އެންމެ ފަހު ވަގުތު ޕެނަލްޓީއެއް ހޯދައިގެން ފަހަތުން އަރައި 4-3 އިން ސެލްޓަ ވީގޯ ބަލިކޮށް، ބާސެލޯނާ ލީގު ހޯދުމުގެ ރޭހުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ.
އެންމެ ފަހު ވަގުތު ޕެނަލްޓީއެއް ހޯދައިގެން ފަހަތުން އަރައި 4-3 އިން ސެލްޓަ ވީގޯ ބަލިކޮށް، ބާސެލޯނާ ލީގު ހޯދުމުގެ ރޭހުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ.
ފެރާން ޓޮރޭޒް ބާސެލޯނާ އަށް ލީޑު ނަގައި ދިން ނަމަވެސް، ބޯޔާ އިގްލިއާސިސް ވަނީ ސެލްޓާ އަށް އެއްވަރު ކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފުގައި އޭނާ ވަނީ އިތުރު ދެ ގޯލާ އެކު ހެޓްރިކެއް ހަދައި ދެ ގޯލުގެ ލީޑެއް ސެލްޓާ އަށް ހޯދައިދީފަ އެވެ.
ބާސެލޯނާ އެއްވަރު ކުރީ ޑެނީ އޮލްމޯ އާއި ރަފީނިއާ ހަތަރު މިނިޓުތެރޭ ޖަހައިދިން ދެ ގޯލުންނެވެ. ބާސާ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ އަށް ވަނަ މިނިޓުގައި، އޮލްމޯ އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީން ޖަހައިދިނީ ރަފީނިއާ އެވެ.
މި މޮޅާ އެކު އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 32 މެޗުން 73 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 66 ޕޮއިންޓް ހޯދާފައިވާ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ.
ބާސެލޯނާ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވަނީ މި އަހަރުގެ ފުރަތަމަ ބައްޔާ ކުރިމަތިވެފަ އެވެ. އެ މެޗުގައި ވެސް އިދިކޮޅު ކުޅުންތެރިއެއް ވަނީ ބާސާ ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ.
ޗެމްޕިއަންސް ލީގު މެޗުން ބަލިވި ނަމަވެސް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެން ސެމީ ފައިނަލުގެ ޖާގަ އެ ޓީމު ވަނީ ޔަގީން ކޮށްފަ އެވެ. ނަމަވެސް ކުއާޓާގެ ދެ ވަނަ ލެގުގައި ވަރުގަދަ އެނބުރި އައުމަކަށް އުއްމީދު ކުރި ވާދަވެރި ރެއާލް މެޑްރިޑް ވަނީ އާސެނަލް އަތުން ބަލިވެ، ޗެމްޕިއަންސް ލީގުން ކަޓައިފަ އެވެ.
ރެއާލް މެޑްރިޑް މިރޭ އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ލީގުގައި ނުކުންނާނެ އެވެ. މި ހަފްތާ ދެ ޓީމު ވެސް ލީގުގައި އިތުރު މެޗެއް ކުޅުމަށް ފަހު އަންނަ ހޮނިހިރު ދުވަހުގެ ރޭ ކޮޕަ ޑެލް ރޭ ފައިނަލްގައި ބައްދަލު ކުރާނެ އެވެ.
ރެއާލް ބަލިވެ ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
މިސީޒަންގެ ނިޔަލަށް އޮލްމޯއަށް ބާސާގެ ޖާޒީގައި ކުޅެވޭނެ
20 މިނެޓުން ނަތީޖާ އަނބުރާލައި ބާސާ އެއް ވަނަ އަށް
ޑޮކްޓަރުގެ ކުއްލި މަރާ އެކު ބާސެލޯނާ ހިތާމައިގައި
އިތުބާރާއެކު މޮޅުވެ ބާސެލޯނާ އެއްވަނައިގައި
މޮޑްރިޗަކީ ފުޓްބޯޅައިގެ އަގުހުރި ހަދިޔާއެއް: އަންޗެލޮޓީ
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
"އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތް"
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް