައްތައް ބަަލަހައްޓާ ކޮމިޓީ އަށް ހާޒިރުކުރި ޖޫޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ހަ މަސް ދުވަހުގެ ތަޖުރިބާގެ އަލީގައި ވާހަކަ ދެއްކެވި ދެ މެމްބަރުން، ކުރިމަތިވެގެން އުޅޭ ދަތިތައް ވިދާޅުވެ ދެއްވި އެވެ. ކޮމިޓީގައި ދުވަސް ވި މެމްބަރަކު ވަރަށް ދުރުން ރައްޔިތުންގެ މަޖިލީހަށް "ގަލެއް" އެއްލެވި އެވެ. ރަނގަޅު ވާހަކައެކެވެ. މި ހިސާބަށް ކަންތައް ދިޔައީ ކަންތައްތައް ކުރަނީ ރަނގަޅަށްތޯ ބެލުމަށް ހަވާލު ވެފައި އޮތް ފަރާތުން އެއްވެސް ފިޔަވަޅެއް ނޭޅިގެންނެވެ.

އަޅުގަނޑުމެން މި ތިބީ ކިހާ ހިސާބެއްގައިތޯ އެވެ؟ ރަނގަޅީ ކޮން ގޮތެއްތޯ އެވެ؟ ކޯޓުތަކުން ބޮޑެތި މައްސަލަތައް ނިންމަ އެވެ. ފިސްތޯލައެއް ގެންގުޅުނު ކަމަށް ސާބިތުވެގެން އެއް ދުވަހަކު މީހަކަށް ބޮޑު ޙުކުމެއް ކޮށްފާނެ އެވެ. ދެތިން އަހަރު ފަހުން އޭނާގެ އެއްވެސް ކުށެއް ނެތް ކަމަށް ދޫކޮށް ލެވެ އެވެ. ހުކުމެއްގެ ތެރެއިންނެވެ. އޭނާގެ ހަޔާތުން ގެއްލިގެން ދިޔަ އަހަރުތަކާ މެދު ޒިންމާވާނީ ކާކުތޯ އެވެ؟ އަޅުގަނޑުމެންގެ ގައުމުގެ ވަރަށް އިސް މަގާމެއްގައި ތިއްބެވި ދެ ބޭފުޅަކު ރައްޔިތުންގެ ފައިސާ އަށް ޚިޔާނަތްތެރިވި ކަމަށް ބެލެވި އަދަބު ވެސް ދެވުނެވެ. މިހާރު އެ ބޭފުޅުންނަކީ މިނިވަނުންނެވެ. މައްސަލަ ނިންމީ ކޯޓުންނެވެ. އަޅުގަނޑުމެންގެ ގައުމުގެ އެންމެ ގަދަރުވެރި މަގާމުގައި ތިއްބެވި ބޭފުޅުންގެ އިސްތަށިފުޅުގައި ޚިޔާނާތުގެ ތުހުމަތު އެޅުވުމަކީ އެ ބޭފުޅުންގެ އަބުރު ކަތިލުން ކަހަލަ ކަމެކެވެ. މި މައްސަލާގައި މިހާތަނަށް ޔަގީންވީ އެންމެ ކަމެކެވެ. ރައްޔިތުންގެ އެތައް މިލިއަން ޑޮލަރެއް ގެއްލިފައިވާ ކަމެވެ. ކޮންމެވެސް ބަޔަކު ޚިޔާނަތްތެރި ވެފައިވާ ކަމެވެ. މި ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވި، އަދި ތަފާތު މައްސަލަތަކުގައި ހުކުމް ތަންފީޒުކުރެވޭ އެއް ބޭފުޅަކު މިހާރު ވަނީ ބޭސްފަރުވާ އަށް ބޭރު ގައުމަކަށް ފޮނުވައިފަ އެވެ. ވަރަށް ގިނަ މީހުން އޭނާ ފިއްލަވާފާނެތީވެ ކަންބޮޑު ވެގެން ޚިޔާލު ފާޅުކޮށްފައި ހުންނަތަން ފެނެ އެވެ. އެހެން ވިޔަ ނުދިނުމަށް ކުށްވެރިން ބަލަހައްޓާ ދާއިރާތަކުން ހައެއްކަ މީހުން އޭނާއާ އެކުގައި ފޮނުވުނު ކަމުގައި ވެއެވެ. ބޭފުޅާ އެވެ! މިއީ 21 ވަނަ ގަރުނެވެ. ފޯނުން ހުރިހާ މުއާމަލާތެއް ކުރެވޭ ސާސްކަފެވެ.

އާ ރައީސް އެދިވަޑައިގަތީ އެމަނިކުފާނުގެ ޕާޓީ އަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބުމަށެވެ. ރައްޔިތުން އެ އޮތީ އެ ޕާޓީ އަށް ބޮޑު އަޣްލަބިއްޔަތެއް ދީފަ އެވެ. ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވެފައި އޮތީ ޝަރުޢީ ދާއިރާ އިޞްލާހު ކުރުމެވެ. އެކަން ކުރެވޭނީ މަޖިލީހަށެވެ. އެކަން ކުރުމުގެ ބާރު މިހާރު މަޖިލީހުގައި އެބަ އޮތެވެ. އެކަން ކުރުމުގެ އަޒުމާއި ހިތްވަރު ހުރި ކަން އެނގޭނީ އަޅާ ފިޔަވަޅުތަކުންނާއި ނިންމާ ނިންމުންތަކުންނެވެ. މި ހުރިހާ ކަމެއްގެ ކުރިން ވެސް ސުޕްރީމް ކޯޓާއި ޖޫޑިޝަލް ސާވިސް ކޮމިޝަން ދާދި ފަހުން ނިންމި ތަފާތު ނިންމުންތަކަށް މަޖިލީހުން އަވަހަށް ގޮތެއް ނިންމަން ޖެހެ އެވެ. މަޖިލީހުން ހިމޭނުން އޮވެއްޖެ ނަމަ ކުރިއަށް ދިއުމަށް އެ ދެއްކެނީ ވަރަށް ނުބައި މަގެކެވެ. އެ މައްސަލާގައި މަޖިލީހުގެ ނިންމުމެއް އޮތުން ލާޒިމްވެ އެވެ. މަޖިލީހުގެ "ހުކުމް" ނުއިއްވައިފި ނަމަ، ޖޭއެސްސީން ސުޕްރީމް ކޯޓުގެ އަމުރަށް ތަބައަ ނުވުމުގެ އިލްޒާމް އެޅުވުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ އެތަނަށް ލިބިދީފައި އޮތް ބާރުގެ ތެރެއިން އެޅުނު ފިޔަވަޅަކަށް ވިޔަސް މެ އެވެ.