އަލަށް ސޮއި ކުރި ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގައި މާލީ ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ބާސެލޯނާގެ އެ ހަރަދުތައް ހަމަޖައްސަން ބޯޑު މެންބަރުން ޖީބުން ހަރަދު ކުރަން ނިންމައިފި އެވެ.
14 އޯގަސްޓް 2025
އަލަށް ސޮއި ކުރި ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގައި މާލީ ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ބާސެލޯނާގެ އެ ހަރަދުތައް ހަމަޖައްސަން ބޯޑު މެންބަރުން ޖީބުން ހަރަދު ކުރަން ނިންމައިފި އެވެ.
އެ ޓީމަށް އަލަށް ސޮއި ކުރުވި މާކޯސް ރަޝްފޯޑާއި ކީޕަރު ޔޮއާން ގާސިއާ ރަޖިސްޓަރީ ކުރުމަށް އިތުރަށް ހަތް މިލިއަން ޔޫރޯ ބޭނުންވެ އެވެ.
ބޯޑަށް އެކަން ހުށަހެޅީ ބާސާގެ ރައީސް ޔޮއާން ލަޕޯޓާ އެވެ. ބުދަ ދުވަހުގެ ބޭއްވި ކުއްލި ބައްދަލުވުމުގައި ބޯޑުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އެ ރިސްކް ނަގަން ނިންމައިފަ އެވެ.
އެ ފައިސާ އެކައުންޓަށް ވެއްދުމުން، ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ 1.1 ގެ ގަވާއިދަށް އެ ކްލަބް ފެތޭނެ އެވެ. އެ ގަވާއިދުގެ މާނައަކީ ކްލަބަށް އާމްދަނީގެ ގޮތުގައި އެއް ޔޫރޯ ލިބިއްޖެނަމަ، ފުޓްބޯޅަ ޓީމުގެ މުސާރަ އަށް އެ އެއް ޔޫރޯ ހޭދަ ކުރުމެވެ.
ޓްރާންސްފާ ޕީރިއަޑްގައި ކުޅުންތެރިން ސޮއި ކުރުވަމުން ދިޔަޔަސް، ބާސާއިން އެކަން ކުރަމުން ދިޔައީ ކްލަބަށް ލިބޭ އާމްދަނީ އަށް ވުރެ އިތުރަށް ހަރަދުކޮށްގެން ގެއްލުމުގަ އެވެ.
ކުޅުންތެރިން ރަޖިސްޓަރީ ކުރެވޭނީ ކުޅުންތެރިންނާއި ކޯޗުންގެ މުސާރަ ދެވޭނެ ވަރުގެ އާމްދަނީއެއް ބާސާ އަށް ވަދެފައިވާކަން ކަށަވަރު ވުމުންނެވެ. ލަލީގާގެ ފައިނޭންޝިއަލް ޑިޕާޓްމެންޓަށް ހަރަދުތައް އޮޑިޓް ކުރުމަށް ފަހު ހުށަހަޅަން ޖެހެ އެވެ.
ބާސާގެ ކެޕްޓަން އަންޑްރޭ ޓާ ސްޓެގަންއާ ގުޅޭ ބޮޑު މައްސަލައެއް ބަލައި އޭނާގެ އަތުން ކެޕްޓަން ބޭންޑް ވެސް ބާސާއިން މި ހަފުތާގައި އަތުލި އެވެ. އެއީ އޭނާގެ އިންޖަރީ ރިޕޯޓްގައި ސޮއި ކުރަން ދެކޮޅު ހެދުމުންނެވެ. ކުޅުންތެރިޔެއްގެ އަނިޔާ ހަތަރު މަސް ހޭދަވާނަމަ، އެ ކުޅުންތެރިޔެއްގެ އިހްތިޔާރުގައި މުސާރައިން ބައެއް އުނިކުރުމުގެ ހައްގު ލިބެ އެވެ.
ޓާސްޓެގަންގެ މުސާރައިން ބައެއް އުނިކުރަނީ އެ އަދަދު ގާސިއާގެ މުސަރައިގެ ގޮތުގައި ހިމެނުމަށެވެ. ޓާ ސްޓެގަން، ފަހުން އޭނާގެ މެޑިކަލް ރިޕޯޓްގައި ސޮއި ކުރުމުން ކެޕްޓަން ބޭންޑް ދިނެވެ.
