02 އޮކްޓޯބަރ 2020
މެޑްރިޑް (އޮކްޓޫބަރު 2) - ސްޕެނިޝް ލީގުގައި ރޭ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބާސެލޯނާ އިން 3-0 އިން ސެލްޓަ ވީގޯ ބަލިކޮށްފި އެވެ.
މެޑްރިޑް (އޮކްޓޫބަރު 2) - ސްޕެނިޝް ލީގުގައި ރޭ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބާސެލޯނާ އިން 3-0 އިން ސެލްޓަ ވީގޯ ބަލިކޮށްފި އެވެ.
މި މެޗުގައި ވެސް ބާސެލޯނާގެ 17 އަހަރުގެ ތަރި އަންސޫ ފާޓީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ 11 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ފާޓީ އެވެ. އޭނާ ވަނީ ލީގުގެ ފުރަތަމަ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައި ދެ ގޯލު ޖަހައިފަ އެވެ. ރޭގެ މެޗުގައި ޖެހި ގޯލާ އެކު ފާޓީ ވެފައިވަނީ އުމުރުން 17 އަހަރުގައި ލަލީގާގައި 10 ގޯލު ޖެހި ދެ ވަނަ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން 17 އަހަރުގައި ލީގުގައި 10 ގޯލު ޖެހީ ބާސެލޯނާގެ ކުރީގެ ފޯވާޑް ބޯޔާން ކާކިޗް އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑުން ފާޓީ ގަންނަން 100 މިލިއަން ޕައުންޑަށް ވުރެން ބޮޑު ބިޑެއް ކުރި ނަމަވެސް ބާސެލޯނާ އިން ފާޓީ ނުވިއްކާނެކަން ވަނީ އަންގައިފަ އެވެ. ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ފާޓީ އަކީ އޭނާގެ ޕްލޭނުގައި މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.
"އެހާ ހަލުވި ސްޕީޑެއްގައި ކުރިއަރައިގެންދާ ކުޅުންތެރިއެއް މަދުވާނެ. އަހަރެންގެ ޕްލޭނުގައި އޭނާ އަށް ބޮޑު ރޯލެއް އެބައޮތް،" ރޭގެ މެޗަށް ފަހު ކޫމަން ބުންޏެވެ.
ސެލްޓަ ދަނޑުގައި ކުޅުނު ރޭގެ މެޗުގައި ބާސެލޯނާ އަށް މައްސަލަ ދިމާވީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އެ ޓީމުގެ ފްރާންސް ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ބާސެލޯނާ އިން ދެ ވަނަ ހާފްގައި ވެސް އެޓޭކްކޮށް ފުރަތަމަ ހަ މިނިޓް ތެރޭ ލީޑުފުޅާކުރި އެވެ. މި ގޯލަކީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ނެގި ހުރަހަކުން ސެލްޓަގެ ލޫކަސް އޮލާޒާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ލަނޑެއް ޖަހަން ސެލްޓަ އިން ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގައި އެ ޓީމުގެ މިގޭލް ބައޭޒާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. ބާސެލޯނާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ސާޖިއޯ ރޮބާޓޯ އެވެ. ލީގުގައި މިހާތަނަށް ބާސެލޯނާ އިން ކުޅުނު ދެ މެޗުގައި އެ ޓީމުން ހަތް ގޯލު ޖެހިއިރު ބައިކޮޅަށް އަދި ގޯލެއް ނުވަދެ އެވެ.
ސެލްޓާ އިން ބާސާ ހިފަހައްޓައިފި، ރެއާލް އެއްވަނައަށް
އޮސަސޫނާ އިން ބާސާގެ ފުރިހަމަ ފެށުން ހަރާބުކޮށްލައިފި
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް
ބާސާއާ ދެން ހަވާލުވާ ކޯޗަކަށް އުނދަގޫ ވާނެ: ޒަވީ
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ބާސާގެ ކުރިމަގުގެ ތަރިއަކަށް ޒުވާން ރޯކީ ވާނެ: ޒަވީ