Roadha Mihaaru
ޖިނާއީ ނޫން މައްސަލަތައް ނިންމި ވަރު މަދުވެއްޖެ

ޖިނާއީ މައްސަލަތައް ފިޔަވައި މިދިޔަ އަހަރު ނިންމި މައްސަލަތައް މަދުވެއްޖެ

04 އެޕްރީލް 2023

ޖިނާއީ މައްސަލަތައް ފިޔަވައި މިދިޔަ އަހަރު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު ދަށްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ މައްސަލަތައް ފިޔަވައި މިދިޔަ އަހަރު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު ދަށްވެއްޖެ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކުރި ޝަރުއީ ދާއިރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ކޯޓުތަކުން ނިންމީ 17،313 މައްސަލަ އެކެވެ. އެއީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު 12 ޕަސެންޓް ދަށް އަދަދެކެވެ.

އެ ރިޕޯޓުގައިވާ ގޮތުން ނިންމި ވަރު އިތުރުވީ ޖިނާއީ މައްސަލަތައް އެކަންޏެވެ. ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓާއި މެޖިސްޓްރޭޓް ކޯޓްތަކުން ޖިނާއީ މައްސަލަ ނިންމި އަދަދު 10 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ކޭސް ކްލިއަރެންސް ރޭޓް 19 ޕަސެންޓް އިތުރުވި އެވެ.

ނަމަވެސް ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ 274 ޖިނާއީ މައްސަލައެއް އަދިވެސް އެބައޮތެވެ.

އެ ރިޕޯޓުގައިވާ ގޮތުން ޖިނާއީ މައްސަލަތައް ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ މައްސަލަތައް ނިންމި އަދަދު ވަނީ ދަށްވެފަ އެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިންމި ވަރު 2021 ވަނަ އަހަރާ އަޅާ ބަލާއިރު 29 ޕަސެންޓް ދަށްވިއިރު ހައި ކޯޓުން ނިންމި މައްސަލަތައް 31 ޕަސެންޓް ވަނީ މަދުވެފަ އެވެ.

މަދަނީ މައްސަލަތައް ނިންމި އަދަދު 2021 ވަނަ އަހަރާ ބަލާއިރު ހަތް ޕަސެންޓް ދަށްވިއިރު، އާއިލީ މައްސަލަތައް ހުށަހެޅި ވަރާއި ނިންމި އަދަދު ވެސް މިދިޔަ އަހަރު ދަށްވި އެވެ. އާއިލީ މައްސަލަތަކުގެ ތެރެއިން ހާހަކަށް ވުރެ ގިނަ މައްސަލަ އަދިވެސް ކޯޓުތަކުގައި ނުނިމި އެބަހުއްޓެވެ.