ސްޕެނިޝް ލީގުގައި މަޔޯކާއާ އަތުން ރޭ 1-0 އިން މޮޅުވެ، ބާސެލޯނާ އެއް ވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ސްޕެނިޝް ލީގުގައި މަޔޯކާއާ އަތުން ރޭ 1-0 އިން މޮޅުވެ، ބާސެލޯނާ އެއް ވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ބާސެލޯނާ ވަނީ މި މެޗުގައި މަޔޯކާގެ ގޯލަށް 40 ހަމަލާ ފޮނުވާލައިފަ އެވެ. މުޅި މެޗުގައި އެންމެ ގިނަ ހަމަލާ ފޮނުވާލީ ލަމީން ޔަމާލް އެވެ. ނަމަވެސް އޭނާ ފޮނުވާލި 10 ހަމަލާ ވެސް ކާމިޔާބެއް ނުވި އެވެ.
ފުރަތަމަ ހާފުގައި ބާސެލޯނާ ފޮނުވާލި 24 ހަމަލާ ނާކާމިޔާބު ވި އިރު، ލަނޑު ޖެހީ ދެ ވަނަ ހާފު ފެށިގެން 41 ސިކުންތު ތެރޭ ޑެނީ އޮލްމޯ އެވެ.
މިއީ 2004 އިން ފެށިގެން ސްޕެނިޝް ލީގުގެ ޑޭޓާ ނަގަން ފެށި ފަހުން އެއް މެޗެއްގައި މިހާ ގިނަ އަދަދަކަށް ހަމަލާ އުފެއްދި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ރެއާލް މެޑްރިޑުން ވަނީ 2011 ގައި ރެއާލް ޒަރަގޯޒާއާ ދެކޮޅަށް 40 ހަމަލާ ފޮނުވާލައިފަ އެވެ.
މަޔޯކާގެ ގޯލްކީޕަރާއި ޑިފެންޑަރުންނަށް ބާރު ބޮޑުވި މި މެޗަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ، ހޮނިހިރު ދުވަހުގެ ރޭ ސްޕެނިޝް ކަޕުގެ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ތައްޔާރު ވުމުގެ ގޮތުން ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އަންސޫ ފާޓީ އާއި ފެރާން ޓޮރޭޒް ފެށި އިރު، ރަފީނިއާ އާއި ފާމިން ލޮޕޭޒް ކުޅެން އެރީ ދެ ވަނަ ހާފުގަ އެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ ވަނީ 33 މެޗުން 76 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތީ 32 މެޗުން 69 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ.
ރެއާލް މެޑްރިޑް މިރޭ ލީގުގައި ނުކުންނާނީ ރަށުން ބޭރުގައި ގެޓަފޭއާ ދެކޮޅަށެވެ.
އިނގިރޭސި ލީގާއި ސްޕެނިޝް ލީގުގެ ވެސް ގަދަ ފަސް ޓީމަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބެ އެވެ. ސްޕެނިޝް ލީގުގެ ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 63 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އަށް 57 ޕޮއިންޓް ލިބިފައި ވާއިރު، ފަސް ވަނައިގައި އޮތީ 31 މެޗުން 52 ޕޮއިންޓް ހޯދާފައިވާ ވިޔަރެއާލް އެވެ.
ޔޫރޮޕާ ލީގުގެ ޖާގައެއް ލިބޭ ލީގުގެ ހަ ވަނަ އާއި ހަތް ވަނައިގައި މިވަގުތު އޮތީ ރެއާލް ބެޓިސް އާއި މަޔޯކާ އެވެ. އަދި ކޮންފަރެންސް ލީގުގެ ކޮލިފައިން ޖާގައެއް ލިބޭ ލީގުގެ އަށް ވަނަ މަގާމުގައި މިވަގުތު އޮތީ ސެލްޓަ ވީގާ އެވެ.
ފަހު ވަގުތުގެ ގޯލުން ބާސެލޯނާ އަށް މުހިއްމު މޮޅެއް
ރެއާލް ބަލިވެ ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
މިސީޒަންގެ ނިޔަލަށް އޮލްމޯއަށް ބާސާގެ ޖާޒީގައި ކުޅެވޭނެ
20 މިނެޓުން ނަތީޖާ އަނބުރާލައި ބާސާ އެއް ވަނަ އަށް
ޑޮކްޓަރުގެ ކުއްލި މަރާ އެކު ބާސެލޯނާ ހިތާމައިގައި
އިތުބާރާއެކު މޮޅުވެ ބާސެލޯނާ އެއްވަނައިގައި
މޮޑްރިޗަކީ ފުޓްބޯޅައިގެ އަގުހުރި ހަދިޔާއެއް: އަންޗެލޮޓީ
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
"އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތް"
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