ބާސާއިން ވަނީ ލަލީގާ އަށް އެ ރިޕޯޓް ހުށަހަޅައިފަ އެވެ. އެކަމަކު އަދި މިހާތަނަށް އެ ރިޕޯޓަށް ހުއްދަ ލިބިފައެއް ނުވެ އެވެ.
ބޯޑު މެންބަރުންގެ ޖީބުން ހަރަދު ކުރާ ހަތް މިލިއަން ޔޫރޯ އަކީ، ކުރާ ހަރަދުތަކާއި ކްލަބަށް ވަންނަ ފައިސާ އެއް ހަމަ ކުރުމަށް ކްލަބްގެ އެކައުންޓަށް ވައްދަންޖެހޭ ފައިސާ އެވެ. އެކަމަކު އެ ފައިސާ އަށް ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނީ މާލީ ރިޕޯޓ ލަލީގާއަށް ހުށަހަޅައި ހުއްދަ ލިބުމުންނެވެ.
ބާސާއިން ވަނީ މިހާރު އިމާރާތް ކުރަމުންދާ ކޭމްޕް ނޯ ސްޓޭޑިއަމްގެ ވީއައިޕީ ބޮކްސް 100 މިލިއަން ޔޫރޯ (115 މިލިއަން ޑޮލަރު) އަށް ވިއްކާލާފަ އެވެ. އެކަމަކު އެ ފައިސާ ބާސާގެ އެކައުންޓަށް ވަދެފައިވާ ކަމަކަށް ލަލީގާގެ އޮޑިޓަރުން އަދި މިހާތަނަށް ކަށަވަރު ކޮށެއް ނުދެ އެވެ. ލާލީގާއިން ބުނެފައި ވަނީ އެ ފައިސާ އަންނަ ސީޒަނަށް ބޭނުން ކުރެވޭނީ ވަކި މުއްދަތެއްގެ ކުރިން އެ ފައިސާ ބާސާގެ އެކައުންޓަށް ވަދެފައިވާނަމަ އެވެ.
އާ ސީޒަނުގައި ބާސާގެ ފުރަތަމަ ރަސްމީ މެޗު ފަށަން ބާކީ އޮތީ ދެ ދުވަހެވެ. އެކަމަކު އަދި މިހާތަނަށް ބާސާއިން ފޮނުވި އެއްވެސް ރިޕޯޓެއް ވެސް މާލީ ހިސާބުތަކެއް ވެސް ލަލީގާއިން އެޕްރޫވްކޮށްފައެއް ނުވެ އެވެ. އެ ކްލަބްގެ އޮފިޝަލް ބުނީ އަންނަ ހަފުތާގައި ލަލީގާއިން އެކަން އެޕްރޫވް ކުރާނެ ކަމަށެވެ.
ބާސާއާ ޖެހުނީމަ ރެފްރީންނަށް ގޯސް ހެދެންވީ ކީއްވެ؟
ބާސާ މޮޅުވިޔަސް ލެވަންޓޭއިން "ޒަހަމްތަކެއް ދީފީ"
ބާސާގެ ޓީމަށް ދަނޑުމަތީގައި ދެއްކުނީ 50 ޕަސަންޓް
ޔަމާލްގެ ގޯލަކުން މޮޅުވެ ބާސާއަށް ލީގު ޗެމްޕިއަންކަން
ރެއާލް މޮޅުވުމުން ބާސާގެ އިންތިޒާރު ދިގުވެއްޖެ
ރެއާލް ބަލިކޮށް ބާސާ ޗެމްޕިއަންކަމާ ގާތަށް
40 ހަމަލާއިން އެއް ގޯލު ޖަހައި ބާސާ އަށް މޮޅެއް
ފަހު ވަގުތުގެ ގޯލުން ބާސެލޯނާ އަށް މުހިއްމު މޮޅެއް
ރެއާލް ބަލިވެ ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
މިސީޒަންގެ ނިޔަލަށް އޮލްމޯއަށް ބާސާގެ ޖާޒީގައި ކުޅެވޭނެ