Roadha Mihaaru
ގުޅުން ހަރުދަނާ ކުރަން ރާއްޖެ-ޗައިނާ މަޝްވަރާކޮށްފި

އިގްތިސާދީ ގުޅުން ހަރުދަނާ ކުރަން ރާއްޖެ- ޗައިނާ މަޝްވަރާކޮށްފި

15 އޮކްޓޯބަރ 2020

ރާއްޖޭގެ އިގްތިސާދު އަލުން ރަނގަޅު ކުރުމާ ބެހޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިިމް އަމީރު ޗައިނާގެ ސަފީރާ އެކު މިިއަދު މަޝްވަރާ ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ އިގްތިސާދު އަލުން ރަނގަޅު ކުރުމާ ބެހޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިިމް އަމީރު ޗައިނާގެ ސަފީރާ އެކު މިިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން، ޗައިނާއިން ރާއްޖެއަށް ދޫކުރި ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށް ދިނުމާ ބެހޭ މަޝްވަރާތައް ދެ ގައުމުން ކުރިން ވެސް ކުރިއަށް ގެންދިޔަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިއޮންއާ އެކު އެ މިނިސްޓްރީގައި ޝާހިދާއި އަމީރު ބޭއްވި ބައްދަލުވުމުގައި ޗައިނާއާ އެކު އިގްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ބެހޭ މަޝްވަރާ ކުރިއަށް ގެންދިޔަ ކަމަށެވެ. ޗައިނާއިން ރާއްޖޭގެ އިގްތިސާދަށް ގިނަ އެހީތަކެއް ދެމުންދާ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ވެސް ގިނަ އެހީތަކެއް އެ ގައުމުން ފޯރުކޮށްދިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓް

ކުރީގެ ސަރުކާރުގައި ޗައިިނާއިން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ހިންގީ އެ ގައުމުގެ ލޯނު އެހީ އާއި ހިލޭ އެހީގެ ދަށުންނެވެ.