މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ޔުނިވާސިޓީ ޑިގްރީ ހާސިލްކޮށްފައިވާ ބަޔަކަށް ހަދަން ތައާރަފްކުރި ކޯސްތައް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
19 އޮކްޓޯބަރ 2020
މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ޔުނިވާސިޓީ ޑިގްރީ ހާސިލްކޮށްފައިވާ ބަޔަކަށް ހަދަން ތައާރަފްކުރި ކޯސްތައް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
މިއީ އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ގުޅިގެން ހިންގާ ކޯސްތަކެކެވެ. މުދިމުންނާއި އިމާމުންނަކީ ދީނީ ތައުލީމު ހާސިލްކޮށްފައި ބަޔަކަށް ހަދަން ތައާރަފްކުރި ކޯސްތަކުގައި 384 މީހުން ކިޔަވަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމީ ތަޢުލީމުގެ ރޮނގުން ޔުނިވަރސިޓީ ޑިގްރީ ޙާޞިލުކޮށްފައިވާ ބަޔަކަށް ހެދުމަށް ހިންގޭ ކޯސްތައް ރައީސުލް ޖުމްޙޫރިއްޔާގެ ނައިބު އަލްފާޟިލް ފައިސަލް ނަސީމް އިފްތިތާޙް ކޮށްދެއްވައިފި. #MVIaffairs pic.twitter.com/ATBFsEGW5a
— Ministry of Islamic Affairs (@MVIaffairs) October 19, 2020
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު "މިހާރު" އަށް ވިދާޅުވީ، އިމާމުންނާއި މުދިމުންނަށް ހާއްސަކޮށްގެން ތައާރަފްކޮށްފައި ވަނީ އެޑްވާންސް ލެވަލްގެ ކޯހަކާއި ޑިގްރީ ކޯހެއް ކަމަށެވެ. އެޑްވާންސް ކޯހުގައި 292 މީހުން ކިޔަވާ އިރު ޑިގްރީ ކޯހުގައި 92 މީހުން ބައިވެރިވި އެވެ.
އަފްރާހު ވިދާޅުވީ އެޑްވާންސް ކޯހަކީ އެއް އަހަރުގެ ކޯހެއް ކަމަށެވެ.
"ޑިގްރީ ކޯހާ ހަމައަށް ދަރިވަރުން ގެންދަން ބޭނުން ވަނީ. އެޑްވާންސް ކޯސް ފުރިހަމަ ކުރީމަ އެ ކޯސް ހެދޭނީ،" އޭނާ ވިދާޅުވި އެވެ.
މި ދެ ކޯސް ވެސް ކުރިއަށް ގެންދާނީ ބްލޮކް މޮޑުއިލަށް ކަމަށް އަފްރާހު ވިދާޅުވި އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތާ އެކު މިދުވަސްވަރު ކިޔަވައިދިނުމުގެ ކަންތައްތައް ކުރިއަށް ދާނީ އޮންލައިންކޮށެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑްގައި މިސްކިތެއް އަޅަނީ
ރަށްރަށުގެ އިމާމުންގެ މުސާރަ މިމަހު ލަސްވާނެ
ހަރަމްފުޅުގެ އިމާމުގެ ދަރުހެއް ބުރާސްފަތި ދުވަހު
ހިޔާ ޓަވަރުތައް ކައިރީގައި 3 ބުރީގެ މިސްކިތް ހުޅުވަނީ
ހުޅުމާލެ 2 ގައި މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި
ނަގުދު ފައިސާ ވަގުފު ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި
11 ރަށެއްގައި ދީނީ ބިނާތައް އަޅަން ހަވާލުކޮށްފި
އާ ޑިޒައިންތަކަކަށް ހަ ރަށެއްގައި މިސްކިތްތައް އަޅަނީ
އެސްޖޭ މިސްކިތް ޑިސެމްބަރަށް ނިމޭނެ: މިނިސްޓްރީ
މިސްކިތްތަކުގައި ފަންޑް ފޮށި ބެހެއްޓުމާ ގުޅޭ ގަވާއިދެއް