04 ޖުލައި 2020
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރި ކުރުން ނިމުމަކަށް ގެނައުމާ ގުޅިގެން، ޝަރުއީ ކޯޓުތައް ވެސް އާންމު ހާލަތަށް ބަދަލުކޮށް، މާދަމާ އިން ފެށިގެން ހުޅުވައިލަން ނިންމައިފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރި ކުރުން ނިމުމަކަށް ގެނައުމާ ގުޅިގެން، ޝަރުއީ ކޯޓުތައް ވެސް އާންމު ހާލަތަށް ބަދަލުކޮށް، މާދަމާ އިން ފެށިގެން ހުޅުވައިލަން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު ސާކިއުލާއެއްގައި ބުނީ ސަރުކާރުގެ އޮފީސްތައް ވެސް މާދަމާ އިން ފެށިގެން އާންމުކޮށް ހުޅުވައިލަން ނިންމާފައި ވާތީ ކޯޓުތަކުގައި ވެސް އެގޮތަށް އަމަލު ކުރާނެ ކަމަށެވެ. އެހެންވެ، ފަނޑިޔާރުންނާއި އެހެން މުވައްޒަފުން ވެސް ސަރުކާރުން އާންމުކޮށްފައިވާ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި ކޯޓުތަކުން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް މާދަމާ އިން ފެށިގެން ރަސްމީކޮށް މަސައްކަތް ކުރަން ސާކިއުލާގައި ވަނީ އަންގައިފަ އެވެ.
މިދިޔަ މާޗް، 19 އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާ އެކު، ޝަރުއީ ކޯޓުތަކުން ވެސް ވަނީ ރަސްމީ މަސައްކަތްތައް މެދުކަނޑާލައިފަ އެވެ. ނަމަވެސް ބައެއް ކޯޓުތަކުން ވަނީ އޮންލައިންކޮށް ޚިދުމަތްދީފަ އެވެ. އެގޮތުން މައްސަލަތައް ބަލައިގަތުމާއި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާއި ފެމިލީ ކޯޓުން އޮންލައިންކޮށް ވަރި އަދި ކައިވެނި ވެސް ކޮށްދީފައި ވެ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 2،410 ކޭސް ފެނިފައި ވާއިރު، 1،976 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 10 މީހުން މަރުވެެފައިވާއިރު ފަރުވާދެމުން އަންނަނީ 410 މީހަކަށެވެ.
ޑީޑީ ސަސްޕެންޑް ކުރި އިރު އަނބިކަނބަލުން ވަޒީފާގައި!
ގާނޫނަށް ބޯނުލަނބަން ހިތްވަރުދޭ ނަމަ ފިޔަވަަޅު އަޅާނެ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާ ގޮތަށް ހަދައިފި
މަތީ ކޯޓުތަކުގެ ނިންމުން "ކަރުދާސްކޮޅަކަށް" ވަނީތަ!
ޖިނާއީ ނޫން މައްސަލަތައް ނިންމި ވަރު މަދުވެއްޖެ
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
ތަހުވީލުކޮށްފިނަމަ އިސްތިއުނާފް ނިމެންދެން މަޑުޖައްސަނީ
ވަކިކުރި އެޑްމިނިސްޓްރޭޓަރުންގެ މައްސަލަ ސުޕްރީމްކޯޓަށް
ބޮޑު ބަދަލެއް:މަދަނީ އިޖުރާއަތަށް އަމަލުކުރަން ފަށައިފި