ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރަން ލަންޑަނުގައި އެމްއެމްޕީއާރުސީން އައުޓްޑޯ ކެމްޕޭނެއް ފަށައިފި އެވެ.
05 އޮކްޓޯބަރ 2020
ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރަން ލަންޑަނުގައި އެމްއެމްޕީއާރުސީން އައުޓްޑޯ ކެމްޕޭނެއް ފަށައިފި އެވެ.
ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކެމްޕޭނުގައި ލަންޑަނުގެ އެންމެ ގިނަ މީހުން އެއްވާ ސަރަހައްދުތަކުގައި ރާއްޖެ ޕްރޮމޯޓު ކުރާނެ އެވެ. އޭގެ ތެރޭގައި ޖެންސިންޓަން ރޯޑް ސައިޑާއި ވޯޓާލޫ ސްޓޭޝަނާއި ވެސްޓް ފީލްޑް ލަންޑަން މޯލާއި ލިވަޕޫލް ސްޓްރީޓް ސްޓޭޝަނާއި ކެނަން ސްޓްރީޓް ސްޓޭޝަނުގެ އިތުރުން ފެންޗާޗް ސްޓްރީޓް ސްޓޭޝަން ހިމެނެ އެވެ.
އެމްއެމްޕީއާރުސީން ބުނީ މިއީ ރާއްޖެއަކީ "ސޭފް ހެވަން" އެއްގެ ގޮތުގައި އިނގިރޭސި ވިލާތުގައި އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށެވެ. އަދި ގުދުރަތީ ގޮތުން ރާއްޖެއަކީ ދުރުދުރުގައި ރަށްރަށް އޮންނަ ގައުމަކަށް ވުމުން އެހެން މަންޒިލްތަކާ އަޅާބަލާއިރު ރާއްޖެ ރައްކާތެރިވާނެކަން އަންގައިދިނުމަކީ ވެސް މަގުސަދެއް ކަމަށް، އެމްއެމްޕީއާރުސީން ބުންޏެވެ.
އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭނުގެ ސަބަބުން އިނގިރޭސި ވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް 1،587 އިނގިރޭސިން އައިސްފައިވެ އެވެ. އެކަމަކު އެއީ ޔޫއޭއީ ކަހަލަ ގައުމުތަކުގައި ދިރިއުޅޭ މީހުން ކަމަށް ބެލެވެ އެވެ.
ރާއްޖޭގެ 173 މަންދޫބުންނާއެކު ޑަބްލިއުޓީއެމް ފަށައިފި
އުރީދޫ، އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރަނީ
ސްޕޯޓްސް ފިޝިންގެ އެމްބެސެޑަރަކަށް "ފްލައި" ނަވާރޯ
"ރާއްޖޭގެ އަމާޒަށް ވާސިލްވާން ލިވަޕޫލުން އެހީތެރިވާނެ"
ލިވަޕޫލްއާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ފަށައިފި
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި
ލިވަޕޫލްގެ ރަސްމީ ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!