ބާސެލޯނާ (މެއި 16) - އެސްޕަނިޔޯލާ ވާދަކޮށް ލަމީން ޔަމާލް ޖަހައިދިން މޮޅު ގޯލަކާ އެކު 2-0 އިން މޮޅުވެ ބާސެލޯނާ، ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ޔަގީން ކޮށްފި އެވެ.
ބާސެލޯނާ (މެއި 16) - އެސްޕަނިޔޯލާ ވާދަކޮށް ލަމީން ޔަމާލް ޖަހައިދިން މޮޅު ގޯލަކާ އެކު 2-0 އިން މޮޅުވެ ބާސެލޯނާ، ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ޔަގީން ކޮށްފި އެވެ.
ބާސެލޯނާ ލީޑު ނެގި ގޯލު އުމުރުން 17 އަހަރުގެ ޔަމާލް ޖެހީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި ޔަމާލްގެ އެހީތެރިކަމާ އެކު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލަނޑު ޖަހައި ބާސާ އަށް 28 ވަނަ ލީގު ޗެމްޕިއަންކަން ކަށަވަރު ކުރި ލަނޑު ޖަހައިދިނީ ފާމިން ލޮޕޭޒް އެވެ.
މި މެޗުގެ 80 ވަނަ މިނިޓުގައި އެސްޕަނިޔޯލްގެ ލިއެނާޑޯ ކަބްރޭރާ، ޔަމާލް އަށް އުޅަނބޮށިން ދިން ހަމަލާއަކާ ގުޅިގެން ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
ލީގުގައި ބާސެލޯނާ މިހާތަނަށް 27 ވަނަ މޮޅު ހޯދައި، ބާކީ ދެ މެޗު އޮއްވައި އެ ޓީމު ވަނީ 85 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 78 ޕޮއިންޓެވެ. ކުރިއަށް އޮތް ދެމެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ރެއާލް މެޑްރިޑަށް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރެއް ނުކުރެވޭނެ އެވެ.
މިއީ ވޭތުވެދިޔަ ތިން އަހަރު ތެރޭ ބާސެލޯނާ ލީގު ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. އެ ޓީމުން 2023 ވަނަ އަހަރު، ކޯޗު ޒަވީ ހެނާންޑޭޒްގެ ފުރަތަމަ ސީޒަންގައި ވެސް ލަ ލީގާ ޗެމްޕިއަންކަން ޔަގީން ކުރީ ވެސް އެސްޕަނިޔޯލް ބަލިކޮށްގެންނެވެ.
އެ ސީޒަންގައި ޔަމާލް ކުޅެފައި ވަނީ ލީގުގެ އެންމެ މެޗެއްގަ އެވެ. ނަމަވެސް މި ސީޒަންގައި އޭނާ ވަނީ މިހާތަނަށް 33 މެޗުން އަށް ގޯލު ޖަހައި 15 ގޯލު އެސިސްޓް ކޮށްފަ އެވެ.
ޖަރުމަން ކޯޗު ހަންސީ ފްލިކްގެ ފުރަތަމަ ސީޒަންގައި އޭނާ ވަނީ ބާސެލޯނާއާ އެކު މިހާތަނަށް ސްޕެނިޝް ކަޕާއި ސްޕެނިޝް ސުޕަ ކަޕާ އެކު ޑޮމެސްޓިކް ތިން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓީ ސެމީ ފައިނަލުންނެވެ.
ރެއާލް މޮޅުވުމުން ބާސާގެ އިންތިޒާރު ދިގުވެއްޖެ
ރެއާލް ބަލިކޮށް ބާސާ ޗެމްޕިއަންކަމާ ގާތަށް
40 ހަމަލާއިން އެއް ގޯލު ޖަހައި ބާސާ އަށް މޮޅެއް
ފަހު ވަގުތުގެ ގޯލުން ބާސެލޯނާ އަށް މުހިއްމު މޮޅެއް
ރެއާލް ބަލިވެ ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
މިސީޒަންގެ ނިޔަލަށް އޮލްމޯއަށް ބާސާގެ ޖާޒީގައި ކުޅެވޭނެ
20 މިނެޓުން ނަތީޖާ އަނބުރާލައި ބާސާ އެއް ވަނަ އަށް
ޑޮކްޓަރުގެ ކުއްލި މަރާ އެކު ބާސެލޯނާ ހިތާމައިގައި
އިތުބާރާއެކު މޮޅުވެ ބާސެލޯނާ އެއްވަނައިގައި
މޮޑްރިޗަކީ ފުޓްބޯޅައިގެ އަގުހުރި ހަދިޔާއެއް: އަންޗެލޮޓީ