އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ޣަނީ މަގާމުގެ ހުވާކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މަނިކުފާނަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެމަނިކުފާނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ އިސްކަން ދިން ނަމެއްގެ ގޮތުގައި ރައީސަށް ފޮނުއްވީ ވެސް ޣަނީގެ ނަންފުޅެވެ.
ޣަނީ، އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުވާ ރައީސް އޮފީހުގައި މިއަދު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރުގެ ނިޔަލަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް މަޖިލީހުން އެމަނިކުފާނު އެ މަގާމުން ވަކިކުރެއްވި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އެމަނިކުފާނު އައްޔަން ކުރެއްވި އެވެ.
ޣަނީ، އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުވާ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި މިއަދު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީގެ އިތުރުން ދެން ކުރިމަތިލެއްވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަދި ފެމިލީ ކޯޓުގެ މިހާރުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
"އިންސާފަށް ހުރި ގާނޫނީ ހުރަސް ހައްލު ކުރެވޭނެ"
އުއްތަމަ ފަނޑިޔާރަކަށް ޑީޑީ އައްޔަން ކުރުން މިރޭ
އުއްތަމަ ފަނޑިޔާރަކަށް ޑރ. ޑީޑީ އައްޔަން ކުރަނީ
މީޑިއާގެ މިނިވަން ކަމަށް ޖުޑިޝަރީން އިހްތިރާމް ކުރަންޖެހޭ: އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ފާސްކޮށްފި
އުއްތަމަފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ހުށަހަޅައިފި
ޖޭއެސްސީން ލަފާދޭން ނިންމީ ޣަނީ އައްޔަންކުރަން
އުއްތަމަ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައިފި
ސުޕްރީމް ކޯޓަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި